ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަރިޔަމް އައްޒަގެ އާ ފިލްމު “ދެވި” ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި

ދިވެހި ފިލްމީ ދާއިރާގެ މަގުބޫލު ބަތަލާ މަރިޔަމް އައްޒަ އިސްދައުރެއް އަދާކުރާ އާ ފިލްމު “ދެވި”ގެ ރަސްމީ ޕޯސްޓަރު މިއަދު އާންމުކޮށްފިއެވެ. މި ފިލްމަކީ އައްޒަ އަލަށް ޕްރޮޑިއުސްކޮށް، ފިލްމުގެ ލީޑުންވެސް ފެނިގެންދާނެ ފިލްމެކެވެ.

ސޯޝަލް މީޑިއާގައި މި ފިލްމުގެ ޕޯސްޓަރު އާންމުކޮށްފައިވަނީ ވަރަށް ތަފާތު އަދި އަސަރުގަދަ އިބާރާތްތަކަކާ އެކުގައެވެ. އެނިމޭޓެޑް ޕޯސްޓަރު ހިއްސާކުރަމުން ލިޔެފައިވާ ޕޯސްޓްގައި ބުނެފައިވާ ގޮތުން، ބައެއް ރޫހުތައް ހަށިގަނޑާ ވަކިވި ނަމަވެސް، އަނެއްބައި ރޫހުތަކަކީ ދުވަހަކުވެސް ފުރާނައާ ވަކިވާނެ އެއްޗެއް ނޫނެވެ.

މި ފިލްމަކީ ސަވައިވަލް ނުވަތަ ސަލާމަތްވުމަށް ކުރާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއްކަން ޕޯސްޓަރުން ދޭހަވެއެވެ. “ސަލާމަތްވުމަކީ ހަމައެކަނި އޮތް އިޚްތިޔާރު ކަމަށްވާ ހިނދު، އެމީހުން އެކަމަށްޓަކައި ކިހާ ދުރަކަށް ދާނެ ހެއްޔެވެ؟” މި ސުވާލާއެކު ފިލްމުގެ ފޯރި ވަނީ ގަދަވެފައެވެ.

“ދެވި”ގެ ރަސްމީ ޕޯސްޓަރު ނެރެމުން ފިލްމުގެ ޓީމުން ބުނެފައިވަނީ “މި ހޫނުގަނޑުގެ ވާހަކަ ދައްކަން ފުރުސަތު ދޭށެވެ.” މިއީ ވަރަށް ވަރުގަދަ އަދި ބިރުވެރި ނުވަތަ ސަސްޕެންސް އެކުލެވޭ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނެ ތާރީޚެއްގެ ގޮތުގައި އިއުލާންކޮށްފައިވަނީ 26 ސެޕްޓެމްބަރު 2026 އެވެ. ފިލްމީ ދާއިރާގެ ގިނަ ބަޔަކު މިހާރުވެސް އަންނަނީ މި ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

ފިލްމު “ދެވި”ގެ ނަން ހާމަކުރުމަށް ނެރުނު ވީޑިއޯއަށް ބެލުންތެރިން ދެވިހިފައިގެން ދިޔައިރު، މިއަދު އާއްމުކޮށްފައިވާ ޕޯސްޓަރުން މި ފިލްމަށް ބެލުންތެރިން ދެވިހިފާނެ މިންވަރު ދެގުނައަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިވެސް ކިޔާލަން:  ފަސްގަޑިއިރުގެ ސާޖަރީއަކަށް ފަހު ސްޓެޕް އައްޔަގެ މެސެޖެއް!


ޢަބްދުﷲ މުއާޒް ޕްރޮޑަކްޝަން އަދި ވިޝާޒް ޒަކީ އާ ގުޅިގެން ޔާރާ ޕްރޮޑަކްޝަންސް އިން ގެންނަ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ފިލްމީ ދާއިރާގެ އެކިއެކި ފަންނުތަކުގައި ނަން މަޝްހޫރު ޙުސައިން ހާޒިމް (ސޭންޑީ) އެވެ. މަރިޔަމް އައްޒަ ޕްރޮޑިއުސްކުރާ “ދެވި”ގެ ސްކްރިޕްޓް ލިޔެފައިވަނީ ޙުސައިން ހާޒިމް (ސޭންޑީ) އަދި ޝަހުދާ މަހުމޫދު އެވެ.

“ދެވި” ފިލްމުގައި ހަރަކާތްތެރިވާ މުހިންމު ތަރިންނަނީ މަރިޔަމް އައްޒަ، ޝަރަފް ޢަބްދުﷲ، މުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ނިމާލް، އަޙްމަދު ސަޢީދު، ރިޝްމީ ރަމީޒް، އާމިރާ އިސްމާޢީލް، އާމިނަތު ރަޝީދާ (އައިންތު)، އަޙްމަދު ރިޝްވާން، އަޙްމަދު އީސަ (އާނަންދު)، ޢާއިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) އެވެ

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top