ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އައިއޯއެސް 27: އައިފޯނުގެ އައު ރިކަވަރީ ސްކްރީން ބޭނުންކުރާނެ ގޮތް

އައި.އޯ.އެސް 26 އިން ފެށިގެން، އައިފޯނަށް މައްސަލައެއް ދިމާވެގެން ނުހުޅުވޭ ހާލަތްތަކުގައި، ކޮމްޕިއުޓަރަކާ ނުލައި އަމިއްލައަށް ‘ރިކަވަރީ އެސިސްޓަންޓް’ އަށް ވަދެވެއެވެ. ނަމަވެސް، ކުރިން މި ބައި ފެންނަނީ ހަމައެކަނި ފޯނު ހުޅުވުމަށް ނުކުޅެދިގެން އަމިއްލައަށް އެ ހާލަތަށް ދިޔުމުންނެވެ.

މިހާރު ބީޓާ މަރުހަލާގައިވާ އައި.އޯ.އެސް 27 ގައި އެޕަލް އިން ވަނީ މި ހުރަސް ނައްތާލާފައެވެ. އެގޮތުން މެކް ކޮމްޕިއުޓަރުތަކެކޭ އެއްފަދައިން، ބޭނުން ކޮންމެ ވަގުތަކު އަމިއްލައަށް ރިކަވަރީ ސްކްރީނަށް ވަދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މި އައު ރިކަވަރީ މޯޑް މެދުވެރިކޮށް، އެއްވެސް އެއްޗަކާ ފޯނު ގުޅާނުލައި ފޯނުގެ މައްސަލަތައް ހައްލުކުރުމާއި، އަޕްޑޭޓް ކުރުމާއި ނުވަތަ ފޯނު އެއްކޮށް ފޮހެލެވޭނެއެވެ. މީގެ އިތުރުން، ކުރިން ގުޅާފައިވާ ވައިފައި ނެޓްވޯކްތަކަށް އަމިއްލައަށް ގުޅުމުގެ ގާބިލުކަން ލިބިފައިވާއިރު، ސްކްރީނުގެ ކަނުން ފޯނުގެ ބެޓަރީ ހުރި މިންވަރު ވެސް ފެންނަން ހުންނާނެއެވެ. މި މޯޑަށް ވަންނާނެ ގޮތް ތިރީގައި އެވަނީއެވެ.

ރިކަވަރީ މޯޑަށް ވަންނާނެ ގޮތް

މި މޯޑަށް ވަނުމުގެ ތަރުތީބަކީ އެޕަލް ސިލިކަން މެކް ތަކުގައި ވެސް ކަންކުރާ ގޮތެވެ. އަދި އައިޕެޑް އޯ.އެސް 27 ބޭނުންކުރާ އައިޕެޑްތަކުގައި ވެސް މިކަން ކުރަނީ މިގޮތަށެވެ.

1- ފުރަތަމަ އައިފޯން ނިއްވާލުމަށްފަހު، ފޯނު ފުރިހަމައަށް ނިިވުމަށްޓަކައި މިނެޓެއްހާއިރު މަޑުކޮށްލާށެވެ.

2- ފޯނުގެ އަރިމަތީގައިވާ ‘ސައިޑް ބަޓަން’ އަށް ފިތައިގެން ހުންނާށެވެ. އެޕަލް ލޯގޯ ފެނުމުން ވެސް ބަޓަނުން ދޫނުކޮށް ހިފަހައްޓައިގެން ހުންނާށެވެ. އޭރުން ކޮންޓިނިއު ހޯލްޑިންގ ފޯރ ރިކަވަރީ (Continue holding for recovery…) މިފަދަ ލިޔުމެއް ފެންނާނެއެވެ.

މިވެސް ކިޔާލަން:  އޭއައި ތަރުޖަމާގެ ޒަމާނުގައި ބަސް ދަސްކުރުމުގެ ބޭނުމެއް އެބައޮތްތަ؟

3- ސްކްރީނުން ލޯޑިންގ އޮޕްޝަންސް (Loading recovery options…) ފެނުމުން ބަޓަނުން އަތް ދޫކޮށްލާށެވެ.

4- އޭރުން އާދައިގެ ގޮތަށް އައި.އޯ.އެސް ހުޅުވުމުގެ ބަދަލުގައި، ފޯނު ހުޅުވޭނީ އައު ރިކަވަރީ ސްކްރީނަށެވެ.

