ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އެކަނބުލޭގެއަށްޓަކައި – 1  
މުނިއަވަސް ގްރެފިކްސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އުޅެނީ ދެ ބާވަތެއްގެ މީހުންނެވެ. އަދި ކޮންމެ މީހަކީވެސް އޭގެ ތެރެއިން ކޮން ބައެއްކަން އެންމެނަށްވެސް ވަރަށް ސާފުކޮށް އެނގެއެވެ.

އޭގެ ތެރެއިން އެއް ބަޔަކީ، އަގުބޮޑު ކާރުތަކުގައި އައިސް، ބްރޭންޑެޑް ދަބަސްތައް ހިފައިގެން، އާދައިގެ އާއިލާއެއްގެ މަހު އާމްދަނީއަށްވުރެ އަގުބޮޑު ގަޑިތައް އަޅައިގެން އުޅޭ މީހުންނެވެ. އެމީހުންނަކީ މެންދުރުގެ ކެއުމަށް ހިނގާނެ ޚަރަދާމެދު ދުވަހަކުވެސް ފިކުރުކުރަންޖެހޭ ބައެއް ނޫނެވެ. ދެން ތިބީ ކޮންމެ ރުފިޔާއަކަށް ބަލައިގެން ޚަރަދުކުރާ، ފޮތް ގަތުމަށްޓަކައި ކެއުން ދޫކޮށްލާ، އަދި ޓެކްސީއެއްގައި ދިއުމަކީ އަތްނުފޯރާފަށުގެ ކަމަކަށްވާތީ އެންމެ ފަހު ބަހުން ގެއަށްދާ މީހުންނެވެ.

ދެން ހުރީ އާއިރާ ނަޖީބެވެ. އާއިރާއަކީ ފުރަތަމަ ގިންތީގެ ކުއްޖެއް ނަމަވެސް، އެ ގިންތީގައި ހިމެނުމަކީ އޭނާ ދުވަހަކުވެސް އެހާ ގަޔާވި ކަމެއް ނޫނެވެ.

އުމުރުން އެކާވީސް އަހަރުގެ އާއިރާއަކީ މަޝްހޫރު ވިޔަފާވެރިޔާ ނަޖީބު ރަޝީދުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނާގެ އާއިލާއަކީ މާލޭގެ ގިނަ އިމާރާތްތަކަކާއި، ކޮންސްޓްރަކްޝަން ކުންފުންޏަކާއި، އަދި މާލެއާއި ކައިރި ރަށްތަކުގައި ހިންގާ މަޝްހޫރު ކެފޭތަކެއްގެ ވެރިންނެވެ.

އޭނާ ބޮޑުވީ ހުޅުމާލޭގައި ހުންނަ ރީތި ދެބުރި ގޭގައެވެ. އެއީ އަބަދުވެސް ބަޔަކު ބަލަހައްޓާ ބަގީޗާއެއް އޮންނަ، ކެއުންބުއިމުގެ ދަތިކަމެއް ދުވަހަކުވެސް ކުރިމަތިނުވާ، އަދި ފައިސާއަކީ ދިރިއުޅުމުގެ ކޮންމެ އުނދަގުލަކަށް އޮތް ހައްލެއްކަމަށް ޤަބޫލުކުރާ މައިންބަފައިންގެ ގާތުގައެވެ. އާ ހެދުމެއް ގަތުމަށް ނުވަތަ ޔުނިވަރސިޓީ ފޮތްތަކަށް ފައިސާ ހުރިތޯ، ނުވަތަ ޗުއްޓީގައި ރާއްޖޭއިން ބޭރަށް ދެވޭނެތޯ އާއިރާ ދުވަހަކުވެސް ފިކުރުކުރާކަށް ނުޖެހެއެވެ. ނަމަވެސް، އޭނާގެ ބައްޕަގެ މުއްސަނދިކަމުން ނުގަނެވޭނެ އެއް ކަމެއް އޮތެވެ. އެއީ އިޚްލާޞްތެރި ލޯތްބެވެ.

