ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަލްމާން ޚާންގެ ފިލްމު “ޕްރޭމް ކީ ޝާދީ” ލަސްވާ ސަބަބު ސޫރަޖް ބަރްޖަތިޔާ ހާމަކޮށްފި
ގޫގުލް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާ އާއި މަޝްހޫރު ތަރި ސަލްމާން ޚާން އެކުގައި މަސައްކަތްކުރަން ހަމަޖެހިފައިވާ އާ ފިލްމު “ޕްރޭމް ކީ ޝާދީ” ލަސްވަމުންދާ ސަބަބު ޑައިރެކްޓަރު ހާމަކޮށްފިއެވެ.

މިހާރު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ފިލްމު “ޔޭ ޕްރޭމް މޯލް ލިޔާ” ގެ މަސައްކަތުގައި އަވަދިނެތި އުޅޭ ސޫރަޖް، “ދަ ފްރީ ޕްރެސް ޖާނަލް” އަށް ދިން އިންޓަވިއުއެއްގައި ބުނީ، މި ފިލްމުގެ މަސައްކަތް ފެށުމަށް އަދި ކުޑަ ވަގުތުކޮޅެއް ނަގާނެ ކަމަށެވެ. އެއީ ސްކްރިޕްޓުގެ ބައެއް ކަންކަން އިތުރަށް ފުރިހަމަކޮށް، “ޕޮލިޝް” ކުރުމަށް ވަގުތު ބޭނުންވާތީ ކަމަށް އޭނާ ބުންޏެވެ.

ސަލްމާން ޚާންއާއެކު އާ ފިލްމެއް ހަދަން ނިންމާފައިވާކަން ސޫރަޖް އެންމެ ފުރަތަމަ އިޢުލާނުކުރީ 2022 ވަނަ އަހަރު މުމްބާއީގައި އޮތް އޭނާގެ ފިލްމު “އޫންޗާއީ” ގެ ސްކްރީނިންގއެއްގައެވެ. އަދި އޭނާ ވަނީ “ޕްރޭމް ކީ ޝާދީ” ގެ ނަމުގައި ޓައިޓަލް ރަޖިސްޓްރީވެސް ކޮށްފައެވެ. އެއަށްފަހު ސަލްމާންވެސް ވަނީ އެ ނަން ރަސްމީކޮށް ހާމަކޮށްފައެވެ. ނަމަވެސް، ފަހަކަށް އައިސް މި ފިލްމާ ގުޅޭ މާ ބޮޑު ތަފްސީލެއް އާންމުކޮށްފައެއް ނުވެއެވެ.

ސަލްމާން ޚާން މިވަގުތު ތައްޔާރުވަމުން ދަނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އަޕޫރްވާ ލަކިއާގެ ފިލްމު “މާތުރުބޫމީ” ގެ ޕްރޮމޯޝަނަލް މަސައްކަތްތަކަށެވެ.

ސޫރަޖް ބަރްޖަތިޔާ އާއި ސަލްމާން ޚާންއަކީ ހިންދީ ސިނަމާގައި ވަރަށް ކާމިޔާބު ތާރީޚެއް އޮތް ދެ ފަންނާނުންނެވެ. ސަލްމާން ބޮލީވުޑްގައި މަޝްހޫރުވެގެން ދިޔައީ 1989 ވަނަ އަހަރު ނުކުތް ސޫރަޖްގެ ލޯބީގެ ފިލްމު “މެއިނޭ ޕިޔާރު ކިޔާ” އިންނެވެ. އެއަށްފަހު މި ދެމީހުން ވަނީ “ހަމް އާޕްކޭ ހޭ ކޯން..!” (1994)، “ހަމް ސާތު ސާތު ހޭ” (1999) އަދި “ޕްރޭމް ރަތަން ދަން ޕާޔޯ” (2015) ފަދަ ބޮޑެތި ކާމިޔާބީތައް ހޯދި ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައެވެ. އެހެންކަމުން، އެ ދެމީހުންގެ އާ މަސައްކަތަށް ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.

މިވެސް ކިޔާލަން:  އާރް.ޑީ ބާމަންގެ ބަޔޯޕިކްގައި މަހްމޫދުގެ ރޯލަށް އިމްރާން ހާޝްމީ

މީގެ އިތުރުން، ސޫރަޖްގެ ކުރިއަށް އޮތް ފިލްމު “ޔޭ ޕްރޭމް މޯލް ލިޔާ” ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އަޔުޝްމާން ކުރާނާ އަދި ޝަރްވަރީ މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމުގައި އަނޫޕަމް ކޭރް، ސީމާ ޕަހްވާ، ސްވަނަންދް ކިރްކިރޭ، ސޯމިޔާ ޓަންޑަން، ޝްރުތީ ސޭތު އަދި ޝާދު ރަންދަވާ ފަދަ ތަރިން ހިމެނެއެވެ. މި ފިލްމުގެ ޓްރެއިލާ ނުކުތުމާއެކު، ގިނަ ބަޔަކު އަންނަނީ މި ފިލްމަކީ ކަރަން ޖޯހަރްގެ “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” އާ ވައްތަރު ފިލްމެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top