ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަގޭ ބިޓްގެ ވެޑިން” ގެ ރަތްދޫލަ ހަފުލާގައި ބައިވެރިވާން ބޭނުންތަ؟

– ޑާކް ރެއިންގެ ޚާއްޞަ ޕްރޮމޯޝަނެއް ހުޅުވާލައިފި

ޑާކް ރެއިން އެންޓަޓައިންމަންޓުގެ އައު ފިލްމު “މަގޭ ބިޓުގެ ވެޑިން” ދައްކަން ފަށާ ރަތްދޫލަ ހަފުލާގައި ބައިވެރިވުމުގެ ރަނުގެ ފުރުސަތެއް އާންމުންނަށް ހުޅުވާލައިފިއެވެ.

“މަގޭ ބިޓުގެ ވެޑިން ގިވްއަވޭ” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ ފިލްމުގެ ފޯރި ގަދަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެގެން ހޮވޭ ނަސީބުވެރިއަކަށް، ފިލްމު ޕްރިމިއާ ކުރާ ރޭ ބާއްވާ ކުލަގަދަ ރަތްދޫލަ ހަފުލާގެ ދެ އިންވިޓޭޝަން ލިބޭނެއެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި، ފިލްމުގެ ރަސްމީ މޯޝަން ޕޯސްޓަރު ސޯޝަލް މީޑިއާގެ ސްޓޯރީގައި ހިއްސާކޮށް، ރައްޓެހިން ޓެގް ކުރަން ޖެހެއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 15 އޮގަސްޓް 2026 އެވެ.

ޓްރޮޕިކަލް ރެއިން އެންޓަޓައިންމަންޓާ ގުޅިގެން އުފައްދާ މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދުގެ ޕްރޮޑަކްޝަނެކެވެ. “މަގޭ ބިޓުގެ ވެޑިން” އިޝްތިހާރު ކުރަމުންދަނީ މިހާތަނަށް ފެންނާނެ އެންމެ “ހަލަބޮލި” ނުވަތަ އެންމެ “ކެއޯޓިކް” ލޯބީގެ މުނިފޫހިފިލުވުމުގެ ގޮތުގައެވެ.

މި ފިލްމުގެ މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު ވިދަމުންދާ ޝަރަފް އަބްދުﷲގެ އިތުރުން ފާތިމަތު ރާޔާ އަބްދުﷲ އެވެ. މީގެ އިތުރުން މަގުބޫލު ކޮމެޑިއަން ޝާފިއު އިބްރާހީމް (ފުބޫ)، ތަޖުރިބާކާރު ބަތަލާ ޝީލާ ނަޖީބް، އަދި އަހުމަދު ސައީދު ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ކާސްޓުގައި ދެން ހިމެނެނީ ހާޒިފް މުހައްމަދު، އާމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝާން އެވެ.

މިވެސް ކިޔާލަން:  "ކަޅަކި" ނިންމުމަށް، ޔޫއްޕެއާއި ޓީމުގެ މަސައްކަތް މެކުހަށް!

“މަގޭ ބިޓުގެ ވެޑިން” އޮލިމްޕަސް ސިނަމާއަށް އަންނާނެ ކަމަށް އިއުލާނުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ފިލްމަކީ އާދަޔާ ހިލާފު މަޖާ އަދި ޝައުގުވެރި ހާދިސާތަކެއް ފެނިގެންދާނެ، ބަލާލަން ހިތްގައިމު އުފެއްދުމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތުދެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top