ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދެވި” ފިލްމުގެ ޓިކެޓް ބާރަށް ވިކެމުން ދަނީ!

– ފިލްމު “ދެވި” ރިލީޒްކުރަނީ 26 ސެޕްޓެމްބަރު 2026 ގައި

ދިވެހި ފިލްމީ ދާއިރާގެ މަޤްބޫލު ސްޕަރސްޓާރު މަރިޔަމް އައްޒަ ޕްރޮޑިއުސަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ނުކުންނަ ބިރުވެރި ފިލްމު “ދެވި” ގެ ޓިކެޓް، އޮލިމްޕަސް ޓިކެޓް ކައުންޓަރުން ވަރަށް ފޯރިއާއެކު ބާރު ސްޕީޑެއްގައި ވިކެމުން އެބަދެއެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މި ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު، ޓިކެޓް ގަތުމަށްޓަކައި އޮލިމްޕަސް ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ކިއު ހަދާލާފައިވާ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓް އޮންލައިންކޮށް ބުކް ކުރުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން 7424544 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އޮންލައިންކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ.

މި ފިލްމު ރިލީޒްކުރުމުގެ ކުރިން ފިލްމު ދައްކައިލި ބައެއް މީހުންގެ ތެރެއިން ފިލްމު ބެލި ރާއްޖޭގެ މަޝްހޫރު ސްކްރީން ރައިޓަރު މަހްދީ އަހްމަދު ބުނެފައިވަނީ، “ދެވި” އަކީ ދިވެހި ސިނަމާ އާ އުސްމިންތަކަކަށް ގެންގޮސްދިން މޮޅު ބިރުވެރި ފިލްމެއް ކަމަށެވެ. މީގެ ކުރިން ދިވެހި ފިލްމުތަކުން އާންމުކޮށް ފެންނަ ބިރުވެރި ކަންކަމާ ޚިލާފަށް، މި ފިލްމުގައި ބިރުވެރި ހާދިސާތައް ގެނެސްދީފައިވަނީ ވަރަށް ތަފާތު އަދި ފުރިހަމަ ގޮތެއްގައި ކަމަށް މަހްދީ ފާހަގަކުރިއެވެ. ވަކީން ޚާއްޞަކޮށް، ފިލްމުގައި އައްޒަގެ ޑަބަލް ރޯލު ދައްކުވައިދީފައިވާ ގޮތް ވަރަށް ފުރިހަމަ ކަމަށާއި، މިއީ ޑަބަލް ރޯލެއްގެ ބަދަލުގައި ހަމަ އެއް ވައްތަރުގެ ދެމީހުން ހިމަނައިގެން ކުޅެފައިވާ މަންޒަރުތަކެކޭ ހީވާހާ މޮޅަށް ވީއެފްއެކްސްގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިވެސް ކިޔާލަން:  ”ކޮސް ގިނަ މިސްޓޭކް“ގެ ތަރިންތައް އިޢުލާނުކޮށްފި

ޔާރާ ޕްރޮޑަކްޝަންސްގެ “ދެވި” އަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު ގިނަ ތަރިންތަކެއް އެކުގައި ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން ލީޑް ރޯލުން ފެންނަ މަރިޔަމް އައްޒަގެ އިތުރުން ޝަރަފް ޢަބްދުﷲ، އަލަށް ތައާރަފުވާ ހަމްދާން ސަލީމް، މުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ނިމާލް، އަޙްމަދު ސަޢީދު، ރިޝްމީ ރަމީޒް، އާމިރާ އިސްމާޢީލް، އާމިނަތު ރަޝީދާ (އައިންތު)، އަޙްމަދު ރިޝްވާން، އަޙްމަދު އީސަ (އާނަންދު)، ޢާއިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) މި ފިލްމުން ފެނިގެންދާނެއެވެ.

ޢަބްދުﷲ މުއާޒް ޕްރޮޑަކްޝަން އަދި ވިޝާލް ޒަކީ އާ ގުޅިގެން ޔާރާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ މި ފިލްމަކީ ޙުސައިން ހާޒިމް (ސޭންޑީ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ ޙުސައިން ހާޒިމް (ސޭންޑީ) އަދި ޝަހުދާ މަހުމޫދު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top