ދިވެހި ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ، އަދި ބެލުންތެރިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުންދާ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ގެ އަސަރުގަދަ ފިލްމު “މަޖުނޫން” މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޝްވެކް ސިނަމާގައި ދައްކަން ތައްޔާރުވެއްޖެ އެވެ.
މި ފިލްމު މިހާރު ޝްވެކް ސިނަމާއަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 27 އަދި 28 ވަނަ ދުވަހު އެވެ. މި ދެ ދުވަހު ފިލްމުގެ ޝޯތައް ކުރިއަށްދާނެ ކަމަށާއި، ސިނަމާއިން އިތުރު ސްލޮޓްތައް ލިބޭ މިންވަރަކުން އިތުރު ޝޯތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމު ޕްރޮޑަކްޝަނުން މައުލޫމާތު ދެއެވެ.
މި ޝޯތަކުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފައެވެ. އެގޮތުން 7844422 ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން މިހާރުން ފެށިގެން ޓިކެޓް ބުކް ކުރެވޭނެ އެވެ.
އިހުސާސްތަކުން ފުރިގެންވާ “މަޖުނޫން” އަކީ ބެލުންތެރިންގެ ހިތްތަކާ ވަރަށް ބޮޑަށް ކުޅެލާފައިވާ، މުޅިން ތަފާތު ލެވެލެއްގެ ފިލްމެކެވެ. ފިލްމު ބެލި ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، މި ފިލްމުގެމޭކިންތަކާއި އެކި އިންޓަވިއުތަކުގައި ޑައިރެކްޓަރު ފާތިމަތު ނަހުލާ ދައްކާފައި ވަނީ މުޅިން ވެސް ހަގީގީ ވާހަކަތަކެކެވެ. އެހާ ވެސް ބޮޑަށްމި ފިލްމުގެ މަންޒަރުތައް ފުރިހަމަވެފައި އަސަރު ގަދައެވެ.
