⏱️ ތައްޔާރުކުރުމަށް: 20 މިނެޓު
⏱️ ތެލުލުމަށް: 2 މިނެޓު
⏱️ ޖުމްލަ ވަގުތު: 22 މިނެޓު (ފުށްގަނޑު ފުފެން ހޭދަވާ ވަގުތު ނުލައި)
🍽️ ތައްޔާރުކުރެވޭނީ: 25 ޑޯނަޓް
🛒 ބޭނުންވާ ތަކެތި:
ފުށްގަނޑު ތައްޔާރުކުރުމަށް:
● 3 މޭޒުމަތީ ސަމުސާ އެކްޓިވް ޑްރައި އީސްޓް
● 1 ތަށި ތާފަނާ ފެން (މާ ހޫނު ނޫން)
● 1 މޭޒުމަތީ ސަމުސާ ހަކުރު (އީސްޓް މޮޑުމަށް)
● 2 ސައިސަމުސާ ލޮނު
● ½ ސައިސަމުސާ ބޭކިންގް ޕައުޑަރު
● ½ ޖޯޑު ހަކުރު (ފުށްގަނޑަށް އެއްކުރުމަށް)
● 4 ޖޯޑު ބްރެޑް ފްލާވަރ (ޕާން ފުށް)
● ¼ ޖޯޑު ބަޓަރު
● 3 ބިހުގެ ދޮން
● ½ ސައިސަމުސާ ވެނީލާ އެސެންސް
ތެލުލުމާއި ހަކުރުލުމަށް:
● ތެލުލުމަށް ބޭނުންވާ ވަރަށް ތެޔޮ
● 1 ½ ޖޯޑު ހަކުރު (ޑޯނަޓްގައި ހޭކުމަށް)
އެތެރެއަށް އެޅުމަށް:
● ބޭނުންވާ ވަރަށް ނަޓެއްލާ
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – ބޮޑު ބޯތަށްޓެއްގައި އީސްޓް، ތާފަނާ ފެން އަދި 1 ސަމުސާ ހަކުރު އެއްކޮށްލުމަށްފަހު 5 އާއި 10 މިނެޓު ވަންދެން ބަހައްޓާށެވެ. ފޮނު އަރައިފިނަމަ އެހުރީ އީސްޓް ރަނގަޅަށެވެ.
2 – ތެއްޔަކަށް ފެން އަޅައިގެން ރަނގަޅަށް ކައްކާށެވެ. މިއީ އަވަން ތެރޭގައި އާވި އުފެއްދުމަށް ބޭނުންކުރާ ފެނެވެ.
3 – މެދު ސައިޒުގެ ބޯތަށްޓެއްގައި ލޮނު، ބޭކިންގް ޕައުޑަރު، ½ ތަށި ހަކުރު އަދި ފުށް އެއްކޮށްލާށެވެ.
4 – އީސްޓްގަނޑު ފޮނު އެރުމުން އޭގެ ތެރެއަށް ބަޓަރު، ބިހުގެ ދޮން އަދި ވެނީލާ އެސެންސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
5 – ފުށް ސާމާނުގެ ދެބައިކުޅަ އެއްބައި އީސްޓް މިކްސްޗަރަށް އަޅައި ސަމުސަލަކުން އެއްކުރާށެވެ.
6 – ބާކީ ހުރި ފުށްތައް އަޅައިގެން ގާތްގަނޑަކަށް 2 މިނެޓު ވަންދެން ފުށްގަނޑު މޮޑޭށެވެ. ފުށްގަނޑު އަތުގައި ނުހިފާ ވަރަށް އޮމާންވާން ޖެހޭނެއެވެ.
7 – ބޯތަށްޓެއްގައި ތެޔޮކޮޅެއް ހޭކުމަށްފަހު ފުށްގަނޑު ގުޅަކޮށްލައިފައި އޭގައި ބާއްވާށެވެ. އަދި ފޮތިގަނޑަކުން ނުވަތަ ޕްލާސްޓިކް ކަވަރަކުން ނިވާކޮށްލާށެވެ.
8 – ފުށްގަނޑު ބޭއްވި ބޯތަށި އަވަންގެ މަތީ ރެކުގައި ބަހައްޓާށެވެ. އަދި ތިރީ ރެކުގައި ތަބަކެއް ބެހެއްޓުމަށްފަހު، އޭގެ ތެރެއަށް ކެއްކި ހޫނު ފެން އަޅާށެވެ. އަވަންގެ ދޮރު ލައްޕާފައި 1 ގަޑިއިރު ވަންދެން ބަހައްޓާށެވެ.
9 – އެއްގަޑިއިރު ފަހުން ފުށްގަނޑު އޮންނާނީ ދެގުނައަށް ފުފިފައެވެ.
10 – ދެ ތަބަކެއްގައި ބޭކިންގް ޕޭޕަރު އަޅައި، އޭގައި ތެޔޮކޮޅެއް ހާކާލާށެވެ.
11 – ފުށްގަނޑު އަލުން މޮޑެލުމަށްފަހު، ފަތުރާލާށެވެ. ފުށްގަނޑުގެ ބޯމިން ހުންނަންވާނީ ގާތްގަނޑަކަށް ބައި އިންޗީގައެވެ.
12 – ޑޯނަޓް ކަޓަރަކުން ނުވަތަ ވަށް އެއްޗަކުން ބޭނުންވާ ސައިޒަށް ޑޯނަޓްތައް ކަނޑާށެވެ.
13 – ތައްޔާރުކުރި ތަބަކުގައި ޑޯނަޓްތައް އަތުރާލުމަށްފަހު، އަލުން ހޫނު ފެން ތަބަކާއެކު އަވަން ތެރޭގައި 45 މިނެޓު ވަންދެން ފުފެން ބަހައްޓާށެވެ.
14 – ތެޔޮގަނޑު ހޫނުކުރަން އުދާށެވެ. ތެލުގެ ހޫނުމިން ހުންނަންވާނީ 360-370 ޑިގްރީ ފަރެންހައިޓްގައެވެ.
15 – ތެޔޮ ހޫނުވުމުން ޑޯނަޓްތައް އަޅައިގެން ދެފުށް ރަން މުށިކުލަ އަރަންދެން ތެލުލާށެވެ. ކޮންމެ ފަރާތެއް 30-45 ސިކުންތު ތެލުލުމުން ފުދޭނެއެވެ.
16 – ތެލުން ނެގުމަށްފަހު، ހޫނުކަން ހުއްޓާ ހަކުރު ތަށީގެ ތެރެއަށް ލައި ހަކުރު ހާކާށެވެ.
17 – ޑޯނަޓްތައް ހިނދިލުމުން، ޑޯނަޓްގެ އަރިމަތިން ލޯވަޅެއް އަޅައި، އެތެރޭގައި ޖާގަ ހަދާށެވެ.
18 – ނަޓެއްލާ ކޮޅަކަށް ލައިގެން ޑޯނަޓްގެ އެތެރެއަށް ނަޓެއްލާ ފުރާލާށެވެ.
19 – މިހާރު މިވަނީ މީރު ނަޓެއްލާ ޑޯނަޓް ތައްޔާރުވެފައެވެ. ހޫނުކޮށް ހުއްޓާ ކާލަން މާ މީރުވާނެއެވެ.
