ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބޮޑު މުސާރައަށްވުރެ އާއިލާ މުހިންމު: ޔަޝަސްވީ ސޯނީ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ބޭރު ޤައުމަކުން ލިބޭ ބޮޑު މުސާރައަކީ ގިނަ ބައެއްގެ ހުވަފެނަކަށް ވީނަމަވެސް، އިންޑިއާގެ ޖައިޕޫރަށް ނިސްބަތްވާ ސޮފްޓްވެއާ އިންޖިނޭރަކު މިވަނީ އެ ފުރުސަތުތަކަށް ނޫނެކޭ ބުނެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. ސީނިއާ ސޮފްޓްވެއާ އިންޖިނޭރެއް ކަމަށްވާ ޔަޝަސްވީ ސޯނީ، އަހަރަކު 55 ލައްކަ އިންޑިއަން ރުޕީސް ލިބޭ ޖަޕާނުގެ ވަޒީފާއެއް ދޫކޮށްލީ އާއިލާއާއި އަމިއްލަ ދިރިއުޅުމުގެ ހަމަޖެހުމަށް އިސްކަންދިނުމުގެ ގޮތުންނެވެ.

ލިންކްޑްއިންގައި އޭނާ ހިއްސާކުރި މަޢުލޫމާތުތަކަށް ބަލާއިރު، އޭނާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ފުރުސަތުތަކެއް ލިބުނެވެ. އޭގެ ތެރޭގައި ލަންޑަންގެ ސްޓާޓްއަޕް އަކުން 37 ލައްކަ ރުޕީސްގެ ރިމޯޓް ވަޒީފާއަކާއި، ދުބާއީން 47 ލައްކަ ރުޕީސްގެ ވަޒީފާއެއްގެ އިތުރުން ޖަޕާނުން 55 ލައްކަ ރުޕީސްގެ ބޮޑު މުސާރައެއް ހިމެނެއެވެ. ނަމަވެސް އޭނާ ނިންމީ 29 ލައްކަ ރުޕީސް ލިބޭ އިންޑިއާގައި ހުރެގެން އަދާކުރެވޭ ރިމޯޓް ވަޒީފާއެއް އިޚްތިޔާރު ކުރުމަށެވެ.

ސޯނީ ބުނި ގޮތުގައި މި ނިންމުން ނިންމުމުގެ ކުރިން އޭނާ އަމިއްލަ ނަފުސާ ކޮށްލި ސުވާލަކީ “އަހަރެން އިސްކަންދެނީ ކޮން ކަމަކަށް ހެއްޔެވެ؟” މާލީ ގޮތުން ލިބޭ ކުރިއެރުމަށްވުރެ ބޮޑަށް، އާއިލީ އުފަލާއި، ނަފުސާނީ ހަމަޖެހުމަށް އޭނާ އިސްކަންދިނެވެ. ޚާއްސަކޮށް އޭނާގެ އަނބިމީހާ ޖައިޕޫރުގައި ވަޒީފާއެއް އަދާކުރަން ފަށާފައިވުމާއެކު، އާ މާހައުލަކަށް ހިޖުރަކުރުމުގެ ބަދަލުގައި މިހާރު އޮތް ހަމަޖެހޭ ދިރިއުޅުން ދެމެހެއްޓުމަށް އޭނާ ބޭނުންވިއެވެ.

މިކަމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރި ގިނަ ބަޔަކު ވަނީ ސޯނީގެ ނިންމުމަށް ތާއީދުކޮށްފައެވެ. ބައެއް މީހުން ބުނެފައިވަނީ ބޮޑު މުސާރައަށްވުރެ ގޭގައި ހުރެގެން މަސައްކަތްކުރުމުން ލިބޭ މިނިވަންކަމާއި ހަމަޖެހުން މާ މުހިންމު ކަމަށެވެ. އަދި އަވަސްއަރުވާނުލައި، އާއިލާއަށް އެންމެ ފައިދާހުރި ގޮތަށް ނިންމުންތައް ނިންމުމަކީ ކާމިޔާބީގެ އަސްލު ކަމަށްވެސް އެމީހުން ފާހަގަކުރިއެވެ.

މިވެސް ކިޔާލަން:  ތަރުތީބެއް ނެތް މާހައުލާއި ނަފުސާނީ ހާސްކަން

ސޯނީ އިތުރަށް ބުނި ގޮތުގައި ދުބާއީ ފަދަ ތަންތަނުން ޓެކްސް ނުލައި ބޮޑު މުސާރަ ލިބުނު ނަމަވެސް، އެ ޤައުމުތަކުގެ ދިރިއުޅުމުގެ ވައްޓަފާޅި އޭނާއަކާ ނުގުޅެއެވެ. އޭނާގެ ވާހަކައިން އެނގިގެންދަނީ ވަޒީފާގެ ކުރިއެރުމަކީ ހަމައެކަނި ލިބޭ ފައިސާ ނޫންކަމާއި، އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ ދެމެދުގައި އޮންނަ ބެލެންސް ނުވަތަ ހަމަޖެހުމަކީ ވަރަށް މުހިންމު ކަމެއްކަމެވެ. މިހާރު އޭނާ އަދާކުރަމުންދާ ރިމޯޓް ވަޒީފާގެ ސަބަބުން ރަށުން ބޭރަށް ނުގޮސް، އާއިލާއާއެކު ހުރެގެން އޭނާގެ ކެރިއަރު ކުރިއެރުވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top