އޭނާއަކީ ހަށިގަނޑު ތަންކޮޅެއް ފަލަ، ކޮލާއި ދަތްދޮޅި ވަށައިގެން މަސްޖަހާފައިވާ، މިހާރު ގޮތަށް ބުނާނަމަ ޗަބީ، އަތްތިލަ ބޯ، އަދި ލޯގަނޑު ކުރިމަތީގައި ގިނައިރު ހުންނަން އުނދަގޫވާ ފަދަ ސިފައެއް ހުރި ކުއްޖެކެވެ. އޭނާ އަމިއްލަ ނަފްސުދެކެ އަބަދު ފޫއްސެއް ނުވެއެވެ. ނަމަވެސް އަންހެނުންގެ ސިފައަށް ފާޑުކިޔާ މީހުންގެ ތެރޭގައި ބޮޑުވުމުން، އޭނާގެ ހަށިގަނޑުން ބަދަލުކުރަން ބޭނުންވާ ކޮންމެ ކުޑަ ކަމަކަށް ސަމާލުކަން ދެވޭގޮތް ވިއެވެ.

މިވެސް ކިޔާލަން:  ބުނަން ނުކެރުނީ - ކުރު ވާހަކަ

އާއިލީ ބައްދަލުވުންތަކުގައި، ބޮޑުދައިތަމެން އޭނާގެ ކޮލުގައި ހިފާލާފައި ރީތިކަމަށް ބުނުމަށްފަހު، ވަގުތުން ހަށިގަނޑު ހިއްކުމާ ބެހޭގޮތުން ނަސޭހަތް ދެއެވެ. ޔުނިވަރސިޓީގައި އޭނާއާ ދުވަހަކުވެސް ވާހަކަ ނުދައްކާ އަންހެން ކުދިން، އޭނާގެ އަގުބޮޑު ހެދުންތަކާއި، އޭނާގެ ހަށިގަނޑާއި، އަދި ރީތިވުމަށްޓަކައި އެންމެ މުހިންމު ކަމަށް އެމީހުން ދެކޭ ކަންތައް ފިޔަވައި އެހެން ހުރިހާ އެއްޗެއް އޭނާގެ އަތުގައި ހުރިކަމަށް ބުނެ ސިއްރުން ވާހަކަދައްކައެވެ.

އާއިރާ އާދަވެފައިވަނީ އެކަންކަމާ ހީނލާށެވެ. އެހެން މީހުން އެ ވާހަކަތައް ހަނދާން ނެތޭ ފަހުންވެސް، އެ ބަސްތައް އޭނާގެ ހިތުގައި ބަދަލުނުވެ ހުންނަކަން ޤަބޫލުކުރުމަށްވުރެ ހީނލުން މާ ފަސޭހައެވެ.

ދެން އޭނާއަށް ރިޝާންއާ ބައްދަލުވިއެވެ. ރިޝާން އިބްރާހީމަކީ އުމުރުން ސައުވީސް އަހަރުގެ، ބިޒްނަސް މެނޭޖްމަންޓްގެ ފަހު އަހަރުގައި ކިޔަވަމުންދާ މޮޅު ދަރިވަރެކެވެ. އޭނާ ބޮޑުވީ ކުޑަކުޑަ ފެންފުށީގައެވެ. އޭނާގެ އާއިލާއަކީ އާދައިގެ ގެއަކާއި، މަސްދޯންޏެއް ފިޔަވައި އިތުރު މުއްސަނދިކަމެއް ނެތް، ނަމަވެސް ދަތި ހާލަތްތަކުގައި ދިރިއުޅެން ދަންނަ ބައެކެވެ.

އޭނާގެ އުމުރުން ސޯޅަ އަހަރުގައި މަންމަ ނިޔާވުމުން، އޭނާއާއި ކޮއްކޮ ބަލަހައްޓަމުން އައީ ކާފަ ހަސަން މަނިކެވެ. ހަސަން މަނިކަކީ ރިޓަޔަރޑް މަސްވެރިއެއް ނަމަވެސް، ލިބޭ މަދު އެއްޗަކުން އެކުދިން ބޮޑުކުރި މީހެކެވެ.

