ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝަހޫ އަދި ޝަރަފްގެ “ހައުސް އޮފް ސްޓޯރީޓެލަރޒް” ވުޖޫދަށް ގެނެސްފި

މަޝްހޫރު ޕްރެސެންޓަރ، ސްކްރީން ރައިޓަރ ޝަހުދާ މަހްމޫދު އަދި އޭނާގެ ފިރިމީހާ، މަޝްހޫރު އެކްޓަރު ޝަރަފުއްދީން ޢަބްދުﷲ (ޝަރަފް)ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، “ހައުސް އޮފް ސްޓޯރީޓެލަރޒް” ވުޖޫދަށް ގެނެސްފިއެވެ.

“ކޮންމެ ވާހަކައެއްގެވެސް ފެށުމަކީ އެންމެ މަންޒަރެކެވެ. “ހައުސް އޮފް ސްޓޯރީޓެލާޒް” އަށް ތިޔަބޭފުޅުންނަށް މަރުޙަބާ ކިޔަމެވެ. #ހައުސްއޮފްސްޓޯރީޓެލާޒް #ސްޓޯރީޓެލިން #ފިލްމުޕްރޮޑަކްޝަން #ކްރިއޭޓިވް ސްޓޫޑިއޯ #ދަސްޓޯރީބިގިންސް.” “ހައުސް އޮފް ސްޓޯރީ ޓެލަރސް”ގެ ނަން ހާމަކުރަމުން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓްގައި ބުނެފައިވެއެވެ.

ޝަހޫ އަދި ޝަރަފްގެ “ހައުސް އޮފް ސްޓޯރީޓެލަރޒް”ގެ އިތުރު މަޢުލޫމާތުތައް މުނިއަވަސް އިން ހޯދައިލީމެވެ.

“ހައުސް އޮފް ސްޓޯރީޓެލަރޒް އަކީ ޝަރަފް އެންޑް ޝަހޫގެ ވަރަށް ބޮޑު ޑްރީމެއް. ވަރަށް ދުވަސް ވެއްޖެ ދެމީހުންވެސް ޕްރޮޑަކްޝަން ހައުސްއެއް ހުޅުވަން ބޭނުންވެގެން އުޅޭތާ. މީ އެންމެ ރަނގަޅު ދަނޑިވަޅުކަން ނޭނގެ މި މަސައްކަތް ފަށަން. މި ޕްރޮޑަކްޝަން ހައުސްއިން ކުރިއަށް އޮތްތަނުގަ ބައިވަރު އުފެއްދުންތައް ބެލުންތެރިނާ ހަމައަށް ފެނިގެންދާނެ.” އެކްޓަރ ޝަރަފް ބުންޏެވެ.

ޝަރަފް އަދި ޝަހޫގެ މި ޕްރޮޑަކްޝަން ހައުސް ހުޅުވަން ޑާކް ރެއިން އެންޓަޓެއިންމެންޓާއި އެ ޕްރޮޑަކްޝަން ހައުސްގެ އިސްވެރިޔާ މުޙައްމަދު ޢަލީ (މޮގާ)ގެ ވަރަށް ބޮޑު އެހީތެރިކަމާ އެއްބާރުލުން ލިބިފައިވާކަން ޝަރަފް ފާހަގަކުރިއެވެ.

“ފާހަގަކޮށްލަން ބޭނުން ޚާއްޞަކޮށް ޑާކް ރެއިންގެ މުޅި ފެމިލީ ޕްލަސް މޮގާގެ ވަރަށް ބޮޑު އެހީތެރިކަމެއް، ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ޕްރޮޑަކްޝަން ހައުސް ހުޅުވަން.” ޝަރަފް އުފަލާއެކު ފާހަގަކުރިއެވެ.

މީގެ އިތުރުން މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ ރަވީ ފާރޫޤް، ތޮލާލް، އަޙްމަދު ޝިފާޢު (ޗިއްޕެ)ގެ ވަރަށް ބޮޑު ސަޕޯޓެއް މިކަމުގައި ލިބުނުކަން ޝަރަފް ފާހަގަކުރިއެވެ.

“މި ފަރާތްތަކަކީ ޝަރަފްމެންގެ މި ޕްރޮޑަކްޝަން ހައުސް ހުޅުވުމުގަ އެކި ގޮތްގޮތުން އެހީތެރިވެދިނުމުގެ އިތުރުން އެއްބާރުލުން ދިން، މިކަން ޝަރަފް މެންނަށް ވާނޭ، ކުރާށޭ ބުނެ އެއްބާރުލުން ދިން ބޭފުޅުން އެއީ. އެބޭފުޅުންނަށް މިފުރުޞަތުގަ ވަރަށް ބޮޑަށް ޝުކުރުދަންނަވަން.” ޝަރަފް ބުނީ މިހާ ބޮޑު ފިޔަވަޅެއް އަޅަން އެނގުނީ އެބޭފުޅުންގެ އެފަދަ ބޮޑު އެއްބާރުލުމެއް ލިބުމުން ކަމަށެވެ.

“ހައުސް އޮފް ސްޓޯރީޓެލަރޒް” އިން ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑެތި ސަޕްރައިޒްތަކެއް ދޭން ހުރިކަމަށްވެސް ޝަރަފް ބުންޏެވެ.

ޝަރަފް ބުނީ ފިލްމީ ދާއިރާގައި ޝަރަފް އަދި ޝަހޫވެސް މީހުންނަށް އެނގި މިހާ ހިސާބަށް އާދެވުނީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ސަބަބުން ކަމަށާ އެކަން ވަރަށް ޝުކުރުވެރިކަމާއެކު ޝަރަފް ފާހަގަކުރާ ކަމަށެވެ.

“އެހެންވީމަ ހަމަ ވަކީން ޚާއްޞަކޮށް ވަަރަށް ބޮޑަށް ޝުކުރުއަދާކޮށްލަން ބޭނުން ޑާކް ރެއިންއަށް.”

ޝަރަފް ބުނީ ޕްރޮޑަކްޝަން ހައުސް ލޯންޗްކުރަން އެންމެ ބޮޑަށް ބާރުއެޅި އެކަކަކީ ރަވީ ފާރޫޤްކަން ޝަހޫ ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ކަމަށެވެ.

“ޝަހޫ ވަރަށް ބޮޑަށް ބޭނުންވޭ ރަވީގެ ނަން މެންޝަންކޮށްލަން. ސަބަބަކީ ޝަހޫއަށް މި އިންޑަސްޓްރީގެ އެކިއެކި ކަންކަމުގަވެސް ރަވީގެ ހެލްޕް ވަރަށް ބޮޑަށް ލިބިފަ ހުރީ.” ޝަހޫގެ ފަރާތުން ޝަރަފް ފާހަގަކޮށްލިއެވެ.

7
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top