ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ރޭސް” ފްރެންޗައިޒް އަލުން ފަށަނީ
ޕިންކްވިލާ

ބޮލީވުޑްގެ މަޝްހޫރު އެކްޝަން-ތުރިލާ ފްރެންޗައިޒް “ރޭސް” އަލުން އާ ފޯމެޓެއްގައި (ރީބޫޓް) ބެލުންތެރިންނާ ހަމައަށް ގެނައުމުގެ މަސައްކަތް ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ފަށައިފިއެވެ.

މަޝްހޫރު މީޑިއާ ރިޕޯޓް “ޕިންކްވިލާ” އިން ހާމަކޮށްފައިވާ ގޮތުގައި، މި އާ ފިލްމާ ގުޅޭގޮތުން ބޮލީވުޑްގެ ތަރި އާމިރު ޚާންގެ އިތުރުން ސިދާތު މަލޯތުރާ އަދި ޓައިގާ ޝްރޮފް އަންނަނީ ޕްރޮޑިއުސަރާއެކު މަޝްވަރާ ކުރަމުންނެވެ. މި ތިން ތަރިންނަށް ވެސް ފިލްމުގެ ވާހަކަ ކިޔައިދެވިފައިވާއިރު، އެ އެންމެންނަށް ވެސް ސްކްރިޕްޓް ވަރަށް ކަމުގޮސްފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މިކަމާ ގުޅުންހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، އާމިރު ޚާން މިހާރު އަންނަނީ ސްކްރިޕްޓް ލިޔުންތެރިންނާއެކު ފިލްމުގެ ވާހަކަ އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތުގައި ވަރަށް ގާތުން ބައިވެރިވަމުންނެވެ. އާމިރު ދެކޭގޮތުގައި މި ރީބޫޓާއެކު “ރޭސް” ފްރެންޗައިޒަށް މުޅިން އާ އަދި ތަފާތު ރަހައެއް ގެނެސްދެވޭނެއެވެ.

ފިލްމު އުފައްދާ ފަރާތްތަކުން ވިސްނަމުންދަނީ މީގެ ކުރިން އިންޑިއާގައި ނުފެންނަ ފަދަ ވަރުގަދަ އެކްޝަން ތުރިލާއެއްގެ ގޮތުގައި މި ފިލްމު ތައްޔާރުކުރުމަށެވެ. “ރޭސް” ފިލްމުތަކުން ފެންނަ ޓްވިސްޓުތަކާއި ސަސްޕެންސް ދަމަހައްޓަމުން، މުޅިން އާ ދުނިޔެއެއް މި ފިލްމުގެ ތެރެއިން ދައްކުވައިދިނުމަކީ ޕްރޮޑަކްޝަން ޓީމުގެ މައިގަނޑު އަމާޒެވެ.

މި ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާ އެވެ. އަދި ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ މިހާރު ވަނީ ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ރަސްމީކޮށް ފަށާފައެވެ.

އާމިރު ޚާން މިވަގުތު އަންނަނީ “ލަލްކާރާ” އަދި “3 އިޑިއަޓްސް 2” ގެ މަސައްކަތްތަކަށް ތައްޔާރުވަމުންނެވެ. އެހެންނަމަވެސް، ސްކްރިޕްޓް އޭނާ ބޭނުންވާ ފެންވަރަށް ނިމުމުން، ވަރުގަދަ ކާސްޓަކާއެކު އުފައްދާ “ރޭސް ރީބޫޓް” އިން އާމިރު ފެނިގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި ފިލްމުގެ ކާސްޓިންގ ރަސްމީކޮށް އިއުލާނުކުރާނީ ސްކްރިޕްޓްގެ ހުރިހާ މަސައްކަތެއް ނިމުމުން އެންމެ އެކަށޭނަ ވަގުތުގައެވެ.

މިވެސް ކިޔާލަން:  ރޯނާލްޑޯގެ ޕޯޗުގަލްއަށް ކޮންގޯ ކައިރިން މޮޅެއް ނުވެވުނު
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top