ޑާކް ރެއިން އެންޓަޓެއިންމަންޓުން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކޮމެޑީ ފިލްމު “މާމުއި” ޝޫޓިންގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ބުނެފި އެވެ.
މޮގާ ބުނީ ބާރު ސްޕީޑެއްގައި ޝޫޓިންތައް ކުރިއަށްދާކަމަށާއި އަންނަ މަހު މެދެއްހާ ހިސާބުގައި ޝޫޓިންތައް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
މޮގާ އަދި އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސްކުރާ “މާމުއި” އަކީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. ފިލްމު ޑައިރެކްޓުކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ސްކްރީންޕްލޭ ތައްޔާރުކުރީ އައިޝަތު ފުއާދު އާއި އަހްމަދު ތޮލާލް އެވެ. އަދި ސިނެމަޓޯގްރާފީގެ މަސައްކަތްކުރަނީ ޗިއްޕެއާއެކު އަހްމަދު ޝިނާން އެވެ.
މި ފިލްމު ސިނަމާގައި އަޅުވާނީ އަންނަ އަހަރު އޭޕްރީލް މަހު އެކެއްގައި އެވެ.
ކިޔުންތެރިންގެ ޚިޔާލު
