ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ތައި ޗިކަން ސަޓޭ ސަލަޑް – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް: 25 މިނެޓް (މެރިނޭޓް ކުރަން ހޭދަވާ ވަގުތު ނުހިމަނާ)
⏱️ ކެއްކުމަށް: 15 މިނެޓް
⏱️ ޖުމްލަ ވަގުތު: 40 މިނެޓް
🍽️ ތައްޔާރުކުރެވޭނީ: 4 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

ޗިކަން ސަޓޭ ސަލަޑަށް:

1 ދަޅު ކާށި ކިރު (ފުލް ފެޓް – ގާތްގަނޑަކަށް 13.5 އައުންސް)
4 ލޮނުމެދު
1 ކުޑަ ލެމަންގްރާސް (ހުދު ބައި ހިމަކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ތާޒާ އިނގުރު (ގާނާފައި)
2 ސައިސަމުސާ ތައި ރެޑް ކަރީ ޕޭސްޓް
1 ސައިސަމުސާ ރީނދޫ
1 ސައިސަމުސާ ފިޝް ސޯސް
½ ލުނބޯ (ތޮށި ގާނާފައި އަދި ހުތް)
1 ސައިސަމުސާ ލޮނު
1 ޕައުންޑް ކުކުޅު (ޗިކަން ޓެންޑަލޮއިން – ދިގަށް ތުނިކޮށް ކޮށާފައި)
ކައްކާ ތެޔޮ (ސްޕްރޭ ކުރާ ކަހަލަ)
2 ރޮމޭން ލެޓިއުސް (ކޮށާފައި)
1 ޖޯޑު ކެރެޓް (ގާނާފައި)
1 ރަތް ކެޕްސިކަމް (ތުނިކޮށް ކޮށާފައި)
1 ޖޯޑު ރަތް ކެބެޖު (ތުނިކޮށް ކޮށާފައި)
1 ޖޯޑު ކިއުކަމްބާ (ދިގަށް ތުނިކޮށް ކޮށާފައި)
2 ރޯމާ ޓޮމާޓޯ (ހަތަރު ފަޅިއަށް ކޮށާފައި)
½ ޖޯޑު ބަދަން (މުގުރާފައި)
ލުނބޯ ފަޅި (ގާނިޝް ކުރުމަށް)
ބާބެކިއު ސްޓިކް

ފޮނި ބަދަން ސޯސް ތައްޔާރުކުރުމަށް:

ކުރިން ތައްޔާރުކުރި މެރިނޭޑްގެ އެއްބައި (ގާތްގަނޑަކަށް 1 ޖޯޑު)
¼ ޖޯޑު ޕީނަޓް ބަޓަރ
3 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ
1 ލުނބޯގެ ހުތް

މިވެސް ކިޔާލަން:  ކަނޑޫދޫ ގިތެޔޮމިރުހާއި މަސްދަޅު މޯމޯސް - މުނިއަވަސް ރަހަފަތް

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ފުޑް ޕްރޮސެސަރެއްގެ ތެރެއަށް ކާށި ކިރު، ލޮނުމެދު، ލެމަންގްރާސް، އިނގުރު، ކަރީ ޕޭސްޓް، ރީނދޫ، ފިޝް ސޯސް، ލުނބޯ ތޮށި އަދި ހުތާއި ލޮނު އެޅުމަށްފަހު އޮމާންވަންދެން ގިރާލާށެވެ. (މިގޮތަށް ތައްޔާރުކުރާ މެރިނޭޑުން ގާތްގަނޑަކަށް 2 ޖޯޑު ލިބޭނެއެވެ. އޭގެ ތެރެއިން 1 ޖޯޑު ބަދަން ސޯސް ހެދުމަށް ވަކިކޮށްލާށެވެ.)

2 – ބާކީ ހުރި މެރިނޭޑްކޮޅު ކުކުޅުތަކުގެ މައްޗަށް އަޅާލުމަށްފަހު، މަދުވެގެން 2 ގަޑިއިރު ނުވަތަ ބޮޑަށް ރަހަ ހިފުމަށް ރޭގަނޑު އެއްކޮށް މެރިނޭޓް ކުރަން ބަހައްޓާށެވެ.

3 – ފުޑް ޕްރޮސެސަރަށް ބަދަން ސޯސްގެ ހުރިހާ ބާވަތްތަކެއް އެޅުމަށްފަހު އޮމާންވަންދެން ގިރާލާށެވެ. މި ސޯސް ބަންދުކޮށްފައި ހުރި އެއްޗެއްގައި އަޅާފައި ފިނިކުރަން ލާށެވެ.

4 – ކުކުޅު ފިހަން ތައްޔާރުވުމުން، މެރިނޭޑުން ކުކުޅުކޮޅުތައް ނަގައި ބާބެކިއު ސްޓިކްތަކަށް މަހާލާށެވެ.

5 – ގްރިލް ތަވައެއް މެދު މިންވަރެއްގެ ހޫނުމިނެއްގައި ބެހެއްޓުމަށްފަހު ކުޑަ ތެޔޮކޮޅެއް ސްޕްރޭކޮށްލާށެވެ. ކުކުޅު ސްޓިކްތައް ތަވައަށް އެޅުމަށްފަހު، ހުރިހާ ފަރާތެއް ރަނގަޅަށް ފިހެވި ރަތްވަންދެން (ގާތްގަނޑަކަށް 7-8 މިނެޓް) ފިހެލާށެވެ.

6 – ސަލަޑް ތައްޔާރުކުރުމަށްޓަކައި، ކޮށާފައި ހުރި ލެޓިއުސް ތަށިތަކަށް އެޅުމަށްފަހު އޭގެ މަތީގައި ކެޕްސިކަމް، ކެބެޖު، ކެރެޓް، ކިއުކަމްބާ އަދި ޓޮމާޓޯ ތަރުތީބުން އަތުރާލާށެވެ.

7 – ކޮންމެ ތަށްޓެއްގެ މަތީގައި ފިހުނު ކުކުޅު ސްޓިކްތައް ބާއްވާލުމަށްފަހު، ލުނބޯ ހުތް ޖަހައި، ކުރިން ތައްޔާރުކުރި ބަދަން ސޯސް އަޅާލައިގެން މީރުކޮށް އިންސާފުކުރާށެވެ.

އިތުރު މައުލޫމާތު:

● ކުކުޅު: ޗިކަން ޓެންޑަލޮއިން ބޭނުންކުރުމުން ކުކުޅުކޮޅު މަޑުވެފައި، އަވަހަށް ފިހެވޭނެއެވެ. ބޭނުންނަމަ ބޯންލެސް ބްރެސްޓް ވެސް ބޭނުންކުރެވިދާނެއެވެ.
● ވެޖިޓޭރިއަން އޮޕްޝަން: ކުކުޅުގެ ބަދަލުގައި ޓޯފޫ ބޭނުންކޮށްގެންވެސް ހަމަ މި ރެސިޕީ ތައްޔާރުކުރެވިދާނެއެވެ.
● ތަރުކާރީ: މީގައި ބޭނުންކޮށްފައިވާ ތަރުކާރީތަކުގެ އިތުރުން ތިމާ އެންމެ ގަޔާވާ ތަރުކާރީއެއް ބޭނުންކުރެވިދާނެއެވެ. މިކަމުގެ ސަބަބުން ސަލަޑް ފެންނަލެއް ވަރަށް ފުރިހަމަވާނެއެވެ.

މިވެސް ކިޔާލަން:  ސިޒްލިންގ ޗޮކްލެޓް ބްރައުނީ – މުނިއަވަސް ރަހަފަތް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top