ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޕީނަޓް ބަޓަރުން ލޭގެ ހަކުރަށް ކުރާ އަސަރު

ޕީނަޓް ބަޓަރަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން، ފެޓް އަދި ފައިބަރު އެކުލެވޭ އެއްޗެކެވެ. މިއީ ލޭގެ ހަކުރުގެ މިންވަރަށް ބަދަލުތަކެއް ގެނުވާ މާއްދާތަކެކެވެ.

ކާނާއާ ބެހޭ މާހިރުން (ޑައިޓީޝަނުން) ‘ޕެރޭޑް’ މަޖައްލާއަށް ކިޔައިދީފައިވާ ގޮތުގައި، ޕީނަޓް ބަޓަރު ކެއުމުން ހަށިގަނޑަށް ވަނީ ކިހިނެއްކަމާއި، އެންމެ ރަނގަޅު ވައްތަރު އިޚްތިޔާރު ކުރާނީ ކިހިނެއްކަން ތިރީގައި ބަޔާންކުރަމެވެ.

ލޭގެ ހަކުރު މާބޮޑަށް މައްޗެއް ނުވޭ
ކާނާއާ ބެހޭ މާހިރުން ކަމަށްވާ މެގީ މިކަލްޗިކް އަދި ތާރާ ސްޕިސަކް ވިދާޅުވާ ގޮތުގައި، ޕީނަޓް ބަޓަރު ކެއުމުން ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށް ދިއުމަކީ އާންމުކޮށް ވާކަމެއް ނޫނެވެ. މީގެ އެއް ސަބަބަކީ އޭގައި ކާބޯހައިޑްރޭޓްސް ހުންނަ މިންވަރު ނިސްބަތުން މަދުވުމެވެ.

ޕްރޮޓީންގެ ސަބަބުން ހަކުރު ދަމައިގަންނަ މިންވަރު ލަސްވޭ
ޕީނަޓް ބަޓަރުގައި ހުންނަ ޕްރޮޓީންގެ ސަބަބުން، ހަށިގަނޑަށް ކާބޯހައިޑްރޭޓްސް ދަމައިގަންނަ ދުވެލި ލަސްކޮށްދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ލޭގެ ތެރެއަށް ގުލްކޯޒް ދޫކުރާ މިންވަރު މަޑުމަޑުން ހަމަހަމަކޮށް ހިފަހައްޓައިދެއެވެ.

ލޭގެ ހަކުރަށް އެންމެ ބޮޑަށް އަސަރުކުރަނީ ކާބޯހައިޑްރޭޓްސްއިން
ކެއުމަކަށް ފަހު ލޭގެ ހަކުރަށް އެންމެ ބޮޑު ބަދަލެއް ގެންނަނީ ކާބޯހައިޑްރޭޓްސްއެވެ. ޕީނަޓް ބަޓަރުގައި ކާބޯހައިޑްރޭޓްސް މަދުވުމުން، އޭގެ ސަބަބުން ލޭގެ ހަކުރަށް ކުރާ އަސަރު ނިސްބަތުން ކުޑައެވެ.

ހަކުރު ނާޅާ ހުންނަ ޕީނަޓް ބަޓަރުގެ ‘ގްލައިސީމިކް އިންޑެކްސް’ ދަށް
ހަކުރު ނާޅާ ތައްޔާރުކޮށްފައި ހުންނަ ޕީނަޓް ބަޓަރުގެ ގްލައިސީމިކް އިންޑެކްސްއަކީ 25 އެވެ. މިއީ ލޭގެ ހަކުރު މައްޗަށް ނުދާ ކާނާގެ ތެރޭގައި ހިމެނޭ ވަރަށް ދަށް މިންވަރެކެވެ.

މިވެސް ކިޔާލަން:  ޕީނަޓް ބަޓަރު ކަންތަ؟ ނުކާނަމަ އަވަހަށް ކާން ފަށާ

ހަޖަމުކުރުން ލަސްކޮށްދޭ
ޕީނަޓް ބަޓަރުގައި ހުންނަ ފެޓް ނުވަތަ ސަރުބީގެ ސަބަބުން، މައިދާއިން ކާނާ ހުސްވެގެން ކުޑަ ގޮހޮރަށް ދާ ދުވެލި ލަސްކޮށްދެއެވެ. މީގެ ސަބަބުން ލޭގެ ހަކުރު މައްޗަށް ދާނީ ވަރަށް މަޑުމަޑުންނެވެ.

ފައިބަރުގެ ސަބަބުން ހަކުރު ހަމަހިފަހައްޓައިދޭ
ފައިބަރަކީ ވެސް ހަޖަމުކުރުމާއި ކާބޯހައިޑްރޭޓްސް ދަމައިގަންނަ މިންވަރު ލަސްކޮށްދޭ މާއްދާއެކެވެ. ފެޓް އަދި ޕްރޮޓީންއާ އެކު ފައިބަރު މަސައްކަތް ކުރުމުން، ލޭގެ ހަކުރު އެއްވަރެއްގައި ހިފަހައްޓަން އެހީތެރިވެދެއެވެ.

