ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުލެސިކް މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ ބިނާރާ އާއި އަވްސެކްއަށް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ކުލަބް މޯލްޑިވްސް ކުލެސިކް މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ ކުލަބް ބިނާރާ އާއި ކުލަބް އަވްސެކް ހޯދައިފިއެވެ. ރޭ ކުޅެވުނު ކުއާޓާރ ފައިނަލްގެ ތިންވަނަ މެޗު ކުލަބް ބިނާރާ ކާމިޔާބު ކުރިއިރު، ކުއާޓާރ ފައިނަލްގެ ހަތަރުވަނަ މެޗު ކާމިޔާބު ކުރީ ކުލަބް އަވްސެކްއެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

ކުއާޓާރ ފައިނަލް ތިންވަނަ މެޗު:

ކުއާޓާރ ފައިނަލްގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގެ އެއްވަނަ ހޯދި ކުލަބް ބިނާރާ އާއި ގުރޫޕް ބީގެ ދެވަނަ ހޯދި އެމްއީޑީޓީޓީ އެވެ.

ގުރޫޕް ސްޓޭޖްގައި މޮޅު ކުޅުމެއް ދެއްކި މި ދެ ޓީމުގެ ކުރިމަތިލުން ވަރުގަދަވެފައި ފޯރިގަދަވާނެ ކަމަށް ހީކުރެވުނު ނަމަވެސް، ބިނާރާގެ އެޓޭކްތައް ހުއްޓުވުމުގައި އެމްއީޑީޓީޓީއަކަށް ކާމިޔާބެއް ނުހޯދުނެވެ. މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ހަވަނަ މިނިޓްގައި އެމްއީޑީޓީޓީއަށް އިރުފާން އާދަމް ލީޑު ނަގައިދިންއިރު، ސާދަވަނަ މިނިޓްގައި ކުލަބް ބިނާރާއިން ނަތީޖާ ހަމަހަމަކުރިއެވެ. އަދި 21 ވަނަ މިނިޓްގައި އިރުފާން ޖައުފަރު ބިނާރާއަށް ނަގައިދިން ލީޑަށް 22 ވަނަ މިނިޓްގައި އެމްއީޑީޓީޓީގެ އިރުފާން އާދަމް ނިމުން ގެނައެވެ.

ދެވަނަ ހާފުގައި ތަފާތު ދެއްކި ބިނާރާއިން ދެވަނަ ފަހަރަށް ލީޑު ނެގީ 26 ވަނަ މިނިޓްގައި އަޙްމަދު ރުވާއު ޖަހައިދިން ލަނޑުންނެވެ. އިސްމާއިލް އަޒުހާން ދެ ލަނޑު ޖަހައި އެ ލީޑު ފުޅާކޮށް ދިންއިރު، މުޙައްމަދު މިންވާލް އާއި މުޙައްމަދު ޝަފުރާޒް އިތުރު ދެ ލަނޑު ޖަހައިދިނެވެ.

7-2 އިން މޮޅުވެ ކުލަބް ބިނާރާ ސެމީ ފައިނަލަށް ދަތުރުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މެޗުގައި ހެޓްރިކް ހެދި އިސްމާއިލް އަޒުހާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިސްމާޢީލް އަޒުހާން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުއާޓާރ ފައިނަލް ހަތަރުވަނަ މެޗު:

ކުއާޓާރ ފައިނަލް ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގުރޫޕް ޑީގެ އެއްވަނަ ހޯދި މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ފިޓްނަސް އާއި ގުރޫޕް އޭގެ ދެވަނަ ހޯދި ކުލަބް އަވްސެކްއެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ 9 ވަނަ މިނިޓްގައި ޔޫތު މިނިސްޓްރީން ވަނީ ލީޑު ނަގާފައެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ އަވްސެކްއަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފުގެ ކުރީކޮޅު އާލިމް ޢަބްދުލްޤައްޔޫމް ޖަހައިދިން އޭނާގެ ދެވަނަ ލަނޑާއިއެކު ޔޫތު މިނިސްޓްރީން ލީޑު ފުޅާކުރިއެވެ. 30 ވަނަ މިނިޓާއި 36 ވަނަ މިނިޓްގައި ލަނޑު ޖަހައި އިބްރާހިމް ޒިޔާން އަވްސެކްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެވަނަ ފަހަރަށް މުޙައްމަދު ސާޖިދު ޔޫތު މިނިސްޓްރީއަށް ނަގައިދިން ލީޑަށް މެޗުގެ ފަހުކޮޅު އަވްސެކްގެ ތައުމީން ނޫހް ނިމުން ގެނައެވެ.

ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު މި މެޗުގެ ޕެނަލްޓީ ޝޫޓްއައުޓް ކުލަބް އަވްސެކް ކާމިޔާބުކުރީ 4-5 އިންނެވެ. 8-7 އިން ކުލަބް އަވްސެކް މޮޅުވެ ސެމީ ފައިނަލްގެ ފަހު ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިބްރާހިމް ޒިޔާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް ޒިޔާން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top