ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދަނޑުވެރިއަކު 1916 ވަނަ އަހަރުގެ ޓޮމާޓޯ އޮށްތަކަކުން އަލުން ގަސް ދިރުވައިފި
ފޮޓޯ: ހެލްތު އެލާރޓްސް

ސްޕެއިންގެ ވިލަކާޒާ ޑެ ސިރްގާ އަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ދަނޑުވެރިއެއް އަދި ފޮރެސްޓް ފަޔަރ ފައިޓަރެއް ކަމަށްވާ އެމީލިއޯ މެދީނާ، 1916 ވަނަ އަހަރުން ފެށިގެން ރައްކާކޮށްފައި ހުރި ޓޮމާޓޯ އޮށްތަކަކުން ކާމިޔާބުކަމާއެކު ގަސް މުޑުވައްކޮށް، ދަނޑުވެރިކަމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

މެދީނާއަށް މި އޮށްތައް ލިބުނީ، ސޯރިއާ ސަރަހައްދުގައި ގަރުނަކަށްވުރެ ގިނަ ދުވަސްވަންދެން ފުޅިއެއްގައި ރައްކާކޮށްފައި ހުރި ޓޮމާޓޯ އޮށްތަކެއް ފެނިގެން، އިންސްޓަގްރާމް މެދުވެރިކޮށް މީހަކު ފޮނުވި މެސެޖަކާ ގުޅިގެންނެވެ. ފެންނަ ފެނުމަށް ކަޅުވެ، މިލާފައި ހުރި މި އޮށްތަކުގައި އެއްވެސް ދިރުމެއް ނެތްކަމަށް ހީވި ނަމަވެސް، މެދީނާ ނިންމީ ކުރީގެ ކާބަފައިންގެ ފަރާތުން ދަސްކޮށްފައިވާ އާދަކާދައިގެ ދަނޑުވެރިކަމުގެ އުކުޅުތައް ބޭނުންކޮށްގެން އެ އޮށްތައް އިންދާށެވެ.

އުންމީދު ކުރި ގޮތާ ޚިލާފަށް، އެ އޮށްތަކުން ގަސް ފަޅައި، ދުޅަހެޔޮ ޓޮމާޓޯ ގަސްތަކެއް ހެދި ބޮޑުވިއެވެ. މި ގަސްތަކުން އެޅި ޓޮމާޓޯއަކީ ތޮށި ތުނި، އަދި ރަހަ ގަދަ މީރު ޓޮމާޓޯތަކެކެވެ. މެދީނާ ސިފަކުރި ގޮތުގައި މި ޓޮމާޓޯގެ ރަހައަކީ މީގެ ސަތޭކަ އަހަރު ކުރިން މީހުން ކައިއުޅުނު ޓޮމާޓޯގެ ރަހައާ “ވަރަށް ބޮޑަށް އެއްގޮތް” ރަހައެކެވެ.

މި ތަޖުރިބާއަކީ ދަނޑުވެރިކަމުގެ ތަރިކަ ރައްކާތެރިކުރުމަށް މެދީނާ ކުރިއަށްގެންދާ ބޮޑު މަޝްރޫއެއްގެ ބައެކެވެ. އޭނާ ވަނީ ސްޕެއިންގެ އެކި ކަންކޮޅުތަކުގެ ގޭގެއާއި، ފުރާޅުތަކާއި، ގުދަންތަކުން ހޯދާފައިވާ 1،000 އަށްވުރެ ގިނަ ބާވަތުގެ އޮށް އެއްކޮށް، “ސީޑް ބޭންކް” އެއް ގާއިމުކޮށްފައެވެ.

މެދީނާ ޤަބޫލުކުރާ ގޮތުގައި އޮށްތަކުގެ ދިރުން ދެމިއޮންނާނީ އެ ތަކެތި އަލުން އިންދައިގެންނެވެ. އޭނާ ބާރުއަޅަނީ އާދަކާދައިގެ ދަނޑުވެރިކަމުގެ ބާވަތްތައް ހިމާޔަތްކުރުމަށާއި، އަންނާން އޮތް ޖީލުތަކަށްޓަކައި ކާބޯތަކެތީގެ ދިރުންތަކުގެ މުއްސަނދިކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top