ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބްރަހްމަސްތުރާ 2 ” ގައި ދީޕިކާ ޕަޑުކޯން؟
ގޫގަލް

ބޮލީވުޑްގެ މަޝްހޫރު ފިލްމު “ބްރަހްމަސްތުރާ” ގެ ދެވަނަ ބައިން ބަތަލާ ދީޕިކާ ޕަޑުކޯން ފެނިގެންދާނެ ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ ޓީމުން ދޮގުކޮށްފިއެވެ.

މި ފަހަކަށް އައިސް މީޑިއާތަކުގައި ދައުރުވަމުންދިޔަ ރިޕޯޓްތަކާ ގުޅިގެން، ދީޕިކާގެ ތަރުޖަމާނު ބުނީ “ދީޕިކާ ޕަޑުކޯން “ބްރަހްމަސްތުރާ 2″ ގައި ބައިވެރިވާ ކަމަށް ނުވަތަ އެ ޕްރޮޖެކްޓާ އެއްވެސް ގޮތަކުން ގުޅުން ހުރި ކަމަށް ބުނެ ފެތުރެމުންދާ ހުރިހާ ޚަބަރުތަކަކީ ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް” ކަމަށެވެ. މިއާއެކު މި ފިލްމުގައި ދީޕިކާ މުހިންމު ރޯލަކުން ފެންނާނެ ކަމަށް ކުރެވެމުންދިޔަ އިންތިޒާރަށް ވަނީ ނިމުމެއް އައިސްފައެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރާ މި ފެންޓަސީ އެޑްވެންޗާ ފްރެންޗައިޒްގެ ފުރަތަމަ ބައި، “ބްރަހްމަސްތުރާ: ޕާޓް ވަން – ޝިވާ” ރިލީޒްކުރީ 9 ސެޕްޓެމްބަރު 2022 ގައެވެ. ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް މުހިންމު ރޯލުތައް ކުޅުނު މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 400 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ހޯދާފައެވެ. މި ފިލްމުގައި އަމީތާބް ބައްޗަން، ނާގުރްޖުނާ، މޯނީ ރޯއި އަދި ޚާއްސަ ފެނިލުމެއްގައި ޝާހްރުކް ޚާން ވެސް ބައިވެރިވިއެވެ.

ޑައިރެކްޓަރު އަޔާން ވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު، ކުރިއަށް އޮތް ބައިތައް ފުރަތަމަ ބަޔަށްވުރެ މާ ފުރިހަމަ އަދި ވަރުގަދަ ވާނެ ކަމަށް އިއުލާނުކޮށްފައެވެ. އަދި ފިލްމުގެ ލީޑް އެކްޓަރު ރަންބީރު ކަޕޫރު ވެސް ވަނީ ފިލްމުގެ ދެވަނަ ބައިގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން ހާމަކޮށްފައެވެ.

މިވެސް ކިޔާލަން:  އޭ މެރޭ ހަމްސަފަރް، އެކް ޒަރާ އިންތިޒާރް – ދިވެހި މާނަ

ރަންބީރު ހާމަކުރި ގޮތުގައި އަޔާން މިހާރު މަސައްކަތް ކުރަމުންދަނީ “ވޯރ 2” ގައެވެ. އަދި އަންނަ އަހަރުގެ މެދުތެރޭގައި އެ ފިލްމުގެ މަސައްކަތް ނިންމުމަށްފަހު، އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ އޭގެ އަނެއް އަހަރުގެ ކުރީކޮޅު “ބްރަހްމަސްތުރާ 2” ގެ ޝޫޓިން ފެށުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން ފުރަތަމަ ފިލްމަށް އާންމުންގެ ފަރާތުން ލިބުނު ފާޑުކިޔުންތައް، ޚާއްސަކޮށް ޑައިލޮގްތަކާއި ޝިވާ އަދި އިޝާގެ ކެމިސްޓްރީއާ ގުޅޭގޮތުން ދެއްކި ވާހަކަތައް ބަލައިގަނެ، ދެވަނަ ބައިގައި އެ ކަންކަން ރަނގަޅު ކުރުމަށް ސަމާލުކަން ދޭނެ ކަމަށް ވެސް ރަންބީރު ބުނެފައިވެއެވެ.

“ބްރަހްމަސްތުރާ 2” ގައި ދީޕިކާ ބައިވެރިނުވި ނަމަވެސް، އޭނާގެ އަތުގައި މިހާރު ވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާންއާއެކު ކުޅޭ “ކިންގް” އަދި ތެލުގޫ ތަރި އައްލޫ އަރްޖުންގެ ކުރިއަށް އޮތް ފިލްމު “ރާކާ” ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top