ކަބަޑުތަކުގެ ފުރަގަހުގައި ތަރުތީބެއް ނެތް ތަކެތި ފޮރުވުމަކީ ބަލާބެލުމަށް ގެ ތަރުތީބުހެން ހީވި ނަމަވެސް، އެފަދަ ތަންތަން ފުރިބާރުވުމުން ނަފްސާނީ ގޮތުން ނުތަނަވަސްކަން އިޙުސާސް ކުރަން ޖެހޭ ކަމެކެވެ. ބޭނުން ނުކުރާ ކުޅޭ އެއްޗިއްސާއި، ބަދިގޭގެ ސާމާނާއި، ހުސްވާން ކައިރިވެފައިވާ ތަކެތި ވަތްގަނޑުތަކަށް ލައި ފޮރުވުމަކީ ފަސޭހަ ކަމެއް ކަމަށް ފެނުނަސް، މިއީ ގޭތެރެ ސާފުކޮށް ބެހެއްޓުމަށް އޮތް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ގޭތެރެ ހަޑިވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެއް ވައްތަރެއްގެ ގިނަ ތަކެތި ގެންގުޅުމާއި، ބޭނުން ނުކުރެވޭވަރުގެ ތަކެތި ނައްތާނުލާ ބެހެއްޓުމެވެ. އެހެންކަމުން، ބޭނުންނުކުރާ ތަކެތި ހަދިޔާކޮށް ނުވަތަ ރިސައިކަލް ކޮށްގެން ގޭތެރެއަށް ލުއިކަން ގެނައުމަކީ މުހިންމު ކަމެކެވެ. ތިރީގައިވަނީ ގޭތެރެ ތަރުތީބުކުރުމަށްޓަކައި މަދުކުރަންޖެހޭ 15 ބާވަތެކެވެ.
އެއްގޮތް ނޫން ސަމުސަލާއި އޫ
ބަދިގޭގެ ވަތްގަނޑު ތެރޭގައި ތަފާތު ސެޓުތަކުގެ ސަމުސަލާއި އޫ މަސްހުނިވެފައި ހުރިނަމަ، އެތަކެތި އަލުން ތަރުތީބުކުރަން ވެއްޖެއެވެ. އާންމުގޮތެއްގައި ގޭބިސީއެއްގައި ބޭނުންވާނީ ކޮންމެ އެއްޗަކުން 8 ނުވަތަ 12 އެއްޗެވެ. ބޭނުން ނުކުރާ ތަކެތި ވަކިކޮށް ހަދިޔާކުރާށެވެ.
ފޮތް
ކިޔަން ބޭނުންވާ ފޮތްތަކާއި އެންމެ ގަޔާވާ ފޮތްތައް ފިޔަވައި އެހެން ފޮތްތައް ކުތުބުޚާނާތަކަށް ނުވަތަ އެހެން މީހުންނަށް ދީގެން ފޮތް ހަރުގަނޑު ތަރުތީބުކުރާށެވެ.
ޕްލާސްޓިކް ކާބޯތަކެތި އަޅާ ތަށި
މަތިގަނޑު ނެތް ތަށިތަކާއި، ކުލަބަދަލުވެ ނުވަތަ ހަލާކުވެފައިވާ ޕްލާސްޓިކް ތަށިތައް އުކާލާށެވެ. ބޭނުންކުރެވޭ ގޮތަށް ހުރި ނަމަވެސް ބޭނުން ނުކުރާ ތަށިތައް ހަދިޔާކުރާށެވެ.
ބިއްލޫރި ސާމާނު
މާވަށިތަކާއި، ތަފާތު ވައްތަރުގެ ތަށިތަކުން ކަބަޑުތައް ފުރިފައި ހުރެދާނެއެވެ. އާންމުކޮށް ބޭނުންކުރާ ސެޓުތައް ބަހައްޓާފައި، އަހަރުތަކެއް ވަންދެން ބޭނުން ނުކޮށް ހުރި ބިއްލޫރި ސާމާނުތައް ދޫކޮށްލާށެވެ.
ހުސްވާން ކައިރިވެފައިވާ ތަކެތި
މޭކަޕް ސާމާނާއި ސާފުކުރަން ބޭނުންކުރާ ސާމާނުގެ ތެރެއިން ހުސްވާން ކައިރިވެފައިވާ ނުވަތަ މުއްދަތު ހަމަވެފައިވާ ތަކެތި އުކާލާށެވެ. އެއް ވައްތަރެއްގެ ގިނަ އެއްޗެހި ހުރިނަމަ އެއް ފުޅިއަކަށް އަޅައި މަދުކުރާށެވެ.
