ދީނީ ސުވާލެއް އޮތީތަ؟
މުނިފޫހިފިލުވުން
ޖަބް ކޮއީ ޕިޔާރް ސޭ ބުލާޔެގާ – ދިމާނަ
މުނިއަވަސް ގްރެފިކްސް

ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅަށް އައިއިރު އިބްރާހީމް ރަމީޒާއި ރާފިޔަތު ރަމީޒާގެ އަޑުން ކިޔައިދީ، ދިވެހީންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ “ރުހުމުގާ ކާކުހޭ ބަލާލަނީ” ހަނދާން އެބަހުރި ދޯއެވެ. މިފަހަރު މި ގެނެސްދެނީ އޭގެ އޮރިޖިނަލް ހިންދީ ލަވަ “ޖަބް ކޮއީ ޕިޔާރް ސޭ ބުލާޔެގާ” އެވެ.

މިއީ އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރުން ކަމަށްވާ ނަދީމް-ޝްރަވަންގެ ޖޯޑުގެ ތެރެއިން ނަދީމް ސައިފީ ލަވަކިޔުމަށް ތައާރަފުވި އަލްބަމް “ސަޔޭޝާ” ގައި ހިމަނާފައިވާ ލަވައެކެވެ. މި އަލްބަމް ނެރުނީ 1994 ވަނަ އަހަރުއެވެ. އަލްކާ ޔަގްނިކް އާއި ނަދީމްގެ އަޑުން އިވިގެންދިޔަ މި އަލްބަމްގެ އެންމެ މަޤުބޫލުވީ މި ލަވައެވެ.

ނަދީމް-ޝްރަވަންގެ ޖޯޑުން މިއުޒިކް ތައްޔާރުކޮށްދިން މި ލަވައިގެ ޅެންވެރިޔަކީ ސަމީރު އެވެ. ނުވަދިހައިގެ ފިލްމީ ލަވަތަކުން ވެސް އިވިގެންދާ ފަދަ ރީތި މެލޮޑީއަކާއި ހިތްގައިމު މިއުޒިކްގެ އަސަރު މި ލަވައިންވެސް ވަރަށް ބޮޑަށް ފެނިގެންދެއެވެ.

އަލްކާ ޔަގްނިކްގެ ޖާދުވީ އަޑާއި، ނަދީމް ސައިފީގެ އިޙުސާސްތަކުން ފުރިގެންވާ އަޑު އެކުވެގެން، ލޯބިވެރިޔާގެ ހަނދާންތަކުން ދުރަށް ނުދެވިގެން އުޅޭ ހިތެއްގެ އިޙުސާސްތައް ސިފަކޮށްދޭ މި ލަވައަކީ 90 ގެ އަހަރުތަކުގެ ހިންދީ ލަވަތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މިއަދުވެސް ވަރަށް ފާހަގަކޮށްލެވޭ ރީތި ކްލެސިކް ލަވައެކެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

ޖަބް ކޮއީ ޕިޔާރް ސޭ ބުލާޔެގާ

ކޮންމެ މީހަކު ލޯބިން ގޮވާލި ކަމުގައި ވިޔަސް،

ޖަބް ކޮއީ ޕިޔާރް ސޭ ބުލާޔެގާ، ތުމްކޮ މޭރަ ޕިޔާރު ޔާދު އާޔެގާ

މިވެސް ކިޔާލަން:  ވަޤްތު ކަޓޭ ނެހީ ކަޓްތާ ހޭ – ދިމާނަ

ކޮންމެ މީހަކު ލޯބިން ގޮވާލި ކަމުގައި ވިޔަސް، ކަލާއަށް އަހަރެންގެ ލޯބި ހަނދާންވާނެއެވެ.

ޖަބް ކޮއީ ޕިޔާރް ސޭ ބުލާޔެގާ، ތުމްކޮ މޭރަ ޕިޔާރު ޔާދު އާޔެގާ

ކޮންމެ މީހަކު ލޯބިން ގޮވާލި ކަމުގައި ވިޔަސް، ކަލާއަށް އަހަރެންގެ ލޯބި ހަނދާންވާނެއެވެ.

ޖަބް ކޮއީ ތާރާ ޓިމް ޓިމާޔެގާ، މޭރަ އިންތެޒާރް ޔާދު އާޔެގާ

ތަރިއެއް ބަބުޅާލާ ކޮންމެ ހިނދަކު، އަހަރެން ކުރި އިންތިޒާރު މަތިން ހަނދާންވާނެއެވެ.

*****

މާނާ މުޖްސޭ ކުޗް ނެހީ ކަހޯގީ ތުމް، ބޭކަރާރީ ކަބް ތަލަކް ސަހޯގީ ތުމް

އަހަންނާ އެއްވެސް ވާހަކައެއް ނުދައްކާނެކަން އެނގެއެވެ. ނަމަވެސް މި ބޭޤަރާރުކަމުގައި ކަލާ ކެތްކުރާނީ ކިހާ ދުވަހަކު ހެއްޔެވެ؟

ޑޫބް ޖާޔޯގީ މެރޭ ޚަޔާލް މޭ، ޗޭން ނާ މިލޭގަ ކިސީ ހާލް މޭ

އަހަރެންގެ ޚިޔާލުތަކުގެ ތެރެއަށް ކަލާ ޣަރަޤުވާނެއެވެ. އަދި އެއްވެސް ހާލެއްގައި ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

ދަރްދު ދިލް ޖަބް ތުމްހޭ ސަތާޔެގާ

ހިތުގެ ރިހުން ކަލާއަށް އުނދަގޫކުރާ ކޮންމެ ފަހަރަކު،

ދަރްދު ދިލް ޖަބް ތުމްހޭ ސަތާޔެގާ، ތުމްކޮ މޭރަ ޕިޔާރް ޔާދު އާޔެގާ

ހިތުގެ ރިހުން ކަލާއަށް އުނދަގޫކުރާ ކޮންމެ ފަހަރަކު، ކަލާއަށް އަހަރެންގެ ލޯބި ހަނދާންވާނެއެވެ.