ރިކަވަރީ އޮޕްޝަންތަކުން ކުރެވޭނެ ކަންކަން

ރިކަވަރީ ސްކްރީނުގައި މައިގަނޑު ފަސް ފުރުސަތެއް ލިބިގެންވެއެވެ:

📱 ރިކަވަރީ އެސިސްޓަންޓް: ސޮފްޓްވެއާގައި ހުރި މައްސަލަތައް އަމިއްލައަށް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާނެއެވެ.

📱 ސޮފްޓްވެއާ އަޕްޑޭޓް: ފޯނަށް އެންމެ ފަހުން އައިސްފައިވާ އައި.އޯ.އެސް ވަރޝަން އަޅައިދޭނެއެވެ. މިއީ އަޕްޑޭޓެއް ކުރަނިކޮށް މައްސަލައެއް ދިމާވެގެން ފޯނު ނުހުޅުވޭ ހާލަތްތަކުގައި ވަރަށް ބޭނުންތެރި ބައެކެވެ.

📱 ޑައިގްނޯސްޓިކް މޯޑް: ފޯނުގެ ހާޑްވެއާ އަދި ސޮފްޓްވެއާގައި އެއްވެސް މައްސަލައެއް ހުރިތޯ ބަލައި، މަރާމާތު ކުރަންޖެހޭ ކަންކަން ބުނެދޭނެއެވެ.

📱 އިރޭޒް އޯލް ކޮންޓެންޓް އެންޑް ސެޓިންގްސް (ފޯނުގައި ހުރި ހުރިހައި އެއްޗަކާ ސެޓިންތައް ފޮހެލުން): ފޯނުގައިވާ ހުރިހާ މައުލޫމާތެއް އެއްކޮށް ފޮހެލައި ފޯނު ފެކްޓްރީ ރިސެޓް ކޮށްލާނެއެވެ.

  • ރިކަވަރީ މޯޑް: މިއީ އާދައިގެ މަތިން ކޮމްޕިއުޓަރަކާ ގުޅައިގެން ފޯނު ރިސްޓޯ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ މޯޑެކެވެ.

މީގެ އިތުރުން، އައު އައިފޯން މޮޑެލްތަކުގައި ފޮރުވިފައިވާ ހަވަނަ އޮޕްޝަނެއް ވެސް އިނދެއެވެ. ރިކަވަރީ ސްކްރީނުގައި ހުރެފައި އަނެއްކާވެސް ‘ސައިޑް ބަޓަން’ އަށް ފިތައިގެން ހުރުމުން ނިއަރބައި ޑިވައިސް ރިކަވަރީ (Nearby Device Recovery)ގެ ނަމުގައި މެނޫއެއް ފެންނާނެއެވެ. މީގެ އެހީގައި ކައިރީގައި ހުރި އެހެން އެޕަލް ޑިވައިސްއެއް ބޭނުންކޮށްގެން ފޯނު ރިސްޓޯ ކުރެވޭނެއެވެ.

މިވެސް ކިޔާލަން:  އިންޑިއާގެ ފިލްމީ ދާއިރާގައި އާ ރެކޯޑެއް ގާއިމުކޮށްފި: ރަޝްމިކާ މަންދަންނާ

ރިކަވަރީ ސްކްރީނުން ބޭރުވާނެ ގޮތް

ރިކަވަރީ މޯޑުން ނުކުތުމަށްޓަކައި، ސްކްރީނުގެ މަތީ ކަނާތްފަރާތުގައިވާ ޕަވަރު ބަޓަނަށް ފިތާލުމަށްފަހު ރީސްޓާޓް ކުރަން ބޭނުންވާކަން ޔަގީންކޮށްދޭށެވެ. ނުވަތަ ފޯނުގެ އަރިމަތީގައިވާ ބަޓަނަށް ފިތައިގެން ހުރެ ‘ރީސްޓާރޓް’ ނުވަތަ ‘ޝަޓް ދައުން’ އިޚްތިޔާރު ކުރާށެވެ.

މިއީ އާންމުކޮށް ބޭނުންކުރަން ޖެހޭނެ ފީޗާއަކަށް ނުވިޔަސް، ފޯނަށް ދިމާވާ ކުއްލި މައްސަލަތަކުން ސަލާމަތްވުމަށް މިކަން ދަސްކޮށްފައި ބެހެއްޓުން މުހިންމެވެ. އައި.އޯ.އެސް 27 މިހާރު ‘ޕަބްލިކް ބީޓާ’ އެއްގެ ގޮތުގައި ލިބެން ހުރިއިރު، މިއަހަރުގެ ފަހުކޮޅު ރަސްމީކޮށް އާންމުންނަށް ދޫކޮށްލާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top