ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކް ރެއިންގެ ފިލްމުތައް ހިލޭ ބަލައިލެވޭގޮތަށް ޔޫޓިއުބަށް ދޫކުރަން ފަށައިފި

ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ވަރުގަދަ އެއް ފިލްމު ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ ފިލްމުތައް، އެއްވެސް އަގަކާ ނުލައި ހިލޭ ބަލައިލެވޭނެ އިންތިޒާމު އެ ޕްރޮޑަކްޝަންގެ ޔޫޓިއުބް ޗެނަލްތައް މެދުވެރިކޮށް ހަމަޖައްސައިދީފިއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވެރިޔާ މުޙައްމަދު ޢަލީ (މޮގާ) “މުނިއަވަސް” އަށް މަޢުލޫމާތު ދެމުން ބުނީ، މިއީ ބެލުންތެރިންނަށް އެ ޕްރޮޑަކްޝަންގެ އުފެއްދުންތައް ވީހާވެސް ފަސޭހަކަމާއެކު ބަލައިލެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން މީޑިއާނެޓް އަދި ބައިސްކޯފް ފަދަ ޕްލެޓްފޯމުތަކުގައި ސްޓްރީމްކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ފިލްމުތައް މިހާރު ޔޫޓިއުބްގައިވާ “ޑާކް ރެއިން އެންޓަޓެއިންމެންޓް ޗެނަލް” އަދި “ޑީއާރްއީ މޫވީސް ޕްލަސް” އިން އެއްވެސް ފީއަކާ ނުލައި ބަލައިލެވޭނެ ކަމަށް އޭނާ ބުންޏެވެ.

“ފިލްމުތައް ފަސޭހައިން ހޯދާލައި ބަލައިލެވޭނެ. މިސާލަކަށް: ޑާކް ރެއިން އެންޓަޓެއިންމެންޓް / ވާށޭ މަށާ އެކީ ޖަހާލީމާ އަންނާނެ ‘ވާށޭ މަށާ އެކީ’. މިސާލަކަށް: ‘މީ ލޯތްބަކީ’، ‘ވަކިން ލޯބިން’، ‘މިކޮއެ ބައްޕަ ބައޭ ބައޭ’، ‘އެންމެ ފަހު ވިންދާ ޖެހެންދެން’، ‘ފަތިސް ހަނދުވަރުގެ ފެށުން’ މި ހުރިހާ ފިލްމެއް ހުންނާނެ.” މޮގާ ބުންޏެވެ.

މީގެ އިތުރުން މޮގާ ފާހަގަކުރި ގޮތުގައި ކުރިން ޔޫޓިއުބަށް ދޫކޮށްލާފައިވާ ދިގު ފީޗާ ފިލްމުތަކާއި ކުރު ފިލްމުތައްވެސް މި ދެ ޗެނަލުން ފެންނަން ހުންނާނެއެވެ. “މާމުއި” އާ ހަމައަށް ނުކުތް ބޮޑެތި ފީޗާ ފިލްމުތަކާއި، އޭގެ ފަހުން ގެނެސްދިން “ދައުވަތު” ކަހަލަ ފިލްމުތަކުގެ އިތުރުން، ޑާކް ރެއިންގެ ހުރިހާ ކުރު ފިލްމުތަކެއްވެސް މިހާރު މި ޗެނަލްތަކުން ބެލުންތެރިންނަށް ލިބެން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

މިވެސް ކިޔާލަން:  "ގިރިޓީ ލޯބި" ވެބް ސީރީޒްގެ ދެވަނަ ލަވަ "މިހިތުގެ ރާނީ" ވެސް އެހާ ރީތި!

މި ފިލްމުތަކުގެ އިތުރުންވެސް ކުރިއަށް އޮތް ތަނުގައި އިތުރު ފިލްމުތައް ޔޫޓިއުބަށް ދޫކޮށްލާނެކަން ހާމަކުރަމުން މޮގާ ބުނީ، މާ ލަސްތަކެއް ނުވެ ފީޗާ ފިލްމު “އަލިފާން” މި ފިލްމުވެސް އެ ދެ ޗެނަލްގެ ތެރެއިން ޗެނަލަކަށް ރިލީޒްކުރާނެ ކަމަށެވެ.

ފިލްމުތައް ހިލޭ ބަލައިލެވޭގޮތަށް ޔޫޓިއުބަށް ދޫކޮށްލަން ނިންމި މައިގަނޑު ސަބަބާ ގުޅޭގޮތުން މޮގާ ބުނީ، ބައެއް ފަރާތްތަކުން ޑާކް ރެއިންގެ ފިލްމުތަކުގެ ވަގު ކޮޕީތައް ހަދައިގެން ޔޫޓިއުބަށް އަޅަމުންދާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ. އަދި އޭގެ ބަދަލުގައި، ފިލްމުތަކުގެ އަސްލު އޮރިޖިނަލް ކޮލިޓީގައި އެ ޕްރޮޑަކްޝަންގެ ރަސްމީ ޕްލެޓްފޯމުން ބެލުންތެރިންނަށް ބަލައިލުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ މި ފިޔަވަޅު އެޅި މުހިންމު ސަބަބެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

7
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top