ދީނީ ސުވާލެއް އޮތީތަ؟
މުނިފޫހިފިލުވުން
“ޑޮކްޓަރ އެކްސް” : މެޑިކަލް ދާއިރާގެ ހަޤީޤަތް ހާމަކޮށްދޭ ސިލްސިލާއަށް ބޮޑު މަޤުބޫލުކަމެއް
ގޫގްލް

ނެޓްފްލިކްސްގެ ރޭންކިންގްގެ ކުރީގައި އުޅޭ، ބެލުންތެރިންގެ ސަމާލުކަން ހުއްޓިފައިވާ މި ސިލްސިލާއަކީ މެޑިކަލް ދާއިރާގެ ނިޒާމީ މައްސަލަތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވަރުގަދަ އުފެއްދުމެކެވެ. މީގައި މައިގަނޑު ރޯލުން ފެނިގެންދާ ކިމް ޖީ-ވޮންގެ މިނިވަން ސާޖަންގެ ކެރެކްޓަރއިން ފެންނަނީ ހޮސްޕިޓަލްތަކުގެ އިސް ފަންތީގެ ނުފޫޒުތަކާ ބިރުނުގަނެ ކުރިމަތިލާ މަންޒަރެވެ.

އެސް.ބީ.އެސް އިން ދައްކަމުންދާ “ޑޮކްޓަރ އެކްސް: މާފިއާ އިން ވައިޓް” އަކީ މެޑިކަލް ދާއިރާގައި ހިނގާ ނުރަނގަޅު އާދަތަކާއި ޢަމަލުތައް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދައްކުވައިދޭ ޑްރާމާއެކެވެ. މި ސިލްސިލާގައި ކިމް ޖީ-ވޮން އަދާކުރާ ކެރެކްޓަރއަކީ ހޮސްޕިޓަލްގެ ނުފޫޒުގަދަ ވެރިންނަށް ގޮންޖަހައި، ޤާބިލުކަން ކުޑަ ޑޮކްޓަރުންގެ ހަޤީޤަތް ހާމަކުރާ ކެރެކްޓަރެކެވެ.

ނީލްސަން ކޮރެއާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު 9 ގައި މި ސިލްސިލާ ފެށުނުއިރު ބެލުންތެރިންގެ ރޭޓިންގް ހުރީ 11.4 އިންސައްތައިގައެވެ. ނަމަވެސް ދެވަނަ އެޕިސޯޑާ ހަމައަށް އައިއިރު މިއަދަދު ވަނީ 14.9 އިންސައްތައަށް އުފުލިފައެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ގޮތުންވެސް ބޮޑު ކާމިޔާބީއެއް ހޯދައި، ނެޓްފްލިކްސްގެ ގްލޯބަލް ޗާޓުގެ އެއްވަނަ މަޤާމު މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައެވެ.

މި ސިލްސިލާގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ ކިމް ޖީ-ވޮން ކުޅޭ ގްޔޭ ސޫ-ޖޮންގެ ރޯލެވެ. އޭނާއަކީ އެހެން ޑޮކްޓަރުން ކުރާ ގޯސް ކަންކަން ފާޅުގައި ބުނެދޭން ޖެހިލުންނުވާ ޑޮކްޓަރެކެވެ. ގްޔޭއަކީ މެޑިކަލް އެޖެންސީއެއްގެ ދަށުން މަސައްކަތްކުރާ ފްރީލާންސް ސާޖަންއެކެވެ. އޭނާ މަސައްކަތްކުރަނީ ކުރާ ކޮންމެ އޮޕަރޭޝަނަކަށް ވަކިން އުޖޫރަ ލިބޭ ގޮތަށެވެ. އަދި ހަވީރު 6 ޖެހުމާއެކު އެއްވެސް އިސްތިސްނާއެއް ނެތި އޭނާގެ މަސައްކަތް ނިންމާލައެވެ. ކުސިއޯ ޔުނިވަރސިޓީ ސޮންނަމް މެޑިކަލް ސެންޓަރަށް އޭނާ ފޮނުވުނީ އެތަނުގެ ސާޖަނުން އިސްތިއުފާ ދިނުމުގެ ސަބަބުން ކުރިމަތިވި ދަތިކަމާ ގުޅިގެންނެވެ. އެތަނުގައި އޭނާ ވަނީ ހޮސްޕިޓަލްގެ ޑައިރެކްޓަރުގެ ނުރަނގަޅު ނިންމުންތަކާ ދެކޮޅަށް ތެދުވެ، ހަމައެކަނި ވީ.އައި.ޕީ ބަލިމީހުންނަށް އިސްކަންދޭ ޑޮކްޓަރުންނަށް ފާޑުކިޔާފައެވެ. ހަމައެއާއެކު، އޭނާގެ މޮޅު ހުނަރު ބޭނުންކޮށްގެން ނުރައްކާތެރި ހާލަތްތަކުގައި ތިބޭ ބަލިމީހުންގެ ފުރާނަ ސަލާމަތްކޮށްދެއެވެ.

މިވެސް ކިޔާލަން:  "ބިޔޯންޑް ދަ ބާ" ގެ ދެވަނަ ސީޒަނެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ

މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ހޮސްޕިޓަލުގެ ހަރުކަށި އުސޫލުތަކާ ދެކޮޅަށް އޭނާ ދައްކާ ވާހަކަތައް ހިމެނޭ މަންޒަރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ. އޭނާ ބުނާ ގޮތުގައި ބައެއް ޑޮކްޓަރުންނަކީ ހަމައެކަނި ފައިސާއާއި މަޤާމުގެ ދަހިވެތިކަމުގައި ކިޔަވައިގެން ތިބި، އަޚްލާޤެއް ނެތް ބައެކެވެ. އިސްވެރިންގެ ކުރިމަތީގައި ކުޑަކަކޫ ޖަހާއިރު، ބަލިމީހުންނާމެދު އިހާނެތިކޮށް ކަންތައްކުރާ ކަމަށް އޭނާ ތުހުމަތުކުރެއެވެ.

