ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަންނަ ބޮޑުބެރު ގްރޫޕުގެ އާ ލަވަ “ހިތް ދޫވެ” އަށް ބޮޑު ތަރުޙީބެއް

ދިވެހި ސަގާފީ މިއުޒިކާއި ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތަކުން އާންމުންގެ ލޯބި ހޯދަމުން އަންނަ މަންނަ ބޮޑުބެރު ގްރޫޕުގެ އާ ވީޑިއޯ ލަވަ “ހިތް ދޫވެ” ރަސްމީކޮށް ރިލީޒްކޮށްފިއެވެ.

ޔޫޓިއުބް އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރިލީޒްކުރި މި ލަވައަކީ، ދިވެހި ބޮޑުބެރުގެ އަސްލު ނުގެއްލޭނޭހެން ޒަމާނީ މިއުޒިކީ ރާގުތަކާ އެކުލަވާލައިގެން ތައްޔާރުކޮށްފައިވާ ހިތްގައިމު ލަވައެކެވެ. ލޯބީގެ މައުޟޫއަކަށް ބިނާކޮށް ހަދާފައިވާ މި ލަވައިގެ ޅެމާއި މިއުޒިކް އެކުލަވާލާފައިވަނީ އަޑުއަހާލަން ފަސޭހަ، އަދި ހިތްތަކާ ފަސޭހައިން ގުޅިގެންދާ ފަދަ ޖަޒުބާތީ ގޮތަކަށެވެ.

ޖުނައިދު (ޖުންޓެ)، ޔާނާ (ޔޫކީ) އަދި ޝައިމަން (ތުއްތުބެ) ގެ ހިތްގައިމު އަޑުން އިވިގެންދާ މި ލަވައިގެ ޅެމާއި ރާގު ހަދާފައިވަނީ ޝަމްޢާލް (ޝެއިމްލެސް) އެވެ. ލަވައިގެ ވީޑިއޯއިން ފެނިގެންދަނީ އަރުޝާ، ޔާމީން، ޝިޚާން، ސިދާނާ އަދި ތުގާއެވެ. މޭކަޕް ކުރީ އަރުޝާއެވެ.

ރާއްޖޭގެ ރީތި ޤުދުރަތީ މާހައުލުތަކުގައި މަންޒަރުތައް ނަގާފައިވާ މި ލަވައިގެ ވީޑިއޯއިން މަންނަ ބޮޑުބެރު ގްރޫޕުގެ ހުނަރުވެރި ޒުވާނުންގެ ފަރި ނެށުންތަކާއި ފޯރިގަދަ ހަރަކާތްތައް ފެނިގެންދެއެވެ. ވީޑިއޯގެ ކޮލިޓީއާއި، މަންޒަރުތައް ތަރުތީބުކޮށްފައިވާ ގޮތުން ދިވެހިންގެ ސަގާފީ ރީތިކަމާއި ޒުވާނުންގެ އެކުވެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.

މަންނަ ބޮޑުބެރު ގްރޫޕުން ހާމަކުރި ގޮތުގައި، މި ލަވަ އުފެއްދުމުގެ މައިގަނޑު މަޤުސަދަކީ ދިވެހި ސަގާފީ ބޮޑުބެރުގެ ފަންނު ޒަމާނާ އެއްގޮތަށް ދިރުވައި އާލާކުރުމާއި، ދިވެހި އަމިއްލަ ރާގުތަކަށް ޒުވާނުންގެ މެދުގައި އޮތް ޝައުޤުވެރިކަން އިތުރުކުރުމެވެ. މި ލަވައަކީ އެ ގްރޫޕުގެ ހުރިހާ މެންބަރުންގެ ވެސް ބުރަ މަސައްކަތުން ނެރުނު ކާމިޔާބު އުފެއްދުމެކެވެ.

ލަވަ ރިލީޒްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން މި ލަވައަށް ލިބިފައިވާއިރު، ސޯޝަލް މީޑިއާގައި މިހާރުވެސް ދަނީ މި ލަވައަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިހާތަނަށް ޔޫޓިއުބުން އެކަނިވެސް މި ލަވަ 22 ހާހަށްވުރެ ގިނަ ފަހަރު ބަލާފައިވެއެވެ.

ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، މިއީ ފަހަކަށް އައިސް ނުކުތް ބޮޑުބެރު ލަވަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، ފެންވަރު ރަނގަޅު އެއް ލަވައެވެ. މަންނަ ގްރޫޕުން ވަނީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު އުފެއްދުންތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top