ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިމްރާން ހާޝްމީގެ “އާވާރާޕަން” އަލުން ސިނަމާތަކަށް
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ ތަރި އިމްރާން ހާޝްމީގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ “އާވާރާޕަން” އަލުން ސިނަމާތަކުގައި ދެއްކުމަށް ނިންމައިފިއެވެ. މި ފިލްމު އަލުން ރިލީޒްކުރަން ނިންމާފައިވަނީ މީގެ ދެވަނަ ބައި “އާވާރާޕަން 2” ސިނަމާތަކަށް އައުމުގެ ކުރިން ފޭނުންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.

2007 ވަނަ އަހަރު ރިލީޒްކުރި މި ކަލްޓް ކްލެސިކް ފިލްމު އަލުން ސިނަމާތަކަށް އަންނާނީ 31 ޖުލައި 2026 ގައެވެ. މި ފިލްމު އަލުން ރިލީޒްކުރާނީ އިންޑިއާގެ އެކި ސިނަމާތަކުގައެވެ. މިއީ ހޮލީވުޑްގެ ބޮޑު ފިލްމެއް ކަމަށްވާ “ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ” ރިލީޒްކުރާ ތާރީޚާ ދާދި ގާތް ތާރީޚެކެވެ.

ފިލްމު އުފައްދާ ފަރާތްތަކުން މިގޮތަށް ނިންމީ “އާވާރާޕަން 2” އަށް މޮމެންޓަމް ބިލްޑް ކުރުމަށެވެ. “އާވާރާޕަން” އަކީ ފުރަތަމަ ރިލީޒްކުރިއިރު ބޮކްސް އޮފީހުގައި އެވްރެޖް ނަތީޖާއެއް ލިބުނު ފިލްމެއް ނަމަވެސް، ފާއިތުވި ވިހި އަހަރު ތެރޭގައި މި ފިލްމަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަޤުބޫލު، އަދި އޭގެ ލަވަތަކާއި ވާހަކައަށް ގިނަ ބަޔަކު ލޯބިކުރާ ފިލްމެކެވެ. މި ފިލްމު އަލުން ދެއްކުމުގެ ބޭނުމަކީ ކުރީގެ ފޭނުންގެ ހަނދާންތައް އާކޮށްދިނުމާއި، އައު ޖީލުގެ ބެލުންތެރިންނަށް މި ފިލްމު ބޮޑު ސްކްރީނުން ބަލާލުމުގެ ފުރުސަތު ދިނުމެވެ.

ނިތިން ކައްކަރް ޑައިރެކްޓްކޮށް، ވިޝޭޝް ބަޓް ޕްރޮޑިއުސްކުރާ “އާވާރާޕަން 2” ސިނަމާތަކަށް އަންނާނީ 14 އޯގަސްޓް 2026 ގައެވެ. މި ފިލްމުގައިވެސް ލީޑް ރޯލުން ފެންނާނީ އިމްރާން ހާޝްމީއެވެ. އޭނާގެ އިތުރުން ދެން މި ފިލްމުން ފެންނާނީ މަޝްހޫރު ބަތަލާ ދިޝާ ޕަޓާނީއެވެ.

“އާވާރާޕަން” ގެ ފުރަތަމަ ބައިގައި އިމްރާން ހާޝްމީ ކުޅެފައިވާ “ޝިވަމް” ގެ ވަރުގަދަ ކެރެކްޓާ އަލުން ބޮޑު ސްކްރީނުން ބަލާލުމަށް ގިނަ އަދަދެއްގެ ފޭނުން ދަނީ އިންތިޒާރު ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top