ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަމްޖޭގެ އައު ފިލްމު “ހިތްރޯވަރުން” ގެ ޓައިޓަލް އަދި ރިލީޒްކުރާ ތާރީޚް ހާމަކޮށްފި

ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމުތައް ޑައިރެކްޓްކޮށް، ބެލުންތެރިންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ އައު ފިލްމުގެ ނަމާއި، ފިލްމު ރިލީޒްކުރާނެ ތާރީޚް ރަސްމީކޮށް ހާމަކޮށްފިއެވެ.

އަމްޖޭގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް “ޖޭޒް ފިލްމްސް” އިން އުފައްދާ، އަދި އޭނާ އަމިއްލައަށް ޑައިރެކްޓްކުރާ މި ފިލްމުގެ ޓައިޓަލް ހާމަކޮށްފައިވަނީ ވަރަށް އަސަރުގަދަ އަދި ޝައުޤުވެރި ޕްރޮމޯ ކޮޅަކުންނެވެ.

އާންމުކުރި އެ ވީޑިއޯ ފެށިގެން އަންނަނީ “އަހަރެން މި ދުނިޔޭގަ އުޅޭކަށް ބޭނުމެއް ނޫން. އަހަރެންނަށް މި ނޫން ގޮތެއް ނެތީތަ؟” މިފަދައިން އަންހެނަކު އިންތިހާއަށް ހިތާމަވެރި އަދި ވޭނީ އަޑަކުން ބުނާ އަސަރުގަދަ ޑައިލޮގަކުންނެވެ. އެއަށްފަހު، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާގެ އަސަރުން ފުރިގެންވާ އަޑުން ކިޔާފައިވާ ލަވައެއްގެ ކަޑިއެއް ސަބްޓައިޓަލްއާއެކު އިވިގެންދެއެވެ. އެ ލަވައިގެ ލަފުޒުތަކުގައި ބުނަނީ:

“މިހެން ރޮއިރޮއި މިވީ ނިމިދާން
މި ގޮތް ތަޤުދީރުގާ ވީމާ
އުޅޭނޭހާ ނެތޭ ހިތްވަރު
މަގޭ ތަދުބީރު އުވުނީމާ”

މި އަސަރުގަދަ މަންޒަރުތަކަށްފަހު “އަ ފިލްމު ބައި އަމްޖޭ” ފެނިގެންދާއިރު، އޭގެ ފަހަތުން ފިލްމުގެ ރަސްމީ ޓައިޓަލް ކަމަށްވާ “ހިތްރޯވަރުން” ސްކްރީނުން ފެނިގެންދެއެވެ. މިއީ އަސަރުގަދަ ލޯބީގެ އަދި ހިތާމަވެރި ޢާއިލީ ރޮމޭންޓިކް ޑްރާމާއަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ޓައިޓަލް ދެއްކުމަށްފަހު ދެން ފެނިގެންދަނީ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ތާރީޚެވެ. އެގޮތުން މި ފިލްމު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 15 މާރިޗު 2027 ގައެވެ.

މިވެސް ކިޔާލަން:  "ހަނާ" ގެ ލޯތްބަށް އަލިވިލުމެއް ލިބޭނެބާ؟

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top