ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އަވަސް މިނެއްގައި ބަރުދަން ލުއިވުމުގެ ސަބަބުން ފައިތިލައަށް ބަދަލުތަކެއް އަތުވެދާނެ!

ހަލުވިކަމާއެކު ބަރުދަން ލުއިވުމަކީ ހަމައެކަނި ބަރުދަން ބަލާ ކައްޓާއިން ފެންނަ ނަންބަރުތަކަށް އަންނަ ބަދަލެއް ނޫނެވެ. މިއީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އޭގެ އަސަރު ފޯރާ ކަމެކެވެ. އޯޒެމްޕިކް ފަދަ ޖީ.އެލް.ޕީ-1 ބޭސްތަކަކީ އާންމުކޮށް ހަކުރުބަލީގެ ވައްތަރެއް ކަމަށްވާ ‘ޓައިޕް 2 ޑަޔަބެޓީސް’ އަށް ފަރުވާކުރުމަށާއި، އާދަޔާ ހިލާފަށް ބޮޑަށް ފަލަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބޭނުންކުރާ ބޭސްތަކެކެވެ.

މި ބޭހުގައި ހިމެނޭ މާއްދާއެއް ކަމަށްވާ ސެމަގްލޫޓައިޑްގެ ސަބަބުން ބަރުދަން ވަރަށް ބޮޑަށް ލުއިކޮށްދޭއިރު، މީގެ އަސަރު އެކި މީހުންނަށް ކުރަނީ ތަފާތު ގޮތަކަށެވެ. ބަރުދަން ލުއިކުރުމާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އެމީލިއާ ހުވިނެން “އިލްތަލެހްތީ” އަށް ދެއްވާފައިވާ މައުލޫމާތުގައިވާ ގޮތުން، ބައެއް މީހުންގެ ކާހިތްވުން ވަރަށް ބޮޑަށް ކުޑަވާއިރު، އަނެއްބަޔަކަށް މިކަމުގެ އަސަރު ފެންނަނީ ވަރަށް ކުޑަކޮށެވެ. މީގެ ކުރިން ބޮޑަށް ފާހަގަކުރެވިފައިވަނީ އަވަހަށް ބަރުދަން ލުއިވުމުގެ ސަބަބުން މޫނުގެ މަސްތައް ހިނދި، މޫނު އަޑިވުމަށް ކިޔާ “އޯޒެމްޕިކް ފޭސް” އެވެ.

އިލްތަލެހްތީ އިން ރިޕޯޓްކުރާ ގޮތުގައި، މިއީ ސީދާ ބޭހުގެ ސަބަބުން ދިމާވާ ސައިޑް އިފެކްޓެއް ނޫނެވެ. ނަމަވެސް، މިއީ ހަށިގަނޑުން ސަރުބީތައް ހަލުވިކަމާއެކު ވިރިގެންދާއިރު އަންނަ ބަދަލެކެވެ.

ފައިތިލައަށް އަންނަ ބަދަލުތައް

“ހެލްތްލައިން” އިން ސިފަކޮށްފައިވާ ގޮތުގައި، މިފަދަ ބަދަލުތަކެއް ފައިތިލައަށް އައުމަށް “އޯޒެމްޕިކް ފީޓް” އޭ ކިޔައެވެ. މިއީ ބަރުދަން ހަލުވިކަމާއެކު ލުއިވުމުން ފައިތިލައިގެ ބޭރުފުށުން ފެންނަ ބަދަލުތަކެކެވެ.

މިސާލަކަށް، ފައިތިލައިގެ ނާރުތަކާއި ލޭހޮޅިތައް ބޭރަށް އެނގެން ހުރުމާއި، ހަންގަނޑު ދޫވުމާއި، ފައިތިލަ ހިމަވުމުގެ ސަބަބުން ބޫޓުގެ ސައިޒަށް ބަދަލު އައުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން، ފައިތިލަ އާއި ފައިގެ ފަލަމަސްގަނޑުގެ މަސްތައް ހިނދުމުގެ ސަބަބުން، ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމަށާއި، ހިނގުމަށާއި، ފައިގެ ތަނބިކައްޓާއި ކަނދުރާގެ ހަރަކާތްތަކަށް ދަތިތަކާ ކުރިމަތިވެދާނެއެވެ.

މިވެސް ކިޔާލަން:  ފުވަކާއި ސުޕާރީ ކާން ފެށޭ ގޮތާއި، ދެވިހިފުމާއި، އޭގެ ނުރައްކާތެރި އަސަރުތައް

މިއީ ރަސްމީ ސައިޑް އިފެކްޓެއް ނޫން

ހެލްތްލައިން އިން ފާހަގަކުރާ ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން ބަރުދަން އިތުރުވެފައި ހުރުމުގެ ސަބަބުން ފައިތިލައިގެ އޮނިގަނޑަށް ބަދަލުތަކެއް އައިސްފައި ހުރެދާނެއެވެ. ބަރުދަން ލުއިވުމާއެކު މި ބަދަލުތައް ވަގުތުން ފިލައިގެން ނުގޮސް، ހަށިގަނޑު އާ ހާލަތަށް ފެތުމަށް ދުވަސްކޮޅެއް ނަގާނެއެވެ.

“އޯޒެމްޕިކް ފީޓް” އަކީ ޖީ.އެލް.ޕީ-1 ބޭސްތަކުގެ ރަސްމީ ސައިޑް އިފެކްޓެއް ނޫނެވެ. މިއީ ބޭސް ބޭނުންކޮށްގެން ނުވަތަ ބޭސް ބޭނުންނުކޮށް ނަމަވެސް، ވަރަށް ބޮޑަށް އަދި ހަލުވިކަމާއެކު ބަރުދަން ލުއިވުމުން ހަށިގަނޑަށް އަންނަ އާންމު ބަދަލެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top