ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޓާ ޕްލަސްގެ އާ ޑްރާމާ “ޔޭ ފިތޫރް ތޭރާ” އަންނަ މަހު ފަށަނީ
ފޮޓޯ: ގޫގަލް

ސްޓާ ޕްލަސް އިން އަލަށް ފަށާ އުންމީދީ ފިކްޝަން ޑްރާމާ ސީރީޒް “ޔޭ ފިތޫރް ތޭރާ” ދައްކަން ފަށާނެ ތާރީޚު ރަސްމީކޮށް އިޢުލާންކޮށްފިއެވެ. މި ސީރީޒްގެ ލީޑް ރޯލުން ފެނިގެންދާނީ މަޝްހޫރު އެކްޓްރެސް ދެބްޗަންދްރިމާ ސިންގް ރޯއީ އަދި އިޝާން ދަވަން އެވެ.

މި ޑްރާމާ ރަސްމީކޮށް ޓީވީން ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައެވެ. މި ސީރީޒަކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވުމާއި، އަމިއްލަ ނަފުސު ދެނެގަތުމާއި، އަދި ކޮލެޖް ހަޔާތުގެ އާ ތަޖުރިބާތަކާ ކުރިމަތިލާ ޒުވާން އަންހެނެއްގެ އިޙުސާސްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އަސަރުގަދަ ވާހަކައެކެވެ.

މި ސީރީޒްގެ މައިގަނޑު ކެރެކްޓަރަކީ އައްލާހްއާބާދަށް ނިސްބަތްވާ، ލަދުގަނެ، އެކަހެރިކޮށް އުޅޭ ސޯމިޔާއެވެ. މީހުން ފާޑުކިޔާފާނެތީ ބިރުން، ހަނުހުރުން އެއީ އޭނާގެ އައްޑަނައަކަށް ހަދައިގެން އުޅޭ ސޯމިޔާ، ފުރަތަމަ ފަހަރަށް ކޯ-އެޑިއުކޭޝަނަލް ކޮލެޖަކަށް ވަނުމާއެކު އޭނާގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އާ ރައްޓެހިންނާއި އާ ތަޖުރިބާތަކުގެ ތެރެއިން އޭނާގެ އަމިއްލަ އަޑު އިއްވަން މަސައްކަތް ކުރަމުންދާއިރު، އޭނާގެ ހަޔާތަށް ޖީތު ނަމަކަށް ކިޔާ ޒުވާނެއް އާދެއެވެ.

މި ރޯލާ ބެހޭގޮތުން ވާހަކަ ދައްކަމުން ދެބްޗަންދްރިމާ ބުނީ، ސޯމިޔާގެ ކެރެކްޓާ އޭނާއާ ވަރަށް ބޮޑަށް ގުޅޭ ކަމަށެވެ. “އަސްލު ބުނާނަމަ، ފެށުނީއްސުރެ ސޯމިޔާއާމެދު އަހަރެންގެ ހިތުގައި ވަރަށް ޚާއްޞަ ލޯތްބެއް އުފެދުނު. އޭނާއަކީ ވާހަކަ ދައްކަން ބޭނުންވާ، ހުރިހާ ކަމެއްގައި ބައިވެރިވާން ބޭނުންވާ ކުއްޖެއް. އެކަމަކު އަމިއްލަ ނަފުސަށް އޮންނަ ބިރުވެރިކަމެއްގެ ސަބަބުން އޭނާއަށް އެކަން ނުކުރެވެނީ.” އޭނާ ބުންޏެވެ. އަދި މި ކެރެކްޓާއަކީ ވަރަށް ގިނަ އަންހެން ކުދިންނަށް އަމިއްލަ ދިރިއުޅުމާ ގުޅުވައިލެވޭނެ ކެރެކްޓާއަކަށް ވާނެކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި، ފުރަތަމަ ލޯބީގެ މައްޗަށް ބިނާކޮށްފައިވާ މި ޑްރާމާ އޮގަސްޓް 5 އިން ފެށިގެން ސްޓާ ޕްލަސްގެ އިތުރުން ޖިއޯ ހޮޓްސްޓާ މެދުވެރިކޮށް ސްޓްރީމް ކުރެވޭނެއެވެ. މިއީ ސްޓާ ޕްލަސްގެ ފިކްޝަން ލައިންއަޕަށް އިތުރުވެގެންދާ ފުރިހަމަ ލޯބީގެ ވާހަކައަކަށް ވާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top