ބަނޑުފުރިފައި ހުންނަ އިހުސާސް ކޮށްދޭ
ޕީނަޓް ބަޓަރުގައި ހުންނަ ފެޓް އަދި ފައިބަރުގެ ސަބަބުން، އެ ކެއުމުން ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް ގިނަވަގުތަށް ދެމިގެންދެއެވެ.

ކާބޯހައިޑްރޭޓްސްއާ އެކު ބޭނުންކުރެވިދާނެ
ކާނާއާ ބެހޭ މާހިރުން ލަފާދެއްވަނީ ކާބޯހައިޑްރޭޓްސް ގިނަ ކާނާ ބޭނުންކުރާއިރު، ޕްރޮޓީން، ފައިބަރު އަދި ފެޓް އެކުލެވޭ އެއްޗަކާ އެކު ބޭނުންކުރުމަށެވެ. ޕީނަޓް ބަޓަރުގައި މި ތިން މާއްދާ ވެސް ގުދުރަތީ ގޮތުން ހިމެނެއެވެ.

ޕާން ފޮއްޗަކާ އެކު ކެއުމުން ލޭގެ ހަކުރަށް ކުރާ އަސަރު ތަފާތު
ހަކުރު ބަލި ހުންނަ މީހުން ޕާން ފޮއްޗެއް ކާއިރު ޕީނަޓް ބަޓަރު ބޭނުންކުރުމުން، ހުސް ޕާން ފޮއްޗެއް ކެއުމުން ލޭގެ ހަކުރު މައްޗަށްދާ ވަރަށް ވުރެ ކުޑަ މިންވަރަކަށް ހަކުރު މައްޗަށްދާނެއެވެ.

ހަކުރު ބަލި ހުންނަ މީހުންނަށް އެކަށީގެންވާ ކާނާއެއް
ޕީނަޓް ބަޓަރުގެ ސަބަބުން ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށް ނުދާތީ، މިއީ ހަކުރު ބަލި ހުންނަ މީހުންގެ ކެއުމުގައި ހިމެނިދާނެ ރަނގަޅު އެއްޗެއް ކަމަށް މާހިރުން ވިދާޅުވެއެވެ.

މިވެސް ކިޔާލަން:  ޕީނަޓް ބަޓަރު ކަންތަ؟ ނުކާނަމަ އަވަހަށް ކާން ފަށާ

މިންވަރަށް ސަމާލުވުން މުހިންމު
ޕީނަޓް ބަޓަރުގައި ފެޓް އަދި ކެލޮރީ ގިނަ ކަމުން، ހަކުރު ބަލި ހުންނަ މީހުން މިއީ ކިހާ މިންވަރަކަށް ކެވޭ އެއްޗެއްތޯ ބަލަންވާނެއެވެ.

އާންމު މިންވަރަކީ ދެ ސައިސަމުސާ
އާންމުކޮށް އެއްފަހަރާ ކެއުމަށް ރަނގަޅު މިންވަރަކީ ދެ ސައިސަމުސަލެވެ. މީގައި ގާތްގަނޑަކަށް 200 ކެލޮރީ ހުރެއެވެ.

ޕެކެޓުގައިވާ މައުލޫމާތު ކިޔުން
ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށްޓަކައި، ޕީނަޓް ބަޓަރު ގަންނައިރު އޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަދަންތޯއާއި އިތުރު އެއްޗެހި މަދުން ހިމެނޭ ބްރޭންޑެއް އިޚްތިޔާރު ކުރުމަށް މާހިރުން ލަފާދެއްވައެވެ.

އިތުރަށް އަޅާފައި ހުންނަ ހަކުރުގެ ސަބަބުން ތަފާތުވެދާނެ
ހަކުރު ނުވަތަ މާމުއި އަޅާފައި ހުންނަ ޕީނަޓް ބަޓަރު ބޭނުންކުރުމުން ލޭގެ ހަކުރު މައްޗަށް ދާލެއް އަވަސްވާނެއެވެ. ނަމަވެސް، އާންމުކޮށް މިފަދަ ބާވަތްތަކުގައި ވެސް އެއް ފަހަރު ކެއުމަށް ބޭނުންކުރާ މިންވަރުގައި ހުންނަނީ ގާތްގަނޑަކަށް ތިން ގްރާމް ހަކުރެވެ.

ފެޓް މަދުކޮށްފައި ހުންނަ ވައްތަރުތައް ބޭނުންކުރުން ރަނގަޅެއް ނޫން
‘ރެޑިއުސްޑް ފެޓް’ ނުވަތަ ސަރުބީ މަދުކޮށްފައި ހުންނަ ޕީނަޓް ބަޓަރު ބޭނުންކުރުމަށް މާހިރުން ލަފައެއް ނުދެއްވައެވެ. ސަބަބަކީ އޭގައި ހުންނަ ފެޓަކީ ބަނޑުފުރިފައި ހުންނަ އިހުސާސް ކޮށްދިނުމަށާއި، ކާބޯހައިޑްރޭޓްސްގެ ބަދަލުގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ހަމަހަމަކޮށްދޭ މާއްދާއަކަށް ވާތީއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top