ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޮބީ ޑިއޯލްގެ “އާޝްރަމް 4 ” ގެ ޝޫޓިން ފަށައިފި
ގޫގަލް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ބޮބީ ޑިއޯލްގެ ވަރުގަދަ އެކްޓިންއެއް ފެނިގެންދިޔަ ކާމިޔާބު ވެބް ސީރީޒް “އާޝްރަމް” ގެ ހަތަރުވަނަ ސީޒަންގެ ޝޫޓިން ރަސްމީކޮށް ފަށައިފިއެވެ.

މިކަން ހާމަކޮށް މި ސީރީޒް އުފައްދާ ޕްރަކާޝް ޖާ ޕްރޮޑަކްޝަންސްގެ އިންސްޓަގްރާމް އެކައުންޓުގައި ވަނީ ކްލެޕާބޯޑުގެ ފޮޓޯއަކާއެކު ޕޯސްޓެއް ހިއްސާކޮށްފައެވެ. އެ ޕޯސްޓުގައި “އާޝްރަމްގެ އާ ބާބަކަށް މަރުހަބާ، ޖަޕްނާމް” ޖެހުމަށްފަހު، “އާޝްރަމް 4” ގެ ޝޫޓިން މިހާރު ކުރިއަށްދާކަން ވަނީ އިޢުލާނުކޮށްފައެވެ.

ކުރީގެ ސީޒަންތަކެކޭ އެއްފަދައިން، މި އާ ސީޒަންގައިވެސް ބޮބީ ޑިއޯލް ފެނިގެންދާނީ މައިގަނޑު ކެރެކްޓަރު “ބާބާ ނިރާލާ” ގެ ރޯލުންނެވެ. އަދި މި ސީރީޒް ސްޓްރީމް ކުރުމަށް ހަމަޖެހިފައިވަނީ އެމްއެކްސް ޕްލޭޔާ މެދުވެރިކޮށެވެ.

މި ސީޒަނުންވެސް ކުރީގެ މުހިންމު ތަރިންތައް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ޕައްމީގެ ރޯލުން ފެންނަ އާދިތީ ޕޮހަންކަރާއި، ބޯޕާ ސްވާމީގެ ރޯލުން ފެންނަ ޗަންދަން ރޯއި ސަންޔާލް ހިމެނެއެވެ. މީގެ އިތުރުން ދަރްޝަން ކުމާރު، އަދްޔަޔަން ސުމަން، އަނުޕްރިޔާ ގޯއެންކާ، އީޝާ ގުޕްތާ އަދި ތުރިދާ ޗައުދަރީ ވެސް މި ސީޒަނުން ފެނިގެންދާނެއެވެ.

މަޝްހޫރު ޑައިރެކްޓަރު ޕްރަކާޝް ޖާ ޑައިރެކްޓްކޮށްފައިވާ “އާޝްރަމް” އަކީ ދީނީ ކަންކަމަށް އޮންނަ ކަނު އިތުބާރާއި، ސިޔާސީ ނުފޫޒާއި ކުށްތައް ބޭނުންކޮށްގެން އަމިއްލަ ސަލްތަނަތެއް ބިނާކުރާ ދީނީ ލީޑަރެއް ކަމަށް ދަޢުވާކުރާ މީހެއްގެ ވާހަކަ ދައްކުވައިދޭ ޑްރާމާ ސީރީޒެކެވެ.

މި ސީރީޒްގެ ފުރަތަމަ ސީޒަން އޮގަސްޓް 2020 ގައި ރިލީޒްކުރިއިރު، ދެވަނަ ސީޒަން ނެރެފައިވަނީ ނޮވެމްބަރު 2020 ގައެވެ. އަދި އެންމެ ފަހުން ނެރުނު ތިންވަނަ ސީޒަން ދައްކާފައިވަނީ ޖޫން 2022 ގައެވެ. ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މި ސީރީޒްގެ ހަތަރުވަނަ ސީޒަނަށް ގިނަ ބަޔަކު މިހާރުވެސް އަންނަނީ އިންތިޒާރު ކުރަމުންނެވެ.

މިވެސް ކިޔާލަން:  ނޫނު ޒޯންގެ ޗެމްޕިއަންކަން ވެލާ ހޯދައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top