ބޭނުން ނުކުރާ ފޭރާން
ހެދުން އަޅާ އަލަމާރިއަކީ ގޭތެރޭގައި އެންމެ ބޮޑަށް ތަރުތީބު ގެއްލޭ އެއް ތަނެވެ. ގަޔާނުވާ ހެދުންތަކާއި، ބޭނުން ނުކުރާ އިތުރު ޓީޝާޓުތަކާއި އިސްޓާކީނު ފަދަ ތަކެތި ވަކިކޮށް، ރަނގަޅު ހާލަތުގައި ހުރި ތަކެތި ހަދިޔާކުރާށެވެ.
ކުޅިވަރު ސާމާނު
ބޭނުން ނުކުރާ ބޯޅަ، ރެކެޓް އަދި ބެޓް ފަދަ ތަކެތި ގުދަނުން ހުސްކުރާށެވެ. ގިނަ ދުވަސްވެ ބޭނުން ނުކޮށް ހުރި ތަކެތި މީހަކަށް ދީގެން ނުވަތަ އުކާލައިގެން ޖާގަ ހޯދާށެވެ.
ކުޅޭ އެއްޗެހި
ކުދިން ބޭނުން ނުކުރާ ކުޅޭ އެއްޗެހި ގިނަވުމަކީ ކޮޓަރިތަކުގެ ތަރުތީބު ގެއްލޭ ކަމެކެވެ. ރަނގަޅު ހާލަތުގައި ހުރި ބޭނުން ނުކުރާ ކުޅޭ އެއްޗެހި ޗެރިޓީތަކަށް ނުވަތަ އެހެން ކުދިންނަށް ހަދިޔާކުރާށެވެ.
ފެންފުޅި
އާންމުކޮށް ކޮންމެ މީހަކަށް އެއް ފެންފުޅި ފުދޭނެއެވެ. ކަބަޑުތަކަށް ނުކަތާ ވަރަށް ހުރި އިތުރު ފެންފުޅިތައް ހަދިޔާކުރާށެވެ.
ބޭނުން ނުކުރާ ކޭބަލާއި ޗާޖަރު
ހަލާކުވެފައިވާ ނުވަތަ މިހާރު ގެންގުޅޭ ފޯނާއި ޓެބްލެޓްތަކަށް ބޭނުން ނުކުރާ ބާ ޗާޖަރުތަކާއި ކޭބަލްތައް އުކާލާށެވެ. ބޭނުންކުރާ ތަކެތި ރީތިކޮށް އައްސާފައި ބަހައްޓާށެވެ.
ސިޓީއާއި ކަރުދާސް
ލިބޭ ސިޓީތަކާއި އިސްތިހާރު ކަރުދާސްތައް އެއްކުރުމުގެ ބަދަލުގައި، ބޭނުން ނުވާ ތަކެތި ވަގުތުން އުކާލާށެވެ. މުހިންމު ލިޔެކިޔުންތައް ފައިލްކޮށްފައި ބަހައްޓާށެވެ.
ސޯސް އާއި މަސްހުނިކުރާ ތަކެތި
އައިސްއަލަމާރީގައި ހުންނަ މުއްދަތު ހަމަވެފައިވާ ނުވަތަ އެއް ވައްތަރެއްގެ ގިނަ ސޯސް ފުޅިތައް މަދުކުރާށެވެ. ބާޒާރުކުރަން ދިއުމުގެ ކުރިން އައިސްއަލަމާރީގައި ހުރި ތަކެތި ޗެކްކުރުމުން އިތުރަށް ތަކެތި ގަނެވުން ހުއްޓުވޭނެއެވެ.
ފިނި މޫސުމުގެ ހެދުން
ބޭނުންނުކުރާ ތޮފި، އިސްޓާކީނު އަދި ކޯޓު ފަދަ ތަކެތި ވަކިކޮށް، އެންމެ ބޭނުންތެރި އެއްޗެހި ބަހައްޓާފައި ބާކީ ހުރި ތަކެތި ހަދިޔާކުރާށެވެ.
ބަދިގޭގެ ކުދި މެޝިންތައް
ވަފްލް މޭކަރާއި ސްލޯ ކުކަރ ފަދަ މަދުން ބޭނުންކުރާ މެޝިންތަކުން ބަދިގޭގެ ޖާގަ ވަރަށް ބޮޑަށް ހަނިކުރެއެވެ. ޤަވާއިދުން ބޭނުންކުރާ ތަކެތި ބަހައްޓާފައި، ބޭނުންނުކުރާ އިތުރު މެޝިންތައް ހަދިޔާކުރާށެވެ.
ހެދުން އަޅުވާ ކޮނޑު
ހަލާކުވެފައިވާ ނުވަތަ ބޭނުން ނުކުރާ ކޮނޑުތައް އުކާލާށެވެ. އެކި ވައްތަރުގެ ކޮނޑު ގެންގުޅުމުގެ ބަދަލުގައި އެއް ވައްތަރެއްގެ ކޮނޑު ބޭނުން ކުރުމުން އަލަމާރި ތަރުތީބުކޮށް ފެންނާނެއެވެ.