ރިޝާންއަށް މާލޭގައި ކިޔެވުމަށް ސްކޮލަރޝިޕެއް ލިބުނެވެ. އޭނާއަކީ ކިޔެވުމަށް އާދަޔާ ޚިލާފަށް މޮޅު ކުއްޖެއް ނަމަވެސް، ކްލާހުން ބޭރުގައި އޭނާގެ ދިރިއުޅުމަކީ މާލީ ގޮތުން ވަރަށް ބޮޑަށް ބަލައިގެން ހިނގަންޖެހޭ ދިރިއުޅުމެކެވެ. އޭނާ ރޭގަނޑު ޔުނިވަރސިޓީ ކައިރީގައި ހުންނަ ކުޑަ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރެއެވެ. އަދި ފިހާރައެއްގެ ހިސާބުތައް ބެލެހެއްޓުމުގައި އެހީތެރިވެދީ، ކުދިންނަށް ޓިއުޝަން ނަގައިދީގެން ކޮޓަރި ކުއްޔާއި ރަށަށް ފޮނުވާނެ ފައިސާ ހޯދައެވެ.

އޭނާ ހުރިހާ ކަމަކަށް ބޭނުންކުރަނީ އެންމެ ދެ ބޫޓެވެ. ގެންގުޅެނީ ބައެއް ފަހަރު ރަނގަޅަށް މަސައްކަތް ނުކުރާ ބާ ލެޕްޓޮޕެކެވެ. ރައްޓެހިން އަގުބޮޑު ރެސްޓޯރެންޓްތަކަށް ދާން ބުނުމުން، އެއްވެސް ޝަކުވާއެއް ނެތި، ސަބަބު ކިޔައިނުދީ އޭނާ އެކަމަށް އިންކާރު ކުރެއެވެ. މުއްސަނދި ކުދިންނާ ރައްޓެހިވުމަކީ އޭނާ އެހާ ޝައުޤުވެރިވާ ކަމެއް ނޫނެވެ. ދުނިޔޭގެ ބައެއް މީހުންނަކީ އުފަންވާއިރުވެސް އެހެން މީހުން މުޅި އުމުރު ދުވާ ފުރުޞަތުތައް ލިބިފައިވާ ބައެއްކަން އޭނާއަށް އޮތީ ތަޖުރިބާކުރެވިފައެވެ.

މިވެސް ކިޔާލަން:  ވަންހަނާ ލޯބި - ތިންވަނަ ބައި

އާއިރާއަށް ފުރަތަމަ އޭނާ ފާހަގަވީ ޔުނިވަރސިޓީގެ ޕްރެޒެންޓޭޝަނެއްގެ ތެރެއިންނެވެ. އެހެން ކުދިން ޖެހިލުންވެފައި ތިބެ ސްލައިޑްތައް ކިޔަމުން ދިޔައިރު، ރިޝާން ކްލާހުގެ ކުރިމަތީގައި ހުރެ މާލީ ގޮތުން އުނދަގޫ ކޮންސެޕްޓެއް ކިޔައިދިނީ އެހާ އިތުބާރާއެކުގައެވެ. އެކަމާ މުޅި ކްލާހުގެ އިތުރުން ހަރުކަށި ލެކްޗަރާވެސް ހުރީ ހައިރާންވެފައެވެ. ޕްރެޒެންޓޭޝަން ނިމުމުން، އެންމެންނަށްވުރެ ބާރަށް އާއިރާއަށް އަތްޖެހުނެވެ.

އެމީހުންގެ ދެވަނަ ބައްދަލުވުން ހިނގީ ޔުނިވަރސިޓީގެ ލައިބްރަރީގައެވެ. ރިޝާން އެސައިންމަންޓެއް ހެދުމުގައި އުނދަގޫތަކަކާ ކުރިމަތިލަމުން ދަނިކޮށް، އާއިރާ ދެ ކޮފީއާއި ހެދިކާ އަދި ފޮނިކާއެއްޗެއް ހިފައިގެން އޭނާގެ މޭޒު ކައިރިއަށް ދިޔައެވެ.

“ތިޔައީ އަބަދުވެސް ކިޔަވަން އުޅޭ މީހެއް ދޯ؟” އާއިރާ ބުންޏެވެ.

