ދީނީ ސުވާލެއް އޮތީތަ؟
އަދަބިއްޔާތު
އަހަރެންގެ ލޯބިވެރިޔާގެ އައިޑެންޓިޓީ އަކީ މިއީ އެވެ.

އެއީ ރީތި ކުއްޖެކެވެ. އެއީ އަހަރެންގެ ހިތުގެ މެހެމާނެކެވެ.

އަހަރެންގެ ލޯބިވެރިޔާގެ ޕެހެޗާނު (އައިޑެންޓިޓީ) އަކީ މިއީ އެވެ.

އެއީ ކުޑަކޮށް މައުސޫމް ކުއްޖެކެވެ. އެއީ ކުޑަކޮށް ހަމަނުޖެހޭ ކުއްޖެކެވެ.

އަހަރެންގެ ލޯބިވެރިޔާގެ ޕެހެޗާނު (އައިޑެންޓިޓީ) އަކީ މިއީ އެވެ.

 

އެއްދުވަހަކު އަހަންނާ އޭނާއާ ބައްދަލުވެ، ހިނިތުންވުމެއް ދެމުން އޭނާ ދުރަށް ދިޔައެވެ.

އަހަރެންގެ ހިތުތެރޭގައި ރިހުމެއް ދެމުން (ހިތް ހޭލައްވާލަމުން) ނެވެ.

އެއީ އަހަރެންގެ ހިތް ވަގަށް ގެންދިޔަ ހހިތްގައިމު ހިތުގެ ޗޯރެކެވެ.

އަހަރެންގެ ހިތްއެދޭ ފަރާތަކީ އެއީ އެވެ. އަހަރެންގެ ހިތުގެ އެދުންތަކަކީ އެއީ އެވެ.

އަހަރެންގެ ލޯބިވެރިޔާގެ ޕެހެޗާނު (އައިޑެންޓިޓީ) އަކީ މިއީ އެވެ.

 

އެއީ ބީރައްޓެހި ދެހިތެއްގެ ބައްދަލުވުމެކެވެ.

ގަޑި ދެގަޑިއިރު އޭނާ އަހަރެންގެ ގާތުގައި ހުއްޓެވެ.

އަހަރެން ބުނަން ބޭނުންވެ ހިތުގައި ހުރި ވާހަކަތަކެއް ނުބުނެވުނެވެ.

އެވާހަކަތައް އެނގުނަސް އެއީ އަހަންނަށް ބީރައްޓެހި ވާހަކަތަކެކެވެ.

އަހަރެންގެ ލޯބިވެރިޔާގެ ޕެހެޗާނު (އައިޑެންޓިޓީ) އަކީ މިއީ އެވެ.

 

ގެއިން އޭނާއާ ދެން ބައްދަލުވެވިއްޖެނަމަ، އޭނާ ގާތުގައި އަހަރެން ބުނާނަމެވެ.

އެ ރީތި ކުއްޖާ ގާތުގައި އަހަރެންގެ ހިތުގެ ހާލަތު ބުުނެދޭނަމެވެ.

މުޅި އުމުރަށްވެސް އެކުއްޖާމަތިން އަހަންނަށް ހަނދާން ނައްތައިނުލެވޭނެ ވާހަކައެވެ.

އެއީ އަހަރެންގެ ހަމަޖެހުމެވެ. އެއީ އަހަރެންގެ ފުރާނައެވެ.

އަހަރެންގެ ލޯބިވެރިޔާގެ ޕެހެޗާނު (އައިޑެންޓިޓީ) އަކީ މިއީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top