ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިރިހުންނާނީ 6 މަސް ދުވަހު ކަމަށް ޑޮކްޓަރު ބުނި: އަދުނާން ސާމީ
ފޮޓޯ: ގޫގަލް

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒަރ އަދުނާން ސާމީ، އޭނާގެ ބަރުދަނުން ގާތްގަނޑަކަށް 120 ކިލޯ ލުއިކޮށްލި ގޮތުގެ ތަފްސީލު ހިއްސާކޮށްފިއެވެ. އެއްއިރެއްގައި 230 ކިލޯ ހުރި އަދުނާން ސާމީ ބުނި ގޮތުގައި، އޭނާގެ ދިރިއުޅުން ބަދަލުކޮށްލަން މަޖުބޫރުވީ ޑޮކްޓަރަކު ދިން ވަރުގަދަ އިންޒާރަކާ ގުޅިގެންނެވެ.

“ޒޫމް” އަށް ދިން އިންޓަވިއުއެއްގައި އަދުނާން ކިޔައިދިން ގޮތުގައި، އޭނާގެ ބަރުދަން ހުރި ގޮތުން ދިރިހުންނާނީ އެންމެ ހަ މަސް ދުވަހު ކަމަށް ޑޮކްޓަރު ބުންޏެވެ. މި ވާހަކަ ޑޮކްޓަރު ބުނި ވަގުތަކީ އަދުނާންގެ ބައްޕަވެސް ގާތުގައި ހުރި ވަގުތެކެވެ.

އަދުނާން ބުނި ގޮތުގައި ފުރަތަމަ އޭނާ ޑޮކްޓަރުގެ ވާހަކަ ޤަބޫލެއް ނުކުރެއެވެ.

“އަހަރެން ބައްޕަ ގާތު ބުނިން ޑޮކްޓަރު އެ އުޅެނީ މާ ބޮޑުކޮށްލައިގެންނޭ. އެކަމަކު ބައްޕަ އަހަންނަށް ބަލާލާފައި ބުނީ، ހަމަ އެހެން ހެއްޔޭ؟ ބައްޕައަށްވެސް ތިޔަ މަންޒަރު ފެނެޔޭ.” އަދުނާން ކިޔައިދިނެވެ.

ބައްޕަގެ އެ އަސަރުގަދަ ބަސްތަކުން އަދުނާންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެ ވަގުތު އޭނާގެ ބައްޕައަށް ވީ ވަޢުދަކީ ހަށިގަނޑު ރަނގަޅުކޮށް، ދުޅަހެޔޮ ސިއްޙަތެއް ހޯދުމެވެ. އަދުނާން ބުނީ އެ ބޮޑު ބަދަލަކީ އެއްވެސް ކަހަލަ ސާޖަރީއެއް ހަދައިގެން ގެނައި ބަދަލެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އޭނާގެ އަޒުމާއި ހިތްވަރުން ހާސިލުކުރި ކަމެއް ކަމަށެވެ.

ސާޖަރީ ހަދައިގެން ބަރުދަން ލުއިކުރި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން އަދުނާން ބުނީ، މީހަކު ކަމެއް ހާސިލުކުރުމުން އެކަމާ ދެކޮޅަށް ވާހަކަދައްކާނެ ބަޔަކު އަބަދުވެސް އުޅޭނެ ކަމަށެވެ.

“އެއީ ހުސް ބޭކާރު ވާހަކަ. ބައެއް މީހުންނަށް އެހެން މީހުންގެ ކާމިޔާބީ ހަޖަމެއް ނުކުރެވޭނެ.” އަދުނާން ބުންޏެވެ.

ބަރުދަން ލުއިކުރުމުގެ ދަތުރުގައި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، އަދުނާން ސާމީ މިހާރު ފެންނަނީ ވަރަށް ފިޓްކޮށް، ދުޅަހެޔޮ ސިއްޙަތެއްގައެވެ. މިއީ އޭނާގެ ބައްޕައަށް ވީ ވަޢުދު ފުއްދުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ޤަބޫލުކުރެއެވެ.

މިވެސް ކިޔާލަން:  މުނިއަވަސް ޢީދު ހަދިޔާގެ ނަސީބުވެރިޔާ ހޮވައިފި
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top