“އާންމުކޮށް ކިޔަވާ ކުދިން ކުރަންޖެހޭ ކަމަކީ އެއީ.”

އާއިރާ ހީނލިއެވެ. “އަހަރެން ހިތަށްއެރީ ކަމަކު އެހީތެރިވެދެވިދާނެ ބާވައޭ.”

“ކޮން ކަމަކު؟”

“ތިޔަހާ ސީރިއަސްކޮށް އަބަދު ތި ހުންނަ ސަބަބު ދެނެގަތުމަށް.”

ރިޝާން އިސްއުފުލާ ބަލާލިއެވެ. “ފަހަރުގައި އެއީ ނިންމަންޖެހޭ އެސައިންމަންޓްތަކެއް ހުރީމަ ކަމަށް ވެދާނެ.”

“ތިޔައީ ވާހަކަ ދައްކަން ވަރަށް އުނދަގޫ މީހެއް.”

“އަދި ތިޔައީ ވަރަށް އުނދަގޫކުރާ އަނގަގަދަ މީހެއް.”

އާއިރާ ހިނިތުންވެލިއެވެ.

*****

އާއިރާގެ އާއިލީ ނަމާއި، ބައްޕަގެ މުއްސަނދިކަމާއި ނުވަތަ އޭނާގެ ރީތިކަމަށްވުރެ ބޮޑަށް، އޭނާގެ އަމިއްލަ ޝަޚްސިއްޔަތަށް އިސްކަންދީގެން މީހަކު އޭނާއާ ވާހަކަދެއްކި މިއީ ވަރަށް ގިނަ ދުވަސްތަކަކަށްފަހު ފުރަތަމަ ފަހަރެވެ. އަދި އެއަށްފަހު ރިޝާންއާ ގާތްވުމަށް އާއިރާ އެކި ބަހަނާތައް ހޯދަން ފެށިއެވެ.

ބައެއް ދުވަސްދުވަހު އޭނާއަށް މެންދުރުގެ ކެއުން ގެންގޮސްދެއެވެ. މޫސުން ގޯސްވާ ދުވަސްތަކުގައި ގެއަށް ލައިދޭން ހުށަހަޅައެވެ. އަދި ބައެއް ފަހަރު، ރިޝާން އުނދަގޫވާކަމަށް ހެދިގެން ހުންނައިރުވެސް، އާއިރާ ލައިބްރަރީގައި އޭނާގެ ކައިރީގައި އިށީނދެލައިގެން އިނދެ ޔުނިވަރސިޓީގެ އެކި ވާހަކަތައް ދައްކައެވެ.

މިވެސް ކިޔާލަން:  ދެހިތެއްގެ ދެމެދުގައި - ނުވަވަނަ ބައި

ރިޝާން ދުވަހަކުވެސް އޭނާގެ ކައިރިއަކުން ކަމަކަށް ނޭދެއެވެ. އާއިރާގެ ހިތުގައި ރިޝާނަށްޓަކައި ހުރިހާ އެއްޗެއް ފިދާކުރުމުގެ ޝައުޤުވެރިކަން އުފެދުނީވެސް އެ ސަބަބަށްޓަކައެވެ.

އެއްދުވަހެއްގެ މެންދުރުފަހު، ރިޝާންގެ ކުލާސްތަކަށް ނައިސް އުޅެނީ އޭނާގެ ކާފަ މާލޭގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމުންކަން އާއިރާއަށް އެނގުނެވެ.

ހަސަން މަނިކަށް ދިމާވެފައިވަނީ ހިތުގެ ސީރިއަސް މައްސަލައެކެވެ. އަދި ޑޮކްޓަރުން ލަފާދެއްވާފައިވަނީ ވަރަށް އަވަހަށް އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެއީ ބޮޑު ހޭދައެއް ހިނގާނެ ކަމެކެވެ. ރިޝާން ހުރީ އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައެވެ. އާއިލާގެ މީހުންނަށް ގުޅައި، ދަރަންޏަށް ފައިސާ ހޯދައި، ހިލޭ އެހީދޭ ޖަމިއްޔާތަކަށް ގޮސް، އަދި ޔުނިވަރސިޓީން ވަކިވެ ރަށަށް ގޮސް މަސައްކަތެއް ފެށުމަށްވެސް އޭނާ ވިސްނިއެވެ.

