ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސެންޓު ސީރީޒް: ޖީން ޕޯލް ގޯލްޓިއާގެ “ޑިވައިން ކޯޗާ”
ފޮޓޯ: މުނިއަވަސް ގްރެފިކްސް

މި ސެންޓަކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ފާހަގަކޮށްދޭ، މޭވާގެ ތާޒާކަމާއި، މަލުގެ މީރުވަހާއި، ފޮނި ރަހައެއް އެކުލެވޭ، ހޫނު އަމްބަރުގެ ނިމުމެއް ގެނެސްދޭ އުފެއްދުމެކެވެ. މީގެ މީރުވަހުން އިޙުސާސްވަނީ ހައި ފެޝަން ރަންވޭއެއްގެ މަތީގައި ހުރެވޭ ފަދަ ފުރިހަމަކަމެކެވެ.

2026 ވަނަ އަހަރު ބާޒާރަށް ނެރެން ހަމަޖެހިފައިވާ “ޑިވައިން ކޯޗާ” އަކީ އަންހެނުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ “ފްލޯރަލް ފުރުޓީ ގޯމަންޑް” މީރުވަހެކެވެ. މި ސެންޓް ފަރުމާކުރެއްވީ ދުނިޔޭގެ މަޝްހޫރު ސެންޓް އުފައްދާ މާހިރު ކުއެންޓިން ބިޝް އެވެ.

މި ސެންޓު ޚާއްސަވާ ސަބަބު:

ޝާހީ، ވިދުންގަދަ އަދި މުއްސަނދި

“ޑިވައިން ކޯޗާ” ބޭނުންކުރުމުން ކުރެވޭނެ އިޙުސާސްތައް:

● ރަން އަލިތަކެއްގެ ދަށުން ރަންވޭއެއްގައި ހިނގާލުން.
● ރާސްބެރީގެ ފޮނިކަމާއެކު ހުދު މަލުގެ މީރުވަސް އުފެދިގެންދާ ގޮތް.
● ވެނީލާ އާއި އަމްބަރުގެ ހޫނުކަމުން ފަރުމާކޮށްފައިވާ މުއްސަނދި ކޯޗާ އެއްގެ އިޙުސާސް.

މިއީ ޖެހިލުންކުޑަ، އަލިގަދަ، އަދި ނުހަނު ކަރަޝްމާ ހުރި ސެންޓެކެވެ.

ފެށޭ ވަސް: ރާސްބެރީ، ސިޓްރަސް، ބާގަމޮޓް.
މެދުތެރޭ ވަސް: ސޯލާ ނޯޓްސް، އިލަންގް-އިލަންގް، މެރެންގް، ޖެރޭނިއަމް، ކެލޯން، ޖޭސްމިން، ޕެލާގޯނިއަމް.
ދެމިހުންނަ ވަސް: ބެންޒޮއިން، ޕައިން ގަސް، ވެނީލާ، ކޫމަރިން، އަމްބަރު.

މި ސެންޓު ފެށިގެން އަންނަނީ ވަރަށް ތާޒާ އަދި ވިދުންގަދަ ރާސްބެރީ އާއި ސިޓްރަސްގެ ވަހަކާއެކުގައެވެ. މެދުތެރެއިން މަލުގެ މީރުވަހާއި މެރެންގްގެ ލުއި ފޮނިކަން އިޙުސާސްވާ އިރު، ނިމިގެންދަނީ ވެނީލާ، އަމްބަރު އަދި ޕައިން ގަހުގެ ތަފާތު ވަހަކާއެކުގައެވެ. މިއީ ހަނދާނުން ފޮހެލަން ދަތި މުއްސަނދި ނިމުމެކެވެ.

ވަސް ފެތުރޭ މިންވަރު: ވަރުގަދަ.
ވަސް ހުންނަ ވަގުތު: 8 އާއި 10 ގަޑިއިރާ ދެމެދު.

މި ސެންޓުގެ ސަބަބުން ކޮންމެ މީހެއްގެ ސަމާލުކަން ތިބާއަށް ހުއްޓޭނެ ފަދަ ޝާހީ އަސަރެއް ފަހަތަށް ދޫކުރެއެވެ.

މި ސެންޓު އެންމެ އެކަށީގެންވަނީ ކާކަށް؟

● މޭވާ އާއި މަލުގެ ވަސް ހިމެނޭ ފޮނި މީރުވަސްތަކަށް ލޯބިކުރާ މީހުންނަށް.
● ގިނަ ވަގުތު ހުންނަ، ވަރުގަދަ އަދި ޝާހީ ވަސްތަކަށް ގަޔާވާ މީހުންނަށް.
● ރޭގަނޑުގެ ޚާއްސަ ހަފުލާތަކަށާއި، ކޮންމެހެންވެސް ތަފާތު އަސަރެއް ދައްކަން ބޭނުންވާ ވަގުތުތަކަށް.

މިއީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ތަހުޒީބު އަދި ފެޝަނަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ފުރިހަމަ ސެންޓެކެވެ.

ބޭނުންކުރުމަށް އިތުރު އިރުޝާދެއް:

● ސެންޓުގެ ވަސް އިތުރަށް ފުރިހަމަކުރުމަށްޓަކައި ވެނީލާ ބޮޑީ ކްރީމަކާއެކު ބޭނުންކުރާށެވެ.
● މޭވާގެ ވަސް އިތުރަށް ގަދަކުރުމަށްޓަކައި ރާސްބެރީ ނުވަތަ ބެރީ ބޮޑީ މިސްޓެއް ލޭޔާ ކުރެވިދާނެއެވެ.

2026 ގައި ނުކުންނަ މި “ޑިވައިން ކޯޗާ” އަކީ ޖޯން ޕޯލް ގޯލްޓިއާގެ “ޑިވައިން” ކަލެކްޝަން އިތުރަށް ފުރިހަމަކޮށްދޭ، ހަޤީޤީ މުއްސަނދިކަން ރަމްޒުކޮށްދޭ އުފެއްދުމެކެވެ. މިއީ ހައި ފެޝަންގެ އިތުބާރާއި، ޝާހީ ރީތިކަން އެކުލެވިގެންވާ، ހަނދާނުން ފޮހެލަން ދަތި ރީތި މީރުވަހެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top