ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އައި.އޯ.އެސް 27 އަށް އަޕްޑޭޓް ކުރުމަށްފަހު ބޭނުންކުރަންޖެހޭ އައިފޯނުގެ މުހިންމު 5 ފީޗަރެއް

މޮޅު ހާޑްވެއަރ އާއި ގިނަ ދުވަހަށް ސޮފްޓްވެއަރ ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އައިފޯނަކީ އަބަދުވެސް ރަނގަޅު އިޚްތިޔާރެކެވެ. ނަމަވެސް، ފާއިތުވި އައި.އޯ.އެސް އަޕްޑޭޓްތަކުގައި ބައެއް މައްސަލަތައް ކުރިމަތިވެފައިވެއެވެ. އެހެންކަމުން، އައި.އޯ.އެސް 27 ގައި އެޕަލްއިން އިސްކަންދީފައިވަނީ އާ ފީޗަރުތަކަށްވުރެ ބޮޑަށް، ސޮފްޓްވެއަރގައި ހުރި މައްސަލަތައް ހައްލުކޮށް، އޭގެ ހަލުވިމިނާއި ފެންވަރު ރަނގަޅު ކުރުމަށެވެ. 2026 ވަނަ އަހަރުގެ ޑަބްލިޔު.ޑަބްލިޔު.ޑީ.ސީ ކީނޯޓްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އެޕްތައް ހުޅުވޭ ދުވެލި އަވަސްވުމާއި، އެއާޑްރޮޕް މެދުވެރިކޮށް ފައިލް ފޮނުވުން އަވަސްވުމާއި، މެމޮރީ މެނޭޖްމަންޓް ރަނގަޅުވުން ފަދަ ކަންކަމަށެވެ.

އައި.އޯ.އެސް 27ގެ އަޕްޑޭޓް އައިފޯން 11 އާ ހަމައަށް ލިބޭނެއެވެ. މިއީ މި ފޯނުތައް ބޭނުންކުރާ ފަރާތްތަކަށް ލިބޭ ވަރަށް އުފާވެރި ޚަބަރެކެވެ. އަދި އަޕްޑޭޓް ނުކުރައްވާ ފަރާތްތަކަށް ސެޓިންގްސް > ޖެނެރަލް > ސޮފްޓްވެއަރ އަޕްޑޭޓް އަށް ވަޑައިގެން އަޕްޑޭޓް ކުރެއްވޭނެއެވެ.

ފޯނުގެ ފެންނަ ފެނުމަށް ބޮޑު ބަދަލެއް އައިސްފައި ނުވި ނަމަވެސް، ގިނަ ބަޔަކު އެދެމުންދިޔަ “ޓްރާންސްޕޭރެންސީ ސްލައިޑަރ” މިހާރު ވަނީ ހިމަނާފައެވެ. ބެޓެރީގެ މައްސަލައިގައި ބައެއް ބޭފުޅުންގެ ޝަކުވާ ހުރި ނަމަވެސް، ފޯނުގެ ޕާފޯމަންސް ރަނގަޅުވުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ. އައި.އޯ.އެސް 27 އާއެކު ތައާރަފުކުރި ބައެއް މުހިންމު ފީޗަރުތަކަށް ތިރީގައި ބަލާލާނަމެވެ.

1- އެޕަލް އިންޓެލިޖެންސް މެދުވެރިކޮށް ޝޯޓްކަޓްސް ހެދުން
ކުރިން އެޕަލް އިންޓެލިޖެންސްއަށް ބައެއް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އައި.އޯ.އެސް 27 އާއެކު “ޝޯޓްކަޓްސް” އެޕަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. މިހާރު އާދައިގެ ބަހުރުވައިން ބުނެލުމުން (ނެޗުރަލް ލޭމްގްއޭޖް ޕްރޮމްޕްޓްސް) އެޕަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޝޯޓްކަޓްތައް އުފެއްދޭނެއެވެ. އަދި މީގެ އިތުރުން މައުލޫމާތު ނެގުމަށާއި (އިންފޮމޭޝަން އެކްސްޓްރެކްޝަން) ލިޔުންތައް ޚުލާސާކުރުމަށް ވެސް މި ފީޗަރު ބޭނުންކުރެވޭނެއެވެ.

