ޑާކް ރެއިން އެންޓަޓެއިންމެންޓުން މިހާރު ޝޫޓްކުރަމުން އަންނަ ވެބް ސީރީޒް “ގިރިޓީ ލޯބި“ގެ ދެވަނަ ލަވަ ‘މިހިތުގެ ރާނީ‘ގެ އޯޑިއޯ، މި ސީރީޒްގެ ލަވަތަކުން ރިލީޒްކުރި ފުރަތަމަ ލަވައަށް އެންމެ ތަންފުކެއް ދޫނުކުރާ ކަމަށް އެހުންތެރިން ފާހަގަކުރަން ފަށައިފިއެވެ.
‘މިހިތުގެ ރާނީ‘ ލަވަ ޔޫޓިއުބާއި ސައުންޑްކްލައުޑަށް ދޫކޮށްލާފައިވަނީ މިމަހުގެ 01 ވަނަ ދުވަހުއެވެ. މުުނިއަވަސް ކްލަބްހައުސް އިން ގެނެސްދެމުން އަންނަ ލަވަ ރިކްއެސްޓް ޕްރޮގްރާމް ‘ޕްލޭ ލިސްޓް’ގައި ‘މިހިތުގެ ރާނީ‘ ލަވަ ގެނެސްދިނުމުން މި ލަވަވެސް ވަރަށް ރީތި ކަމަށް ގިނަ ބަޔަކު ފާހަގަކުރިއެވެ.
“ގިރިޓީ ލޯބި” ވެބް ސީރީޒަކީ ޢާއިޝަތު ފުއާދު ތައުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒްއެކެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔުނީ ތަފާތު ސްޓައިލެއްގެ ސްކްރީންޕްލޭތަކެއް ގެނެސްދެމުން އަންނަ ސްކްރީން ރައިޓަރ އަހްމަދު ޒަރީރުއެވެ.
ހިތްގައިމު އަމިއްލަ ރާގަކަށް ސަޅި މިއުޒިކެއް ތައްޔާާރުކޮށްފައިވާ ‘މިހިތުގެ ރާނީ‘ ލަވަ އަކީ ‘ދަ ސިލިއޯ’ގެ ލަވައެކެވެ. ލަވައިގެ ލިރިކްސް ލިޔުނީ ޢަލީ އައިމަން އެވެ.
“ގިރިޓީ ލޯބި” ވެބް ސީރީޒްގެ ފުރަތަމަ ލަވަ ’ދީފާ‘ ވެސް އެހާމެ ތަފާތުވެފައި ހިތްގައިމެކެވެ. އެ ލަވައިގެ ޅެމާއި މިއުޒިކް ހަދައި، ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ފަތުހުالله އަބްދުލް ފައްތާހު (ފަތޯ) އެވެ.
“ގިރިޓީ ލޯބި“ގެ މައިގަނޑު ތަރިންގެ ތެރޭގައި ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ މުޙައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ)ގެ އިތުރުން މުޙައްމަދު މަނިކު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނެ އެވެ. މީގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެންނާނެއެވެ.
މާދަމާ (14 ސެޕްޓެމްބަރު 2021) އަކީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ 15 ވަނަަ އަހަރީ ދުވަހެވެ. ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ޑާކް ރެއިން އަށް ޓީމު މުނިއަވަސްގެ ފަރާތުން ކިޔަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!