⏱️ ތައްޔާރުކުރުމަށް: 25 މިނެޓް (މެރިނޭޓް ކުރަން ހޭދަވާ ވަގުތު ނުހިމަނާ)
⏱️ ކެއްކުމަށް: 15 މިނެޓް
⏱️ ޖުމްލަ ވަގުތު: 40 މިނެޓް
🍽️ ތައްޔާރުކުރެވޭނީ: 4 މީހުންނަށް
🛒 ބޭނުންވާ ތަކެތި:
ޗިކަން ސަޓޭ ސަލަޑަށް:
● 1 ދަޅު ކާށި ކިރު (ފުލް ފެޓް – ގާތްގަނޑަކަށް 13.5 އައުންސް)
● 4 ލޮނުމެދު
● 1 ކުޑަ ލެމަންގްރާސް (ހުދު ބައި ހިމަކޮށް ކޮށާފައި)
● 1 މޭޒުމަތީ ސަމުސާ ތާޒާ އިނގުރު (ގާނާފައި)
● 2 ސައިސަމުސާ ތައި ރެޑް ކަރީ ޕޭސްޓް
● 1 ސައިސަމުސާ ރީނދޫ
● 1 ސައިސަމުސާ ފިޝް ސޯސް
● ½ ލުނބޯ (ތޮށި ގާނާފައި އަދި ހުތް)
● 1 ސައިސަމުސާ ލޮނު
● 1 ޕައުންޑް ކުކުޅު (ޗިކަން ޓެންޑަލޮއިން – ދިގަށް ތުނިކޮށް ކޮށާފައި)
● ކައްކާ ތެޔޮ (ސްޕްރޭ ކުރާ ކަހަލަ)
● 2 ރޮމޭން ލެޓިއުސް (ކޮށާފައި)
● 1 ޖޯޑު ކެރެޓް (ގާނާފައި)
● 1 ރަތް ކެޕްސިކަމް (ތުނިކޮށް ކޮށާފައި)
● 1 ޖޯޑު ރަތް ކެބެޖު (ތުނިކޮށް ކޮށާފައި)
● 1 ޖޯޑު ކިއުކަމްބާ (ދިގަށް ތުނިކޮށް ކޮށާފައި)
● 2 ރޯމާ ޓޮމާޓޯ (ހަތަރު ފަޅިއަށް ކޮށާފައި)
● ½ ޖޯޑު ބަދަން (މުގުރާފައި)
● ލުނބޯ ފަޅި (ގާނިޝް ކުރުމަށް)
● ބާބެކިއު ސްޓިކް
ފޮނި ބަދަން ސޯސް ތައްޔާރުކުރުމަށް:
● ކުރިން ތައްޔާރުކުރި މެރިނޭޑްގެ އެއްބައި (ގާތްގަނޑަކަށް 1 ޖޯޑު)
● ¼ ޖޯޑު ޕީނަޓް ބަޓަރ
● 3 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ
● 1 ލުނބޯގެ ހުތް
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – ފުޑް ޕްރޮސެސަރެއްގެ ތެރެއަށް ކާށި ކިރު، ލޮނުމެދު، ލެމަންގްރާސް، އިނގުރު، ކަރީ ޕޭސްޓް، ރީނދޫ، ފިޝް ސޯސް، ލުނބޯ ތޮށި އަދި ހުތާއި ލޮނު އެޅުމަށްފަހު އޮމާންވަންދެން ގިރާލާށެވެ. (މިގޮތަށް ތައްޔާރުކުރާ މެރިނޭޑުން ގާތްގަނޑަކަށް 2 ޖޯޑު ލިބޭނެއެވެ. އޭގެ ތެރެއިން 1 ޖޯޑު ބަދަން ސޯސް ހެދުމަށް ވަކިކޮށްލާށެވެ.)
2 – ބާކީ ހުރި މެރިނޭޑްކޮޅު ކުކުޅުތަކުގެ މައްޗަށް އަޅާލުމަށްފަހު، މަދުވެގެން 2 ގަޑިއިރު ނުވަތަ ބޮޑަށް ރަހަ ހިފުމަށް ރޭގަނޑު އެއްކޮށް މެރިނޭޓް ކުރަން ބަހައްޓާށެވެ.
3 – ފުޑް ޕްރޮސެސަރަށް ބަދަން ސޯސްގެ ހުރިހާ ބާވަތްތަކެއް އެޅުމަށްފަހު އޮމާންވަންދެން ގިރާލާށެވެ. މި ސޯސް ބަންދުކޮށްފައި ހުރި އެއްޗެއްގައި އަޅާފައި ފިނިކުރަން ލާށެވެ.
4 – ކުކުޅު ފިހަން ތައްޔާރުވުމުން، މެރިނޭޑުން ކުކުޅުކޮޅުތައް ނަގައި ބާބެކިއު ސްޓިކްތަކަށް މަހާލާށެވެ.
5 – ގްރިލް ތަވައެއް މެދު މިންވަރެއްގެ ހޫނުމިނެއްގައި ބެހެއްޓުމަށްފަހު ކުޑަ ތެޔޮކޮޅެއް ސްޕްރޭކޮށްލާށެވެ. ކުކުޅު ސްޓިކްތައް ތަވައަށް އެޅުމަށްފަހު، ހުރިހާ ފަރާތެއް ރަނގަޅަށް ފިހެވި ރަތްވަންދެން (ގާތްގަނޑަކަށް 7-8 މިނެޓް) ފިހެލާށެވެ.
6 – ސަލަޑް ތައްޔާރުކުރުމަށްޓަކައި، ކޮށާފައި ހުރި ލެޓިއުސް ތަށިތަކަށް އެޅުމަށްފަހު އޭގެ މަތީގައި ކެޕްސިކަމް، ކެބެޖު، ކެރެޓް، ކިއުކަމްބާ އަދި ޓޮމާޓޯ ތަރުތީބުން އަތުރާލާށެވެ.
7 – ކޮންމެ ތަށްޓެއްގެ މަތީގައި ފިހުނު ކުކުޅު ސްޓިކްތައް ބާއްވާލުމަށްފަހު، ލުނބޯ ހުތް ޖަހައި، ކުރިން ތައްޔާރުކުރި ބަދަން ސޯސް އަޅާލައިގެން މީރުކޮށް އިންސާފުކުރާށެވެ.
އިތުރު މައުލޫމާތު:
● ކުކުޅު: ޗިކަން ޓެންޑަލޮއިން ބޭނުންކުރުމުން ކުކުޅުކޮޅު މަޑުވެފައި، އަވަހަށް ފިހެވޭނެއެވެ. ބޭނުންނަމަ ބޯންލެސް ބްރެސްޓް ވެސް ބޭނުންކުރެވިދާނެއެވެ.
● ވެޖިޓޭރިއަން އޮޕްޝަން: ކުކުޅުގެ ބަދަލުގައި ޓޯފޫ ބޭނުންކޮށްގެންވެސް ހަމަ މި ރެސިޕީ ތައްޔާރުކުރެވިދާނެއެވެ.
● ތަރުކާރީ: މީގައި ބޭނުންކޮށްފައިވާ ތަރުކާރީތަކުގެ އިތުރުން ތިމާ އެންމެ ގަޔާވާ ތަރުކާރީއެއް ބޭނުންކުރެވިދާނެއެވެ. މިކަމުގެ ސަބަބުން ސަލަޑް ފެންނަލެއް ވަރަށް ފުރިހަމަވާނެއެވެ.
