ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގިނަ ބަޔަކު އިންތިޒާރުކުރި “މަޖުނޫނެކޭ މީ” ރިލީޒްކޮށްފި
ކްރިސްޓަލް އެންޓަޓެއިންމެންޓް

މިހާރު އޮލިމްޕަހުގައި ކާމިޔާބުކަމާއެކު ދައްކަމުންދާ ދިވެހި ފިލްމު “މަޖުނޫން” ގެ ފުރަތަމަ ލަވަ “މަޖުނޫނެކޭ މީ” ގެ ވީޑިއޯ އާންމުންނަށް ދޫކޮށްލައިފިއެވެ.

މިއަދު ކްރިސްޓަލް އެންޓަޓެއިންމެންޓްގެ މީސްމީޑިއާ މަންސަތަކުގައި މި ލަވައިގެ ވީޑިއޯ އާންމުކޮށްފައިވާއިރު، މިއީ ފިލްމުގެ ރަސްމީ ޓްރެއިލާއާ އޯޑިއޯ ލަވަ އަލްބަމް ރިލީޒްކުރުމާއެކުވެސް ބެލުންތެރިންނާއި އެހުންތެރިންގެ ބޮޑު ސަމާލުކަމެއް ހޯދާފައިވާ ލަވައެކެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ) އާއި އާއިޝަތު މާއިން ރަޝީދުގެ ހިތްގައިމު އަޑުން އިވިގެންދާ މި ލަވައިން ފެނިގެންދަނީ ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ އަޙްމަދު ޝާރިފް އާއި މަރިޔަމް ޝިފާއެވެ. މި ދެ ތަރިންގެ ވަރަށް ފުރިހަމަ ކެމިސްޓްރީއެއް ފެނިގެންދާއިރު، މި ދެ ތަރިންގެ ހުނަރުވެރި އެކްޓިންގެ ސަބަބުން މި ލަވައިގައި ބަޔާންކުރާ އިޙުސާސްތައް ވަރަށް ރަނގަޅަށް ބެލުންތެރިންނަށް ދައްކުވައިދެއެވެ.

އާދަމް ޙަލީމް އަދުނާންގެ ޅެންވެރިކަމާއެކު ފައްކާކޮށްފައިވާ މި ރޮމޭންޓިކް ލަވައިގެ ރާގާއި މިއުޒިކް ތައްޔާރުކުރީ އަމިއްލަ ރާގު އުފެއްދުމުގައި އެފަދަ ދެވަނައެއް ނުވާ ކުޑަ އިއްބެއެވެ.

ރާއްޖޭގެ ހިތްގައިމު ލޮކޭޝަންތަކުގައި ޝޫޓްކޮށްފައިވާ މި ލަވައިގެ ކެމެރާގެ މަސައްކަތްކުރީ މުޙައްމަދު ފައިސަލް އާއި މުޙައްމަދު އައިމަންއެވެ. ޒަމާނީ ޓެކްނޮލޮޖީވެސް ވަރަށް ފުރިހަމައަށް ބޭނުންކޮށްފައިވާ މި ލަވަ ޑައިރެކްޓްކުރީ ފާޠިމަތު ނަހުލާއެވެ.

މި ލަވަ މިހާރު މީސްމީޑިއާއަށް ދޫކޮށްލާފައިވާއިރު ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މިވެސް ކިޔާލަން:  ޝާރިފް އަންގަނީ "ހޯދުނު ގޮތަކަށް ހޯދަން"
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top