ޑްރާމާ ކްރިޓިކް ގޮންގް ހީ-ޖުންގް ފާހަގަކުރާ ގޮތުގައި، މީގެ ކުރިން އައި މެޑިކަލް ޑްރާމާތަކާ ޚިލާފަށް، ގްޔޭ އަކީ ހޮސްޕިޓަލުގެ މުވައްޒަފަކަށް ނުވާތީ، އޭނާއަށް މެޑިކަލް ދާއިރާގެ ކަންކަން ބޭރު މީހެއްގެ ނަޒަރުން ފެނެއެވެ. މީގެ ކުރިން އައި “ޑރ. ރޮމެންޓިކް” ފަދަ ޑްރާމާތަކުގައި މައްސަލަތައް ހައްލުކުރަނީ ހޮސްޕިޓަލުގެ ތެރެއިންނެވެ. ނަމަވެސް “ޑޮކްޓަރ އެކްސް” އިން ފެންނަނީ އެ އުސޫލާ ޚިލާފު މުޅިން ތަފާތު މަންޒަރެކެވެ.

މާޒީގެ މެޑިކަލް ޑްރާމާތަކުގައި ބޮޑަށް ދައްކުވައިދީފައިވަނީ ޑޮކްޓަރުންގެ މެދުގައި އޮންނަ ގުޅުމާއި، އެމީހުން ވާ ޤުރުބާނީތަކެވެ. އެހެންނަމަވެސް “ޑޮކްޓަރ އެކްސް” އިން ފެށުނީއްސުރެ ފެންނަނީ މި ދާއިރާގައި ހުރި ނުބައި އާދަތަކަށް އަމާޒުކޮށް ފާޑުކިޔާ މަންޒަރެވެ.  މިސާލަކަށް، މެޑިކަލް އެސޯސިއޭޝަނެއްގެ ތެރޭގައި އޮންނަ ސިޔާސީ ނުފޫޒާއި، ބަލިމީހުންނަށްވުރެ ބޮޑަށް އަމިއްލަ ފައިދާއަށް މަސައްކަތްކުރާ މަންޒަރުތައް ހިމެނެއެވެ.

މި ސިލްސިލާގައި ހޮސްޕިޓަލުގެ އިސްވެރިންނާއި ބައެއް ޑޮކްޓަރުން ދައްކުވައިދީފައިވަނީ ވަރަށް އަމަލީ ތަޖުރިބާ މަދު، ފަރުވާކުޑަ ބައެއްގެ ގޮތުގައެވެ. ހޮސްޕިޓަލްގެ ޑައިރެކްޓަރާއި އެހެން ބައެއް ސާޖަނުންގެ ފަރާތުން ފެންނަ ގޯސްތަކަކީ މީގެ ހެއްކެކެވެ.

މިވެސް ކިޔާލަން:  "ބިޔޯންޑް ދަ ބާ" ގެ ދެވަނަ ސީޒަނެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ

ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ކޫ ޖިއޮންގް-ވޫ ވިދާޅުވާ ގޮތުގައި، ހަޤީޤީ ދުނިޔޭގައި ޑޮކްޓަރުންގެ ފަރާތުން ފެންނަ ބައެއް ނޭދެވޭ ކަންކަމުގެ ސަބަބުން ބެލުންތެރިން ތިބީ މާޔޫސްވެފައެވެ. އެހެންކަމުން މި ޑްރާމާގައި އެފަދަ ކަންކަމަށް ފާޑުކިޔާތީ ބެލުންތެރިންނަށް ހިތްހަމަޖެހުން ލިބެއެވެ.

މި  ސިލްސިލާގެ ކާމިޔާބީގައި އެކްޓަރުންގެ ހުނަރުވެސް ބޮޑު ދައުރެއް އަދާކުރެއެވެ. ކިމް ޖީ-ވޮން އޭނާގެ ކެރެކްޓަރ ފުރިހަމަކުރުމަށްޓަކައި އަޑާއި ސިފައަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭނާގެ އިތުރުން ލީ ޖުންގް-އުން، ސޮން ހިއުން-ޖޫ އަދި ކިމް ޔަންގް-މިން ފަދަ ތަޖުރިބާކާރު އެކްޓަރުންގެ މޮޅު ހުނަރު މީގައި ފެނިގެންދެއެވެ.

ކަން މިހެން ހުރިނަމަވެސް، މި ސިލްސިލާއަށް ބައެއް ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ބުނާ ގޮތުގައި މީގައި ޑޮކްޓަރުން ވަރަށް ނޭދެވޭ ގޮތަކަށް ސިފަކޮށްފައިވެއެވެ. އަދި ބައެއް މެޑިކަލް ކަންކަން ހަޤީޤަތާ ޚިލާފު ކަމަށް ބުނެ ބައެއް ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ ޖަޕާނުގެ މަޝްހޫރު ސިލްސިލާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެއްޗަކަށް ވުމާއެކު، އޭގެ އަސްލު ސްޓައިލް ދެމެހެއްޓިދާނެތޯ ސުވާލު އުފެދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top