އާއިރާއަށް ރިޝާން ފެނުނުއިރު އޭނާ އިނީ ހޮސްޕިޓަލުގެ ކޮރިޑޯގައި އިށީނދެގެންނެވެ.

އިސްޖަހާލައިގެން، މަޑުމައިތިރިކަމާއެކު އިންއިރު، ރިޝާން އެހާ ބަލިކަށިވެފައި އިންދާ އާއިރާ ދުވަހަކުވެސް ނުދެކެއެވެ.

“ކިހިނެއްވީ؟” އާއިރާ މަޑުމައިތިރިކަމާއެކު އަހާލިއެވެ.

ރިޝާން ބޯ ހޫރާލިއެވެ. “އާއިރާއަށް ކުރެވޭނެ ކަމެއް ނެތް.”

“ރިޝާން.”

“ކާފަގެ ސާޖަރީއެއް ކުރަންޖެހިގެން. އެހެންވެ.”

“އެހެންވިއްޔާ އަހަރެމެން އެކަން ހަމަޖައްސާނަން.”

ރިޝާން ކުއްލިއަކަށް އައިރާއަށް ބަލާލިއެވެ. “އަހަރެމެންނޭ؟”

“އަހަރެންގެ އާއިލާއަށް އެނގޭނެ އެހީތެރިވެދެވޭނެ މީހުން. އަހަރެމެންނަށް އެހީވެވިދާނެ.”

“އަހަރެން ބޭނުމެއް ނޫން ހިލޭ އެހީއެއް.”

“މިއީ ހިލޭ އެހީއެއް ނޫން.”

“ދެން މިއީ ކޮން ކަމެއް؟”

އާއިރާ މަޑުޖެހިލިއެވެ. އޭނާއަކީ ދުވަހަކުވެސް އަމިއްލަ އިޙުސާސްތައް ބަޔާންކޮށްދޭން ދަންނަ މީހެއް ނޫނެވެ. ޚާއްޞަކޮށް، ރިޝާން އެކަމާ ދެކޮޅު ހަދާފާނެތީ އޭނާ ހުރީ ބިރުންނެވެ. އެންމެ ފަހުން އާއިރާ ބުނި ޖުމްލައަކީ ކުރިއަށް އޮތް ގިނަ އަހަރުތަކެއް ވަންދެން އެ ދެމީހުންގެ ހަޔާތާ ގުޅިފައި އޮންނާނެ ވާހަކައެކެވެ.

“މިއީ ކޮށްދޭ އިޙުސާންތެރިކަމެއްގެ ގޮތުގައި ބަލާ. ކޮންމެވެސް ދުވަހަކުން ރިޝާން ކާމިޔާބު މީހަކަށް ވުމުން، މިކަމުގެ ބަދަލު ދިނީމަ ނިމުނީ.”

ރިޝާން އާއިރާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އަހަރެން ނުފުއްދޭނެ ވަޢުދެއް ނުވަން.”

“އެހެންވިއްޔާ، އަހަރެންގެ އެހީތެރިކަން ޤަބޫލުކުރާނެކަމަށް ވަޢުދުވޭ.”

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ލިޔާނާ އަލްސީރު10 ގަޑިއިރު ކުރިން

ޝުކުރިޔާ ތިޔަ ކޮމެންޓަށް. ރަނގަޅު ކޮށްލަން މަސައްކަތް ކުރާނަން..

އސނތށ10 ގަޑިއިރު ކުރިން

އިނގިރޭސި ޖުމްލަ ލަފުޒުން ލަފުޒައް ތަރުޖަމާކުރާއިރު ކޮށިގޮތެއް ހުންނާނެ. ވާހަކަ ކިޔާއިރު ބައެއް ޖުމްލަތަކުން އެބައި ފާހަގަ ކުރެވުނު. ބުނަން އުޅޭ އެއްޗެއް ދޭހަކުރަން އުނދަގޫވޭ އެހެންވެ.

Home
Menu
Search
Back to top