ޑީނޯ މޯރެއާ އާއި ބިޕާޝާ ބާސޫ ފެނިގެންދާ މި ލަވައަކީ 2002 ވަނަ އަހަރު ނުކުތް ކްރައިމް ޑްރާމާ ފިލްމު “ގުނާހް” ގެ އެންމެ މަޝްހޫރުވި ލަވައެވެ. ބޮކްސް އޮފީހުގައި މާ އެދެވޭ ކާމިޔާބެއް ނުހޯދުނު މި ފިލްމަކީ މުކޭޝް ބަޓް ޕްރޮޑިއުސްކޮށް މަހޭޝް ބަޓާއި ޕްރަނޭ ނާރަޔަންގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރި ފިލްމެކެވެ. ޑައިރެކްޓަރަކީ އަމޯލް ޝެޓްގޭ އެވެ.
މިއީ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު އާނަންދު ރާޖް އާނަންދުގެ މިއުޒިކަކަށް ޕްރަވީން ބަރްދުވާޖް ޅެން ތައްޔާރުކޮށްދީފައިވާ އަސަރުގަދަ ރޮމޭންޓިކް ލަވައެކެވެ.
ބާބުލް ސުޕްރިޔޯ އާއި އަލްކާ ޔަގްނިކްގެ ހިތްގައިމު އަޑުން މި ލަވައިގެ އިޙުސާސްތައް އެންމެ ފުރިހަމައަށް ގެނެސްދީފައިވާއިރު މަންޒަރުތަކުގެ ފުރިހަމަކަން ދައްކުވައިދިނުމުގައި ޑީނޯ މޯރެއާ އާއި ބިޕާޝާ ބާސޫގެ ވަރުގަދަ ކެމިސްޓްރީ މުހިންމު ރޯލެއް އަދާކުރިއެވެ.
ހިންދީ ލަވައާއި ދިވެހި މާނަ
ހަމްނޭ ތުމްކޯ ދިލް ޔޭ ދޭ ދިޔާ، ޔޭ ބިނާ ޕޫޗާ ކޯން ހޯ ތުމް
އަހަރެންގެ ހިތް ތިބާއަށް ހަދިޔާކުރީ ތިޔައީ ކާކުކަން އޮޅުންވެސް ނުފިލުވައެވެ.
ހަމްނޭ ތުމްކޯ ދިލް ޔޭ ދޭ ދިޔާ، ޔޭ ބިނާ ޕޫޗާ ކޯން ހޯ ތުމް
އަހަރެންގެ ހިތް ތިބާއަށް ހަދިޔާކުރީ ތިޔައީ ކާކުކަން އޮޅުންވެސް ނުފިލުވައެވެ.
ޔޭ ފައިސްލާ ޖޯ ދިލް ނޭ ކިޔާ، ޔޭ ފައިސްލާ ޖޯ ދިލް ނޭ ކިޔާ
މިއީ ހިތުން ނިންމި ނިންމުމެކެވެ. މިއީ ހިތުން ނިންމި ނިންމުމެކެވެ.
ޔޭ ފައިސަލާ ޖޯ ދިލް ނޭ ކިޔާ، ތޯ ޔޭ ބިނާ ސޯޗާ ކޯން ހޯ ތުމް
ހިތުން މިގޮތަށް ނިންމި ހިނދު، ތިޔައީ ކާކުކަމާ މެދު އެއްވެސް ފިކުރެއް ނުކުރަމެވެ.
ހަމްނޭ ތުމްކޯ ދިލް ޔޭ ދޭ ދިޔާ، ޔޭ ބިނާ ޕޫޗާ ކޯން ހޯ ތުމް
އަހަރެންގެ ހިތް ކަލާއަށް ހަދިޔާކުރީ ތިޔައީ ކާކުކަން އޮޅުންވެސް ނުފިލުވައެވެ.
*****
ދިލް ހޭ ކޭ މާންތާ ނަހީން، އިސް ދިލް ޕޭ ކިސްކާ ޒޯރް ހޭ
ހިތަކީ ގޮތްދޫކުރާ އެއްޗެއް ނޫނެވެ. މި ހިތުގެ މައްޗަށް ބާރުފޯރުވޭނީ ކާކަށް ހެއްޔެވެ؟
ތޭރީ އޯރް ކީންޗާ ޖާ ރަހާ ހޫން، ޖާނޭ ޔޭ ކައިސީ ޑޯރް ހޭ
ކަލާގެ ގާތަށް އަހަރެން ދަމައިގަންނަނީ ކޮންކަހަލަ ގުޅުމަކުން ކަމެއް ނޭނގެއެވެ.
ތުމްކޯ ހޭ ކުޗް ހޯ ގަޔާ، އާހޯން ޕޭ އާހޭން ބަރްތޭ ހޯ
ތިބާއަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ. ތިޔަ ކުރަނީ ފުން އަސަރުން ފުރިގެންވާ އާހުތަކެކެވެ.
ދީވާނޭ ހޯ ތުމް ދީވާނޭ، ދީވާނީ ބާތު ކަރްތޭ ހޯ
ތިޔައީ މޮޔައެކެވެ. ތިޔަ ދައްކަނީވެސް މޮޔަ ވާހަކަތަކެވެ.
