ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހުރާ އާއި ޕޮލިސް ސެމީ ފައިނަލަށް ދަތުރުކޮށްފި
ހުރާ ކޮމިއުނިޓީ ކުލަބް / ވީއޭއެމް - އެފްބީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން އަންހެން ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ ވީއޭއެމް ކަޕް 2026 އަންހެން ޑިވިޝަންގެ ސެމީ ފައިނަލަށް ގުރޫޕް އޭ އިން ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބް ދަތުރުކޮށްފި އެވެ. ގުރޫޕް އޭގައި ހިމެނެނީ ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބް އަދި ސިޓީ ފްރެންޑްސް ކުލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން (ވީވައިއެންޖީ) އެވެ. ގުރޫޕް ސްޓޭޖްގެ މެޗުތައް ނިމުނުއިރު، މި ގުރޫޕްގެ އެއްވަނަ ހޯދީ ހުރާ ކޮމިއުނިޓީ އެވެ. ގުރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗު ކާމިޔާބުކޮށް 9 ޕޮއިންޓް އެ ޓީމުން ހޯދިއިރު، ޕޮލިސް ކުލަބް ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއިއެކު މި ގުރޫޕްގެ ދެވަނަ ހޯދާފަ އެވެ.

މި ގުރޫފްގެ މެޗުތަކަށް ބަލާލާއިރު:

މި ގުރޫޕްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުލަބް ވީވައިއެންޖީ އާއި ސިޓީ ފްރެންޑްސް އެވެ. ފަސޭހަކަމާއިއެކު ސީދާ ތިން ސެޓުން މި މެޗު ކާމިޔާބު ކުރީ ސިޓީ ފްރެންޑްސް އެވެ. މި މެޗުގެ ސެޓްތައް އެ ޓީމު ހޯދީ 25-21، 25-22 އަދި 25-21 އިން ނެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ޕޮލިސް ކުލަބާއި ހުރާ ކޮމިއުނިޓީ ކުލަބެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ހުރާ ކޮމިއުނިޓީ ކުލަބް ކާމިޔާބު ކުރީ 3 ސެޓް 1 ސެޓުން ނެވެ. މި މެޗުގެ ސެޓްތައް އެ ޓީމު ހޯދީ 25-14، 25-23 އަދި 25-23 އިން ނެވެ. މި މެޗުގެ ތިންވަނަ ސެޓް ޕޮލިސް ކުލަބް ހޯދީ 29-27 އިން ނެވެ.

މިވެސް ކިޔާލަން:  ވެމްކޯ އާއި އެމްޓީސީސީ ސެމީ ފައިނަލަށް ދަތުރުކޮށްފި

ތިންވަނަ މެޗުގައި ބައްދަލުކުރީ ހުރާ ކޮމިއުނިޓީ ކުލަބާއި ކުލަބް ވީވައިއެންޖީ އެވެ. މި މެޗު ހުރާ ކޮމިއުނިޓީ ކުލަބް ކާމިޔާބުކުރީ 3 ސެޓް 1 ސެޓުން ނެވެ. މި މެޗުގެ ސެޓްތައް ހުރާ ކޮމިއުނިޓީ ކުލަބް ހޯދީ 25-22، 25-17 އަދި 25-19 އިން ނެވެ. މި މެޗުގެ ފުރަތަމަ ސެޓް ކުލަބް ވީވައިއެންޖީ ހޯދީ 25-23 އިން ނެވެ.

ޕޮލިސް ކުލަބް / ފޮޓޯ: ވީއޭއެމް – އެފްބީ

ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ޕޮލިސް ކުލަބާއި ސިޓީ ފްރެންޑްސް ކުލަބެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޕޮލިސް ކުލަބެވެ. މި މެޗުގެ ސެޓްތައް ޕޮލިސް ކުލަބް ހޯދީ 26-24، 25-16 އަދި 25-23 އިން ނެވެ.

ފަސްވަނަ މެޗުގައި ބައްދަލުކުރީ ޕޮލިސް ކުލަބާއި ކުލަބް ވީވައިއެންޖީ އެވެ. މިއީ ދެ ޓީމުގެ ވެސް ފަހު މެޗެވެ. ސެމީ ފައިނަލްގެ ޖާގައެއް ހޯދުމަށްޓަކައި މޮޅުވާން ޕޮލިހަށް މަޖުބޫރުވި މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޕޮލިސް ކުލަބެވެ. މި މެޗުގެ ސެޓްތައް އެ ޓީމުން ހޯދީ 25-23، 25-11 އަދި 25-14 އިން ނެވެ.

ހަވަނަ މެޗުގައި ބައްދަލުކުރީ ހުރާ ކޮމިއުނިޓީ ކުލަބާއި ސިޓީ ފްރެންޑްސް ކުލަބެވެ. މިއީ މި ގުރޫޕްގެ ފަހު މެޗެވެ. އަދި މި ގުރޫޕުގެ ސެމީ ފައިނަލްގެ ދެވަނަ ޖާގަ ޔަގީންވާ މެޗެވެ. މި މެޗު ހުރާ ކޮމިއުނިޓީ ކުލަބް ކާމިޔާބުކުރީ 25-23، 25-18 އަދި 25-17 އިން ނެވެ. މި މެޗުގެ ތިންވަނަ ސެޓް ސިޓީ ފްރެންޑްސް ކުލަބް ކާމިޔާބުކުރީ 25-22 އިން ނެވެ.

މިވެސް ކިޔާލަން:  ގުރޫޕްގެ އެއްވަނަ ފެލިދޫން ހޯދައިފި

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުރިޔަށްދާ މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހުގެ ހަވަނަ ދުވަހު ހަވީރާއި ރޭގަނޑު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top