ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސައުދީގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރަތް އަދި އޮރެންޖް އިންޒާރު ނެރެފި

ޖިއްދާ: ސައޫދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މަދީނާ، އަލްޖައުފް، އުތުރުގެ ބޯޑަރު ސަރަޙައްދުތައް، ޢަސީރު އަދި މައްކާ ހިމެނޭހެން އެތައް ސަރަޙައްދަކަށް ރަތް އަދި އޮރެންޖް އިންޒާރު ނެރެފިއެވެ. މި އިންޒާރުތައް ނެރެފައިވަނީ އެ ޤައުމުގެ ނޭޝަނަލް ސެންޓަރ ފޮރ މީޓިއޮރޮލޮޖީ (އެންސީއެމް) އިން ބުދަ ދުވަހުއެވެ.

އެންސީއެމް އިން ބުނެފައިވާ ގޮތުގައި، މަދީނާ ސަރަޙައްދަށް ނެރެފައިވާ ރެޑް އެލާޓްގެ މުއްދަތަކީ ބުދަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަދަވަޔާއެކު ދުރު ފެންނަ މިންވަރު އިންތިހާއަށް ދަށްވެ، ގަނޑުފެން ވެހުމާއި، ކުއްލި ފެންބޮޑުވުންތައް ކުރިމަތިވުން އަދި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން އަލްޖައުފް އަދި އުތުރުގެ ބޯޑަރު ސަރަޙައްދުތަކަށް އަންގާރަ ދުވަހުގެ ރޭދަންވަރު 3:00 އިން ފެށިގެން ބުދަ ދުވަހުގެ މެންދުރުފަސް 1:00 އާ ހަމައަށް އޮރެންޖް އެލާޓް ނެރެފައިވާއިރު، ޢަސީރު ސަރަޙައްދަށް މެންދުރުފަސް 2:00 އިން ރޭގަނޑު 9:00 އަށް ވަނީ އޮރެންޖް އެލާޓް ނެރެފައެވެ. އަދި މައްކާގެ ސަރަޙައްދުތަކަށް ހެނދުނު 10:00 އިން ހަވީރު 5:00 އަށް އަދި މެންދުރުފަސް 2:00 އިން ރޭގަނޑު 9:00 އާ ދެމެދު ވަކިވަކި އޮރެންޖް އެލާޓްތައް ވަނީ ނެރެފައެވެ. މި އެލާޓްތަކުގައިވެސް ބާރު ވަޔާއި، ދުރު ފެންނަ މިންވަރު ދަށްވުމާއި، ގަނޑުފެން ވެހުމާއި، ފެންބޮޑުވުމުގެ އިތުރުން މައްކާގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ރާޅު ބޮޑުވާނެ ކަމަށް އިންޒާރު ދީފައިވެއެވެ.

މިވެސް ކިޔާލަން:  އަޖުވާ ކަދުރު – ކެންސަރަށް ފަރުވާއެއް

މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނެފައިވަނީ، ޖާޒާން، ޢަސީރު، އަލްބާހާ، މައްކާ، މަދީނާ، ޙާއިލް، ތަބޫކް، އަލްޖައުފް އަދި އުތުރުގެ ބޯޑަރު ސަރަޙައްދުތަކަށް ވިލާގަނޑުގައި ވައިގަދަވެ، ހިރަފުހުގެ ތޫފާން އުފެދި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި އަލްޤަސީމް އާއި އިރުމަތީ ޕްރޮވިންސްގެ ބައެއް ސަރަޙައްދުތަކަށް ލުއިކޮށް އަދި މެދުމިންވަރަކަށް ވިއްސާރަކޮށް، ބައެއް ހިސާބުތަކަށް ބޯ ދުންފިނި ފައިބާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ފިނިހޫނުމިނަށް ބަލާއިރު، އެންމެ ހޫނުމިން މަތިވާނެ ކަމަށް ލަފާކުރެވެނީ މައްކާގައެވެ. އެއީ 38 ޑިގްރީ ސެލްސިއަސްގައެވެ. ބުރައިދާގައި 37 ޑިގްރީއަށް އަރާނެ ކަމަށް ބެލެވޭއިރު، ރިޔާޟް، މަދީނާ، ޖިއްދާ އަދި ދަންމާމުގައި ހޫނުމިން ހުންނާނީ 36 ޑިގްރީގައެވެ. ޖާޒާންގައި 35 ޑިގްރީ، ސަކާކާގައި 32 ޑިގްރީ، ޙާއިލް، ޢަރްޢަރު އަދި ނަޖްރާންގައި 31 ޑިގްރީ، ތަބޫކްގައި 30 ޑިގްރީ ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އެންމެ ފިނިވާނެ ކަމަށް ބެލެވެނީ އަލްބާހާ (23 ޑިގްރީ) އަދި އަބްހާ (22 ޑިގްރީ) ގައެވެ.

ވައިގެ ތެއްކަން ނުވަތަ ހިއުމިޑިޓީއަށް ބަލާއިރު، އަބްހާ، ތަބޫކް އަދި އަލްބާހާގައި ހިއުމިޑިޓީ 90 އިންސައްތައަށް އަރާނެއެވެ. ދަންމާމުގައި 85 އިންސައްތަ އަދި މައްކާ، ޖިއްދާ، ޢަރްޢަރު، ސަކާކާ އަދި ޖާޒާންގައި 80 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން ޙާއިލްގައި 70 އިންސައްތަ، މަދީނާގައި 65 އިންސައްތަ، ބުރައިދާގައި 50 އިންސައްތަ އަދި ރިޔާޟާއި ނަޖްރާންގައި ހިއުމިޑިޓީ ހުންނާނީ 30 އިންސައްތައިގައެވެ.

މިވެސް ކިޔާލަން:  މައްކާއަށް ޚާއްޞަ އެއާޕޯޓެއް ހެދުމުގެ މަޝްރޫއު ސައުދީ ސަރުކާރުން ފާސްކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top