މިވެސް ކިޔާލަން:  އައިއޯސް 14 ގައި ހިމެނޭ ސަޅި 06 ފީޗާރސް

2- އަމިއްލައަށް “ވޮލެޓް ޕާސް” ހެދުން
މިހާތަނަށް އެޕަލް ވޮލެޓަށް ކާޑުތައް ނުވަތަ ޓިކެޓްތައް އިތުރުކުރެވެނީ އެ ޚިދުމަތްދޭ ފަރާތުން އެޕަލް ވޮލެޓަށް ސަޕޯޓްކުރާނަމައެވެ. ނަމަވެސް އައި.އޯ.އެސް 27 އާއެކު، އެއްވެސް ޖިމް މެމްބަރޝިޕް ކާޑެއް ނުވަތަ ލޯޔަލްޓީ ކާޑެއްގެ ފޮޓޯއެއް ނުވަތަ ސްކްރީންޝޮޓެއް ބޭނުންކޮށްގެން އަމިއްލައަށް ވޮލެޓް ޕާސް ހެދޭނެއެވެ. ވޮލެޓް އެޕް މެދުވެރިކޮށް ފޮޓޯއެއް ނެގުމުން “ވިޝުއަލް އިންޓެލިޖެންސް” ބޭނުންކޮށްގެން އޭގެ މައުލޫމާތު ނަގައި ޕާސްއެއް ތައްޔާރުކޮށްދޭނެއެވެ.

3- ސިރީ އޭއައި އަށް އައި ބޮޑު ބަދަލު
ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު، ސިރީއަށް މިވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މިހާރު ސިރީއަށް އަމުރުތައް މާ ރަނގަޅަށް ދެނެގަނެވެއެވެ. އަދި އެންމެ މުހިންމު ކަމަކީ، ފޯނުގައި ހުރި މެސެޖުތަކާއި، އީމެއިލްތަކާއި، ފޮޓޯތަކުގެ މައުލޫމާތު ބޭނުންކޮށްގެން ކަންކަން ކޮށްދިނުމުގެ ގާބިލުކަން ސިރީއަށް ލިބިފައިވުމެވެ. މީގެ އިތުރުން، ކެމެރާ އެޕްގައި ހިމެނޭ އާ ސިރީ މޯޑް މެދުވެރިކޮށް، ކެމެރާ ކުރިމަތީގައި ހުރި އެއްޗަކާ ގުޅޭގޮތުން ސުވާލުކުރުމުން ޖަވާބު ލިބޭނެއެވެ.

4- އެއާޕޮޑްސްގެ އަޑު ބަދަލުކުރުން (އެކްއިލައިޒަރ)
އެޕަލް މިއުޒިކްގައި ކުރިންވެސް އަޑު ބަދަލުކުރެވުނު ނަމަވެސް، މިހާރު މުޅި ސިސްޓަމަށް ހިނގާގޮތަށް އެއާޕޮޑްސްގެ އަޑު (އެކްއިލައިޒަރ) ބަދަލުކުރެވޭނެއެވެ. މިއީ އެއާޕޮޑްސް 4، އެއާޕޮޑްސް ޕްރޯ 2 އަދި އެއާޕޮޑްސް މެކްސް 2 ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ފީޗަރެކެވެ. ސެޓިންގްސްގެ ތެރެއިން އޯޑިއޯ އަދި ރައުޓިންގ > އެކްއިލައިޒަރ އަށް ގޮސް، ބޭނުންވާ މިންވަރަކަށް ބޭސް (ބޭސް) ނުވަތަ އެހެނިހެން އަޑުތައް ބަދަލުކޮށްލެވޭނެއެވެ.

މިވެސް ކިޔާލަން:  2028 ވަނަ އަހަރު ނެރޭނެ އައިފޯނާ ބެހޭގޮތުން މިހާތަނަށް ލިބިފައިވާ މުހިންމު 6 މަޢުލޫމާތެއް

5- ސަފާރީ ބްރައުޒަރަށް އައި އާ ފީޗަރުތައް
ސަފާރީ ބްރައުޒަރަށް ވެސް ވަނީ ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ވެބްޕޭޖަކަށް އަންނަ ބަދަލެއް ނޯޓިފައި ކުރާގޮތަށް ހެދުމާއި (ނޮޓިފައި މީ)، އެޕަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހުޅުވާފައި ހުންނަ ޓެބްތައް އަމިއްލައަށް ގިންތިކޮށްލުން (އޮޓޮމެޓިކަލީ ކްރިއޭޓް ޓޮޕިކްސް) ހިމެނެއެވެ. މީގެ އިތުރުން، އެޕަލް އިންޓެލިޖެންސް ބޭނުންކޮށްގެން ސަފާރީއަށް ބޭނުންވާ ޚާއްސަ އެކްސްޓެންޝަންތައް ވެސް އަމިއްލައަށް އުފެއްދޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top