ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދޮންފަނާއި ތުޅާދޫ ސެމީ ފައިނަލަށް ދަތުރުކޮށްފި
ފޮޓޯ: ކުލަބް މޯލްޑިވްސް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ބ. އަތޮޅު މުބާރާތުގެ ސެމީ ފައިނަލަށް ގުރޫޕް ބީ އިން ދޮންފަނާއި ތުޅާދޫ ދަތުރުކޮށްފިއެވެ. މުބާރާތުގައި ބައިވެރިވެފައިވާ ހަ ރަށް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ގުރޫޕް ބީ ގެ މެޗުތައް ރޭ ވަނީ ނިމިފައެވެ. މި ގުރޫޕްގައި ހިމެނޭ ދޮންފަނާއި ތުޅާދޫ އަދި ފެހެންދޫ، ގުރޫޕް ސްޓޭޖްގައި ކުޅެން ޖެހޭ މެޗުތައް ރޭ ނިމުނުއިރު، ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއިއެކު މި ގުރޫޕްގެ އެއްވަނަ ހޯދީ ދޮންފަނެވެ. އަދި ތިން ޕޮއިންޓާއިއެކު ދެވަނަ ހޯދީ ތުޅާދޫ އެވެ.

ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ރޭ ދޮންފަނާއި ފެހެންދޫ ބައްދަލުކޮށް ފަސޭހަކަމާއިއެކު މެޗު ކާމިޔާބުކުރީ ފޮންފަނެވެ. ފެށީއްސުރެ ކަހަލަ ގޮތަކަށް މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔަ ދޮންފަނުން ލީޑު ނެގީ 13 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މޮހްސެން މޮންތަޒެމީއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ފެހެންދޫ ހާފުގެ އަރިމަތިން އެ ޓީމަށް ލިބުނު ކިކް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފައެވެ. ނަތީޖާ ހަމަހަމަކުރުމަށް ފެހެންދޫން މަސައްކަތް ކުރަމުން ދަނިކޮށް ދޮންފަނުގެ ލީޑު ފުޅާކޮށްދިނީ ވެސް މޮހްސެން މޮންތަޒެމީއެވެ. މި ލަނޑަކީ ވެސް އަރިމަތިން ފޮނުވާލި ކިކް ކީޕަރުގެ ގައިގައި ޖެހިފައި ގޯލްގެ ތެރެއަށް ވަތް ލަނޑެކެވެ.

މިވެސް ކިޔާލަން:  އެޗްޑީސީ ފަސޭހަކަމާއިއެކު މޮޅުވިއިރު، ވެމްކޯއިން އިމިގްރޭޝަން ބަލިކޮށްފި

ފުރަތަމަ ހާފު 2-0 އިން ދޮންފަނު ކުރީގައި އޮވެގެން ނިމުނުއިރު ދެވަނަ ހާފުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފަށްވުރެ މޮޅަށް ކުޅެފައެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ދޮންފަނުގެ އިބްރާހިމް ރާއީ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިފައެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ފެހެންދޫ ގޯލު ކުރިމައްޗަށް އޭނާ ނަގައިދިން ބޯޅަ ދިފާއުކުރަން މަސައްކަތް ކުރި ފެހެންދޫ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި އޭނާއަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދޮންފަނުން ތިންވަނަ ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ފެހެންދޫއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ. މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ހޯދި ދޮންފަނަށް، ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި އިބްރާހީމް ރާއީ ކާމިޔާބުކޮށްދިން ދެވަނަ ލަނޑާއިއެކު ނަތީޖާ 4-0 އަށް ބަދަލުކޮށްލިއެވެ.

ލަނޑު ޖަހަން ފެހެންދޫއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އުޅެނިކޮށް ގޮއިދޫން ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހާފައެވެ. މެޗުގެ ފަހުކޮޅު އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޢަބްދުﷲ އަހްޒަމެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. 38 ވަނަ މިނެޓުގައި ފެހެންދޫގެ ގޯލު ކުރިމަތިން ލިބުނު ފްރީކިކް ގޯލުގެ ތެރެއަށް ވައްދާލައި ގޮއިދޫގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އިފްހާމެވެ.

6-0 އިން ދޮންފަނު މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޢަބްދުﷲ އަހްޒަމެވެ.

މިވެސް ކިޔާލަން:  ކުލަބް މޯލްޑިވްސްގެ ހަތަރު މުބާރާތެއްގެ ގުރޫޕް ބަހައިފި!

މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑުއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޭދަފުށްޓާއި ތުޅާދޫ އެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދޮންފަނާއި ގޮއިދޫ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top