ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އދ. ކުނބުރުދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

ރާއްޖެ ޖޫނިއާރ ވޮލީބޯޅަ މުބާރާތް 2026 ގެ 16 އަހަރުން ދަށުގެ އަންހެންބައިގެ އަތޮޅު ކެޓަގަރީގެ ޗެމްޕިއަންކަން އދ. ކުނބުރުދޫ ސްކޫލް ހޯދައިފިއެވެ. ކުނބުރުދޫ ސްކޫލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި ވ. ކެޔޮދޫ ސްކޫލް ސީދާ ތިން ސެޓުން ބަލިކޮށެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ އިއްޔެ ހަވީރު އެވެ.

މި މެޗުގެ ފުރަތަމަ ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ ކެޔޮދޫ ނަމަވެސް، ކުނބުރުދޫން ވަނީ ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި 10-10 އިން ނަތީޖާ ހަމަހަމަކޮށްފައެވެ. ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް ކުނބުރުދޫން ނެގި ލީޑުގައި އެ ޓީމުން ހިފަހައްޓާލިއެވެ. އަދި ފަސޭހަކަމާއިއެކު ލީޑު ފުޅާކޮށް 25-18 އިން ސެޓް ކާމިޔާބު ކުރިއެވެ.

ދެވަނަ ސެޓް ވެސް ފަށައިގެން ރަނގަޅަށް ކުޅުނީ ކެޔޮދޫންނެވެ. އެ ޓީމުން ލީޑު ނަގައި ފަސޭހަކަމާއެކު ލީޑު ފުޅާ ވެސް ކޮށްލިއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ކުނބުރުދޫން 16-16 އިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ދެވަނަ ފަހަރަށް ކެޔޮދޫން ލީޑު ނަގައި ލީޑު ފުޅާކޮށްލިއެވެ. ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށް ކުނބުރުދޫން ސެޓް ގެންދިޔައީ ފަހަތުން އަރައި 25-21 އިންނެވެ.

ކުނބުރުދޫން ދެ ސެޓް ގެންދިއުމާއިއެކު މެޗުގެ ފޯރި އިތުރަށް ގަދަވިއެވެ. މެޗު ކާމިޔާބު ކުރުމަށްޓަކައި ހޯދަން މަޖުބޫރުވި ތިންވަނަ ސެޓާއި ކެޔޮދޫން ކުރުމަތިލީ އިތުރު ހިތްވަރަކާއިއެކުއެވެ. ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ނުކުތް ކުނބުރުދޫ ކުޅުންތެރިންގެ ފަރާތުން މި ސެޓްގައި ފެނުނީ އާދަޔާ ޚިލާފު ހިތްވަރެކެވެ. އިތުބާރާއި ޔަގީންކަމާއިއެކު ކުޅެމުންދިޔަ ކުނބުރުދޫން ސެޓް ފެށިގޮތަށް ލީޑު ނަގައި 7-1 އަށް ލީޑު ފުޅާކޮށްލިއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ކެޔޮދޫން މަސައްކަތްތަކެއް ކުރި ނަމަވެސް، މުބާރާތުގައި މިހާތަނަށް އެ ޓީމުން ދެއްކި މޮޅު ކުޅުން މި މެޗުގައި ދެއްކޭ ގޮތެއް ނުވިއެވެ. ފަސޭހަކަމާއިއެކު ތިންވަނަ ސެޓް ކުނބުރުދޫން ކާމިޔާބުކުރިއިރު ކެޔޮދޫއަށް ހޯދުނީ 14 ޕޮއިންޓެވެ.

މިވެސް ކިޔާލަން:  ސެރެބްރަލް ޕަލްސީ

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުނބުރުދޫ ސްކޫލްގެ ޖޯޒީ ނަންބަރު 17 އާއިޝަތު މިޝްގާ އަލީ އެވެ.

6
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top