ޑާކް ރެއިން އެންޓަޓެއިންމެންޓްގެ “ޖަންނަތު” ރިލީޒްކޮށްފިއެވެ. ފިލްމު ރިލީޒްކުރީ މިމަހު 03 ވަނަ ދުވަހުގެ ރޭގައެވެ. ފިލްމުގެ ފުރަތަމަ ޝޯއަށް ފަހު ބެލުންތެރިންގެ ތަޢުރީފު އޮހެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
“ޖަންނަތު” ފިލްމުގެ ޕްރިމިއާ އިވެންޓަށް މުނިއަވަސް ޓީމުން ދިޔައީ އިވެންޓް ކަވަރޭޖް ކުރުމުގައި ހަރަކާތްތެރިވާ ދެ ނޫސްވެރިންކަމަށްވާ ލައިނާ އިބްރާހީމް އަދި މަރިޔަމް ނާޒިމާ އެވެ. މީގެ އިތުރުން މުނިއަވަސްގެ ޕްރިމިއަމް މެންބަރު، ކުރީގެ މަޝްހޫރު ފިލްމީ ތަރި ޢާއިޝަތު ޝިރާނީ މި އިވެންޓްގައި މުނިއަވަސް ޓީމުން ބައިވެރިވިއެވެ. މުނިއަވަސްގެ ޝަރަފުވެރި މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޝިރާނީ ވަނީ ފިލްމު “ޖަންނަތު”ގެ ލީޑް ޝަރަފް އާ އިންޓަވިއުކޮށް، މި ފިލްމާމެދު ޝަރަފް ދެކޭ ގޮތް އޮޅުންފިލުވާލާފައެވެ.
![]()
ޝަރަފް، މިފަހަރު މުނިއަވަސް އިން މި ބައްދަލުކުރީ ޝިރާނީ. ކިހިނެއް؟
ރަނގަޅު!
![]()
މިފަހަރު އަނެއްކާވެސް މި ލިބުނީ ޝަރަފްގެ ތަފާތު ފިލްމެއް ބަލައިލަންކަން ނޭނގެ ދޯ! އެހެންވީމަ ފިލްމާ ދޭތެރޭ ކޮން ގޮތަކަށް ދެކެނީ؟ ކޮން ކަހަލަ ކެރެކްޓަރއެއް؟
އަނެއްހެން ހަމަ ވަރަށް، ކީކޭ ބުނާނީ ހަމަ ވަަރަށް އުއްމީދުކުރަން އެބަ ބެލުންތެރިންނަށް ކަމުދާނެ ކަމަށް. އެއީ މި ފިލްމުގަ މި ކުޅެފަ މި އޮތް ކެރެކްޓަރއަކީ ޝަރަފް ފިލްމީ ކެރިއާގަވެސް އަނެއްހެން ބުނާނަމަ އެންމެ ބޮޑު ރިސާޗެއް ކުރި އެއް ފިލްމު، އެއް ކެރެކްޓަރ. ސޯ… ވަރަށް ބުރަ މަސައްކަތެއް ކޮށްފަ މިހުރީ. ހީކުރަނީ ހަމަ ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެ ކަމަށް.
މުނިއަވަސް އިން ޝިރާނީ ފުރަތަމަ ފަހަރަށް ނޫސްވެރިއެއްގެ ގޮތުގައި މިފަދަ އިވެންޓެއްގައި ކޮށްފައިވާ އިންޓަވިއު އެއްކޮށް، ރިތީގައިވާ ވީޑިއޯއިން ބަލައިލެވޭނެ އެވެ.
@muniavas JANNATHU Premier Exclusive with Sharaf 7 Shirani @darkrainent @aishathshirani @shahoo900 @shifauchippe #muniavasnews #muniavascreation #foryoupage #fvpシ💕foryou #jannathu #dhivehifilm ♬ original sound – MUNIAVAS
ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމު “ޖަންނަތު” ބެލުމަށްފަހު ފިލްމުގެ ރިވިއުއެއްވެސް ޝިރާނީ ދީފައިވެއެވެ.
@muniavas JANNATHU Premier – Shirani’s Review @shiruxa @darkrainent @laina4669 @mariyamnaxima #muniavasnews #muniavascreation #foryoupage #dhivehifilm ♬ original sound – MUNIAVAS