ހަމް ތޯ ޗަލޯ، ހަމް ތޯ ޗަލޯ ދީވާނޭ ސަހީ، ޕަރް އަޕްނީ ބަތާއޯ ކޯން ހޯ ތުމް
އަހަރެން މޮޔަ ކަމަށް ބަލަމާ ހިނގާށެވެ. އެކަމަކު ކަލާއަކީ ކާކުކަން ބުނެދީބަލާށެވެ.
އަރެ ހަމްނޭ ތުމްކޯ ދިލް ޔޭ ދޭ ދިޔާ، ޔޭ ބިނާ ޕޫޗާ ކޯން ހޯ ތުމް
އަޅެ! އަހަރެންގެ ހިތް ތިބާއަށް ހަދިޔާކުރީ ތިޔައީ ކާކުކަން އޮޅުންވެސް ނުފިލުވައެވެ.
ޔޭ ފައިސްލާ ޖޯ ދިލް ނޭ ކިޔާ، ޔޭ ފައިސްލާ ޖޯ ދިލް ނޭ ކިޔާ
މިއީ ހިތުން ނިންމި ނިންމުމެކެވެ. މިއީ ހިތުން ނިންމި ނިންމުމެކެވެ.
ޔޭ ފައިސަލާ ޖޯ ދިލް ނޭ ކިޔާ، ތަބް ޔޭ ބިނާ ސޯޗާ ކޯން ހޯ ތުމް
ހިތުން މިގޮތަށް ނިންމި ހިނދު، ތިޔައީ ކާކުކަމާ މެދު އެއްވެސް ފިކުރެއް ނުކުރަމެވެ.
*****
ތުމްޕޭ ޔަކީން އާ ގަޔާ، ޔޭ ކެއިސާ އެއިތުބާރް ހޭ
ތިބާއަށް އިތުބާރު ކުރެވިއްޖެއެވެ. މިއީ ކޮންކަހަލަ އިތުބާރެއް ހެއްޔެވެ؟
ކިޔާ ހޭ ޔެ ދިލް ކީ ބޭބަސީ، ޔާ ނާމް އިސްކާ ޕިޔާރް ހޭ
މިއީ ހިތުގެ މަޖުބޫރުކަމެއް ހެއްޔެވެ؟ ނޫނީ މީގެ ނަމަކީ ލޯބި ހެއްޔެވެ؟
ޔޫނހީ ނެހީން ބޭޗޭން ހޫން، ޔޫނހީ ނެހީން ބޭތާބް ހޫން
އަހަރެންގެ ހިތް ނުތަނަވަސްވެ ކެތްތެރިކަން ކުޑަވެފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ.
ތުމްނޭ ދޭކާ ތާ ޖޯ ކަލް، މާނޯ ވަހީ މޭން ޚްވާބު ހޫން
ތިބާއަށް އިއްޔެ ފެނުނު ހުވަފެނަކީ ހަމަ އަހަރެން ކަމުގައި ޤަބޫލުކުރާށެވެ.
އާންކޯން ނޭ، އާންކޯން ނޭ އާންކޯން މޭން ދޭކް ކަރް، ޔޭ ޕެހެޗާނާ ކޯން ހޯ ތުމް
އަހަރެންގެ ދެލޮލުން ތިބާގެ ދެލޮލަށް ބަލައިލުމުން، ތިޔައީ ކާކުކަން ދެނެގަނެވިއްޖެއެވެ.
ހަމްނޭ ތުމްކޯ ދިލް ޔޭ ދޭ ދިޔާ، ޔޭ ބިނާ ޕޫޗާ ކޯން ހޯ ތުމް
އަހަރެންގެ ހިތް ކަލާއަށް ހަދިޔާކުރީ ތިޔައީ ކާކުކަން އޮޅުންވެސް ނުފިލުވައެވެ.
ޔޭ ފައިސްލާ ޖޯ ދިލް ނޭ ކިޔާ، ޔޭ ފައިސްލާ ޖޯ ދިލް ނޭ ކިޔާ
މިއީ ހިތުން ނިންމި ނިންމުމެކެވެ. މިއީ ހިތުން ނިންމި ނިންމުމެކެވެ.
ޔޭ ފައިސަލާ ޖޯ ދިލް ނޭ ކިޔާ، ތަބް ޔޭ ބިނާ ސޯޗާ ކޯން ހޯ ތުމް
ހިތުން މިގޮތަށް ނިންމި ހިނދު، ތިޔައީ ކާކުކަމާ މެދު އެއްވެސް ފިކުރެއް ނުކުރަމެވެ.
އަރެ ހަމްނޭ ތުމްކޯ ދިލް ޔޭ ދޭ ދިޔާ، ޔޭ ބިނާ ޕޫޗާ ކޯން ހޯ ތުމް
އަޅެ! އަހަރެންގެ ހިތް ކަލާއަށް ހަދިޔާކުރީ ތިޔައީ ކާކުކަން އޮޅުންވެސް ނުފިލުވައެވެ.
