ދިވެހި ސިނަމާގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓުން ޓްރޮޕިކަލް ރެއިން އެންޓަރޓައިންމަންޓާ ގުޅިގެން ގެނެސްދޭ އާ ފިލްމު “މަގޭ ބިޓުގެ ވެޑިން” މިރޭ އޮލިމްޕަސް ސިނަމާގައި ޕްރެމިއަރ ކުރުމަށް ތައްޔާރުވެއްޖެއެވެ.
މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ތަރިން ކަމަށްވާ ޝަރަފް އަބްދުﷲ، އަލަށް ތައާރަފުވާ ފާތިމަތު ރާޔާ އަބްދުﷲ، ޝާފިއު އިބްރާހީމް (ފުބޫ)، ޝީލާ ނަޖީބް އަދި އަޙްމަދު ސަޢީދެވެ. މިހާތަނަށް އާންމުކޮށްފައިވާ ފިލްމުގެ ޓްރެއިލަރތަކާއި ޕޯސްޓަރުތަކުން ފެންނަ ގޮތުގައި، މި ފަންނާނުންގެ ފަރާތުން މަޖާ މަންޒަރުތަކެއް ފެނިގެންދާނެއެވެ. މީގެއިތުރުން ހާޒިފް މުހައްމަދު، އާމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝާން ވެސް މި ފިލްމުގައި މުހިންމު ދައުރެއް އަދާކުރެއެވެ.
މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދުގެ މި ޕްރޮޑަކްޝަންގައި، ޕްރޮޑިއުސަރެއްގެ ގޮތުގައި ކައިލީން މުހައްމަދު އަލީ ވެސް ވަނީ ބައިވެރިވެފައެވެ.
މި ފިލްމުގެ ޓިކެޓު އޮލިމްޕަސް ކައުންޓަރުން މިހާރު ވިއްކަމުން އަންނައިރު، ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން މަޢުލޫމާތު ދެއެވެ.
ފިލްމުގެ ޓިކެޓު ބުކްކުރުމަށް އެ ޕްރޮޑަކްޝަންގެ ހޮޓްލައިން ނަންބަރު 9911229 އަށް ގުޅުމުން ޓިކެޓް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ކޮމެޑީ އަދި ރޮމޭންޓިކް ރަހަތަކެއް އެކުލެވޭ މި ފިލްމަކީ ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ އެއް ދިވެހި ފިލްމެވެ.
އާއްމުކޮށްފައިވާ ކާސްޓުންގެ އިންޓަވިއުތަކުން ވެސް މި ފިލްމަކީ މަޖާ އަދި ހިތްގައިމު ފިލްމަކަށް ވެގެންދާނެކަމަށް ބެލެވެއެވެ. ހުރިހައި ކާސްޓުންގެ އިންޓަވިއުތައް ބަލައިލާށެވެ.
@muniavas MBW Full Cast Interviews @darkrainent @shielanajeeb @actorsaeid @shahoo900 @fubufubiano @aminathnoora #MBW ♬ original sound – MUNIAVAS
