ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޗްޑީސީ އާއި އެސްޓީއޯ ސެމީ ފައިނަލަށް ދަތުރުކޮށްފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މިހާރު ކުރިޔަށްދާ ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ކުލަބް އެޗްޑީސީ އާއި އެސްޓީއޯ ރެކްރިއޭޝަން ކުލަބް ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ކުއާޓާރ ފައިނަލް ދެ މެޗު ރޭގައި ވަނީ ކުޅެފައެވެ. މި ދެ މެޗަށް ބަލާލާއިރު:

ކުއާޓާރ ފައިނަލް ފުރަތަ މެޗު:

ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އެއްވަނަ ހޯދައިގެން ކުއާޓާރ ފައިނަލަށް ދަތުރުކުރި އެމްޕީއެލް އާއި ގުރޫޕް ޑީގެ ދެވަނަ ހޯދި ކުލަބް އެޗްޑީސީއެވެ.

ފުޓްބޯޅަ އާއި ފުޓްސަލްގައި ފާހަގަކޮށްލެވޭ ތަރިންތަކެއް ހިމެނޭ މި ދެ ޓީމުގެ ކުރިމަތިލުން ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުރިމަތިލުމެއްގެ ގޮތުގައެވެ. އަވަސް އެޓޭކްތަކަކާއިއެކު ލަނޑެއް ޖެހުމަށް ދެ ޓީމުން ވެސް އިސްކަންދިން މި މެޗުގެ ލީޑު ނެގީ 9 ވަނަ މިނިޓްގައި އަލީ އަލްސަން ޖަހައިދިން ލަނޑުން އެޗްޑީސީއެވެ. އަލްސަންގެ ލަނޑަށްފަހު އެ ޓީމަށް ހަމަޖެހިނުލެވި އުޅެނިކޮށް އިބްރާހީމް ވަހީދު ހަސަން އެމްޕީއެލްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ވެސް ފެނުނީ ވާދަވެރި ހަމަހަމަ ކުޅުމެކެވެ. އެޗްޑީސީއަށް ދެވަނަ ފަހަރަށް ވެސް ލީޑު ނަގައިދިނީ އަލީ އަލްސަންއެވެ. މި ލަނޑަށް މާގިނައިރެއް ނުވަނީސް އަނެއްކާ ވެސް އިބްރާހިމް ވަހީދު އެމްޕީއެލްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބުނު މި ހާފުގައި ތިންވަނަ ފަހަރަށް އެޗްޑީސީއަށް ލީޑު ނަގައިދިނީ އަބްދުﷲ ސުޒައިރުއެވެ. 32 ވަނަ މިނިޓްގައި ސުޒައިރު ނަގަދިން ލީޑަށް 33 ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) ނިމުން ގެނައެވެ. ހަތަރުވަނަ ފަހަރަށް ނެގި ލީޑާއިއެކު އެމްޕީއެލް ކާމިޔާބުކުރި މި މެޗުގެ ފަހު ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ދެ ލަނޑު ޖަހައިދިން އަލީ އަލްސަންއެވެ. އެޗްޑީސީން މި ލަނޑު ޖަހާފައިވަނީ ފައުލް ހަމަވެގެން ލިބުނު ދުރު ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ ފަހު މިނިޓްއެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ހެޓްރިކް ހެދި އަލީ އަލްސަންއެވެ.

ކުއާޓާރ ފައިނަލް ދެވަނަ މެޗު:

ކުއާޓާރ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ އެއްވަނަ ހޯދި ޔުނައިޓެޑް ބީއެމްއެލް އާއި ގުރޫޕް ސީގެ ދެވަނަ ހޯދި އެސްޓީއޯ ރެކްރިއޭޝަން ކުލަބެވެ.

ވާދަވެރި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި އަވަހަށް ލީޑު ނެގުމަށް ދެ ޓީމުން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ގާތްގާތުގައި ފުރުސަތުތައް އުފެއްދި ބީއެމްއެލްއަށް އިޝާން އިބްރާހިމް ޖަހައިދިން ލަނޑުން އެ ޓީމު ލީޑު ނެގިއެވެ. ބީއެމްއެލްގެ އެޓޭކްތައް ވަރުގަދަކޮށް ފެށި މި މެޗުގައި އެސްޓީއޯއިން މަސައްކަތްކުރީ ކައުންޓާރ އެޓޭކްގައި ލަނޑު ޖަހާށެވެ. ބީއެމްއެލްއިން އުފެއްދި އެޓޭކެއް ހުއްޓުވައި ކައުންޓާރ އެޓޭކަށް އެރި އެސްޓީއޯއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އިސްމާއިލް އީސާއެވެ. މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ އެޓޭކްތައް ވަރުގަދަ ކުރި އެސްޓީއޯއަށް ލީޑު ނަގައިދިނީ މުޙައްމަދު އައްޒާމްއެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި މޮޅަށް ކުޅުނީ އެސްޓީއޯއެވެ. ނަތީޖާ ހަމަހަމަކުރުމަށް ބީއެމްއެލްއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް އަލީ ހައިސަމް ވަނީ އެސްޓީއޯގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފަހުކޮޅު ބީއެމްއެލްއިން ވަނީ ޕަވަރޕްލޭއަށް އިޝާން އިބްރާހިމް ކުޅެން އަރުވާފައެވެ. އިޝާން އިބްރާހިމް އެޓޭކަށް އަރައި ހުއްޓައި އަލީ ހައިސަމްއަށް ލިބުނު ބޯޅަ އޭނަ ފޮނުވާލީ މުޅިން ހުސްކޮށް އޮތް ގޯލުގެ ތެރެއަށެވެ. މި ނަތީޖާއާއެކު މެޗު ނިމިދާނެކަމަށް ހީވި ނަމަވެސް މެޗު ނިމެން ހަތަރު ސިކުންތައް ވެފައި ވަނިކޮށް ހުސައިން ޝަރީފް ވަނީ އެސްޓީއޯއަށް އިތުރު ލަނޑެއް ޖަހައިދީފައެވެ. ސެމީ ފައިނަލްގެ ދެވަނަ ޖާގަ އެސްޓީއޯ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޓީއޯގެ ހުސައިން ޝަރީފްއެވެ.

މި މުބާރާތުގެ ކުއާޓާރ ފައިނަލް ދެ މެޗު މިރޭ އޮންނާނެވެ. ފުރަތަމަ މެޗުގައި އެމްޓީސީސީ އާއި އެމްއޭސީއެލް ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އާރުއާރުސީ އާއި ސްޓެލްކޯއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top