ޖަބް ކޮއީ ޕިޔާރް ސޭ ބުލާޔެގާ، ތުމްކޮ މޭރަ ޕިޔާރު ޔާދު އާޔެގާ

ކޮންމެ މީހަކު ލޯބިން ގޮވާލި ކަމުގައި ވިޔަސް، ކަލާއަށް އަހަރެންގެ ލޯބި ހަނދާންވާނެއެވެ.

*****

ތޭރީ ޔާދު އާޔީ އާނކް ބަރް ގަޔީ، އޭކް ޝާމް އޯރް ޔޫން ގުޒަރް ގަޔީ

މިވެސް ކިޔާލަން:  ޒިންދަގީ ބަން ގަޔޭ ހޯ ތުމް - ދިމާނަ

ކަލާގެ ހަނދާންތައް އައުމުން ލޯ ފެންކަޅިވެއްޖެއެވެ. އަދި އިތުރު ހަވީރެއް މިގޮތުގައި ފާއިތުވެ ހިނގައްޖެއެވެ.

ތޭރި އާސުއޯން ކި ޔޭ ނިޝާނިޔާން، ކޭސޭ މޭ ބުލާއޫން ވޯ ކަހާނިޔާން

ކަލާގެ ކަރުނައިގެ މި ނިޝާންތަކާއި، އެ ވާހަކަތައް އަހަރެން ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟

ކޯއީ ޚްވާބް ޖަބް ތުމްހޭ ރުލާޔެގާ

ހުވަފެނެއް ފެނިގެން ކަލާ ރޮއްވާލާ ކޮންމެ ފަހަރަކު،

ކޯއީ ޚްވާބް ޖަބް ތުމްހޭ ރުލާޔެގާ، ތުމްކޮ މޭރަ ޕިޔާރް ޔާދު އާޔެގާ

ހުވަފެނެއް ފެނިގެން ކަލާ ރޮއްވާލާ ކޮންމެ ފަހަރަކު، ކަލާއަށް އަހަރެންގެ ލޯބި ހަނދާންވާނެއެވެ.

ޖަބް ކޮއީ ޕިޔާރް ސޭ ބުލާޔެގާ، ތުމްކޮ މޭރަ ޕިޔާރު ޔާދު އާޔެގާ

ކޮންމެ މީހަކު ލޯބިން ގޮވާލި ކަމުގައި ވިޔަސް، ކަލާއަށް އަހަރެންގެ ލޯބި ހަނދާންވާނެއެވެ.

*****

ކިސްކެ ދިލް މޭ ހޯގީ އިތުނީ ޗާހަތޭން، ކޯން ދޭގާ ތުމްކޮ ޔޭ މުހައްބަތޭން

މިހާ ބޮޑު ލޯތްބެއް އޮންނާނީ އެހެން ކާކުގެ ހިތުގައި ހެއްޔެވެ؟ މިފަދަ ލޯތްބެއް ކަލާއަށް ދޭނީ ކާކު ހެއްޔެވެ؟

ކޯން ތުމްކޮ ޕަލްކޮ ޔޭ ބިޓާޔެގާ، ޗޯޓީ ޗޯޓީ ބާތޯން ޕޭ މަނާޔެގާ

ކަލާއަށް އެހާ މަތިވެރި ޤަދަރެއްދީ، ކުދިކުދި ކަންތައްތަކުގައި ކަލާ ރުއްސައިދޭނީ ކާކު ހެއްޔެވެ؟

ޖަބް ކޮއީ ތުމްކޮ ބީ ބުލާޔެގާ

އެހެން މީހަކު ކަލާގެ މަތިން ހަނދާން ނައްތާލާ ދުވަހު،

ޖަބް ކޮއީ ތުމްކޮ ބީ ބުލާޔެގާ، ތުމްކޮ މޭރަ ޕިޔާރް ޔާދު އާޔެގާ

މިވެސް ކިޔާލަން:  މޭ ދުނިޔާ ބުލާ ދޫންގާ - ދިމާނަ

އެހެން މީހަކު ކަލާގެ މަތިން ހަނދާން ނައްތާލާ ދުވަހު، ކަލާއަށް އަހަރެންގެ ލޯބި ހަނދާންވާނެއެވެ.

ޖަބް ކޮއީ ޕިޔާރް ސޭ ބުލާޔެގާ، ތުމްކޮ މޭރަ ޕިޔާރު ޔާދު އާޔެގާ

ކޮންމެ މީހަކު ލޯބިން ގޮވާލި ކަމުގައި ވިޔަސް، ކަލާއަށް އަހަރެންގެ ލޯބި ހަނދާންވާނެއެވެ.

ޖަބް ކޮއީ ތާރާ ޓިމް ޓިމާޔެގާ، މޭރަ އިންތެޒާރް ޔާދު އާޔެގާ

ތަރިއެއް ބަބުޅާލާ ކޮންމެ ހިނދަކު، އަހަރެން ކުރި އިންތިޒާރު މަތިން ހަނދާންވާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top