ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސެލެބްރިޓީ ޑާންސް ޝޯވ “ނަޗް ބަލިޔޭ” އަންނަނީ؟
ގޫގްލް

އިންޑިއާގެ ޓީވީ ސްކްރީންތަކުން ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ސެލެބްރިޓީ ޑާންސް ރިއަލިޓީ ޝޯވ “ނަޗް ބަލިޔޭ” އަލުން ދެއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވެރައިޓީ އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މި ސިލްސިލާ އަލުން ގެނައުމުގެ މަސައްކަތް ޕްރޮޑަކްޝަން ޓީމުން މިހާރު ދަނީ ކުރަމުންނެވެ. އެހެންނަމަވެސް، މި ޝޯވގެ އާ ސީޒަން ކުރިއަށްދާނެ ފޯމެޓާއި، ވާދަކުރާ ފަރާތްތަކާއި، ޖަޖުން އަދި ޝޯވ ދައްކަން ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ޝޯވގެ އެންމެ ފަހު ސީޒަނެއް ދައްކާފައިވަނީ 2019 ވަނަ އަހަރުއެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވަނީ، ޝޯވއާ ގުޅޭ ތަފްސީލުތައް އަދިވެސް އޮތީ ރޭވުމުގެ މަރުހަލާގައި ކަމަށެވެ. އަދި ޝޯވ ކުރިއަށްދާނެ ގޮތާއި، ބައިވެރިން އަދި އެހެނިހެން ކަންކަމާ ގުޅޭ އިތުރު މަޢުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ސާފުވެގެންދާނެ ކަމަށްވެސް އެފަރާތުން ވަނީ ހާމަކޮށްފައެވެ. މި ޝޯވ އަލުން ގެނައުމުގެ މަސައްކަތް ކުރަމުންދަނީ މި ޝޯވގެ އަސްލު ޕްރޮޑަކްޝަން ހައުސް ކަމަށްވާ “ސޯލް ޕްރޮޑަކްޝަންސް” އިންނެވެ.

އެންމެ ފުރަތަމަ 2005 ވަނަ އަހަރު ޕްރިމިއާ ކުރި “ނަޗް ބަލިޔޭ” އަކީ މަޝްހޫރު ތަރިންނާއި އެމީހުންގެ ބައިވެރިން އެކުގައި ނެށުމުގެ ހުނަރު ދައްކާލުމަށް ލިބުނު ވަރަށް ކާމިޔާބު ޕްލެޓްފޯމެކެވެ.

މި ޝޯވގެ ތާރީޚަށް ބަލާއިރު، އެންމެ ފުރަތަމަ ސީޒަން ކާމިޔާބުކުރީ ސަޗިން ޕިލްގާއޮންކަރު އަދި ސުޕްރިޔާ ޕިލްގާއޮންކަރެވެ. ދެވަނަ ސީޒަންގެ ތަށި ހުސައިން ކުވާޖަރވާލާ އަދި ޓީނާ ކުވާޖަރވާލާ އުފުލައިލިއިރު، ތިންވަނަ ސީޒަން ކާމިޔާބުކުރީ އާމިރު އަލީ އަދި ސަންޖީދާ ޝެއިޚްއެވެ.

މިވެސް ކިޔާލަން:  "ޚަތުރޯން ކޭ ކިލާޅީ" ގެ 15 ވަނަ ސީޒަންގެ ބައިވެރިންގެ ނަންތައް ހާމަކޮށްފި

މި ޝޯވގައި ފާއިތުވި އަހަރުތަކުގައި ބޮލީވުޑްގެ އެތައް މަޝްހޫރު ފަރާތްތަކަކުން ވަނީ ޖަޖުންގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ކުޅަދާނަ ކޮރިއޮގްރާފަރު މަރުހޫމާ ސަރޯޖް ޚާން، މަލައިކާ އަރޯރާ، ފަރާ ޚާން ޓެރެންސް ލުވިސް އަދި ޝިލްޕާ ޝެޓީ ކުންދުރާ ފަދަ ފަންނާނުން ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top