ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކީއްވެ؟” ގެ ޕްރޮމޯ ލަވަ އާންމުކޮށްފި

މިމަހު 25 ގައި އޮލިމްޕަހަށް އަންނަ ދިވެހި ފިލްމު “ކީއްވެ؟” ގެ ޕްރޮމޯޝަނަލް ލަވަ އާންމުކޮށްފިއެވެ.

މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އަދި މުޙައްމަދު މައިސާން (ބޮކިޓޯސް) ގެ ހިތްގައިމު އަޑުން އިވިގެންދާ މި ލަވައިގެ ރާގާއި ޅެން ތައްޔާރުކޮށްދީފައިވަނީ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ) އެވެ. މިއުޒިކާއި ރެކޯޑިންގް ހެދީ ޙުސައިން ތައުފީޤެވެ.

އަޝްފާ އާއި ބޮކިޓޯސް ވީޑިއޯއިން ފެނިގެންދާއިރު، ފިލްމުގެ އާ މަންޒަރުތަކެއްވެސް މި ލަވައިން ދައްކާލާފައިވެއެވެ. ލަވަ ޑައިރެކްޓްކުރީ ރަވީ ފާރޫޤެވެ. ހިތްދަތި ކަންތައްތަކެއް ފެނިގެންދާ މަންޒަރުތަކާއެކު ފިލްމަށް ކުރެވޭ އިންތިޒާރާއި ކެތްތެރިކަން ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ.

ރިޝްފާ ޢަބްދުއްޞަމަދުގެ ހިތްގައިމު މޭކަޕާއި އިބްރާހީމް ވިސާން (ކަނޑި) ގެ ކުޅަދާނަ ސިނަމަޓޮގްރަފީއިން އިތުރު ދިރުމެއް ގެނެސްދީފައިވާ މި ހިތްގައިމު ލަވަ މިއަދު ސެޓާން ސްޓޫޑިއޯގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި އާންމުކޮށްފައިވާއިރު، ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

“ކީއްވެ؟” އަކީ އާއިލާއެއްގެ ތެރޭގައި ދިމާވާ އެކިއެކި ހާދިސާތަކެއްގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ އާއިލީ ޑްރާމާ ފިލްމެކެވެ. ރީކޯ މޫސަ، ޝީލާ ނަޖީބް، ޢަލީ ޝަމީލް، މަރިޔަމް ނިޝާ، މުޙައްމަދު ރަޝީދު (ދަރާ)، ވާޝިޔާ މުޙައްމަދު، އަޒްލީފް ޚަލީލް ފަދަ ތަރިންތަކެއް ފެނިގެންދާ މި ފިލްމަކީ ޢީސާ ޝަރީފްގެ ޑައިރެކްޝަނެކެވެ.

މިވެސް ކިޔާލަން:  އީސަގެ "ހަނދާން ކުރައްޗޭ"ގެ ޓީޒާއެއް ދޫކޮށްލައިފި
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top