ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޕެހެލާ ޕިޔާރް ދޫސްރީ ބާރް” ގެ ޕޯސްޓަރުތައް ދައްކާލައިފި
ގޫގްލް

ޒުވާނުންގެ ލޯތްބާއި، އެކުވެރިކަމުގެ ގުޅުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ އާ ހިންދީ ފިލްމު “ޕެހެލާ ޕިޔާރް ދޫސްރީ ބާރް” ގެ ފުރަތަމަ ޕޯސްޓަރުތައް އާންމުކޮށް، ފިލްމު ރިލީޒްކުރާނެ ތާރީޚު އިޢުލާނުކޮށްފިއެވެ.

މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ އަނޫޖް ސައިނީ ޑައިރެކްޓްކޮށް، މަޝްހޫރު ޕްރޮޑިއުސަރު ލަވް ރަންޖަން އަދި އަންކުރް ގަރްގު ޕްރޮޑިއުސްކުރާ މަޖާ ރޮމޭންޓިކް ކޮމެޑީއެކެވެ. ފުރަތަމަ ލޯތްބާއި، ބަދަލުވަމުންދާ އެކުވެރިކަމުގެ އިތުރުން ލޯބީގައި ދެވަނަ ފުރުސަތު ހޯދުމުގައި ދިމާވާ މަޖާ ކަންތައްތަކެއް ފެނިގެންދާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 23 ގައެވެ.

މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ސްޕަރޝް ވަލިއާ، އަލީޝާ ޗޯޕްރާ، ކުނާލް ވައިދް، ސާކްޝީ ވައިދްޔާ، ތުޝާރު ޗިއްބަރ އަދި ސަރްގުން ކައުރް ލުތުރާއެވެ.

އާންމުކޮށްފައިވާ ޕޯސްޓަރުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ، ލޯބީގެ ގުޅުންތަކުގައި ހުންނަ “ރެޑް ފްލެގް” ނުވަތަ ނުރައްކާތެރި ސިފަތަކަށް އިޝާރާތްކޮށް މަޖާ ގޮތަކަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރަށެވެ. އެގޮތުން، އަލީޝާ ޗޯޕްރާ ވަނީ ސްޕަރޝް ވަލިއާގެ ގައިގައި “ކޯޝަން” (ސަމާލުވޭ) ޓޭޕް އޮޅާލާ މަންޒަރު ފެންނަ ޕޯސްޓަރެއް ހިމަނައިފައެވެ.

ލަވް ރަންޖަން، ޖަހާން ހާންޑާ އަދި ޑައިރެކްޓަރު އަނޫޖް ސައިނީ ގުޅިގެން ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމަކީ ޒުވާން ޖީލުގެ މެދުގައި ލޯބީގެ ކަންކަން ހިނގާ މަޖާ އަދި އެހާމެ ޖަޒުބާތީ ގޮތްތައް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެއް ކަމަށް މި ފިލްމުގެ ޓީމުން ބުނެއެވެ.

މިވެސް ކިޔާލަން:  ކާތިކްގެ "ބޫލް ބުލައްޔާ 2 " ރިލީޒްކުރާ ތާރީޚް މިއޮތީ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top