ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާރް.ޑީ ބާމަންގެ ބަޔޯޕިކްގައި މަހްމޫދުގެ ރޯލަށް އިމްރާން ހާޝްމީ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ހިންދީ ސިނަމާގެ ލެޖެންޑަރީ މިއުޒިކް ކޮމްޕޯޒަރ އާރް.ޑީ ބާމަންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި މަޝްހޫރު އެކްޓަރ މަހްމޫދުގެ ރޯލު ކުޅުމަށް އިމްރާން ހާޝްމީ ސޮއިކޮށްފިއެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށް، އެކްސެލް އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމަކީ އާރް.ޑީ ބާމަންގެ ކާމިޔާބު މިއުޒިކީ ދަތުރާއި އޭނާގެ ހަޔާތާ ގުޅިފައިވާ މުހިންމު ފަރާތްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމުގައި އާރް.ޑީ ބާމަންގެ ރޯލުން ފެނިގެންދާނީ ފަރްހާން އަޚްތަރެވެ. ފަރްހާން މިހާރު ވަނީ މި ރޯލަށް ތައްޔާރުވާން ފަށާފައެވެ.

މި ފިލްމުގައި އިމްރާން ހާޝްމީ ފެނިގެންދާނީ އާރް.ޑީ ބާމަންގެ ގާތް އެކުވެރިޔާ އަދި އޭނާގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ކޮމެޑީ އެކްޓަރ މަހްމޫދުގެ ރޯލުންނެވެ. މަހްމޫދަކީ ބާމަންގެ މިއުޒިކީ ހަޔާތް ބައްޓަންކުރުމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ފަރާތެކެވެ. މީގެ އިތުރުން، މި ފިލްމުގައި އޭރުގެ ސުޕަރސްޓާރ ރާޖޭޝް ކަންނާގެ ރޯލުން ފެނިގެންދާނީ އަކްޝޭ ކުމާރެވެ. އަކްޝޭ މި ރޯލުން ފެނިގެންދާނީ ޚާއްސަ ފެނިލުމަކުންނެވެ.

މި ފިލްމަކީ ނީރަޖް ޕާންޑޭ އާއި އަކްޝޭ ކުމާރު އެކުގައި މަސައްކަތްކުރާ ތިންވަނަ ފިލްމެވެ. މީގެ ކުރިން މި ދެ ފަންނާނުން ވަނީ “ބޭބީ” އަދި “ސްޕެޝަލް 26” ގައި އެކުގައި މަސައްކަތްކޮށްފައެވެ. ނީރަޖް ޕާންޑޭ މީގެ ކުރިން ވަނީ ކާމިޔާބު ބަޔޯޕިކް “އެމް.އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ” ވެސް ގެނެސްދީފައެވެ.

ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، އަންނަ ސެޕްޓެމްބަރު މަހު ފިލްމުގެ ޝޫޓިން ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. އާރް.ޑީ ބާމަންގެ ހަޔާތާ ގުޅޭ އިތުރު ތަރިންގެ ރޯލުތަކަށް މަޝްހޫރު އެކްޓަރުން ހޯދުމުގެ މަސައްކަތް ވެސް ޕްރޮޑަކްޝަން ޓީމުން މިހާރު ދަނީ ކުރަމުންނެވެ.

މިވެސް ކިޔާލަން:  ކޮވިޑް 19 ފަންޑަށް ބޮލީވުޑްގެ ފަންނާނުން 500 މިލިޔަން ރުޕީސް!
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top