ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނެޓްފްލިކްސްގެ ސީރީޒް “މިސްމެޗްޑް” ގެ ފަހު ސީޒަން އަންނަ ފެބްރުއަރީގައި
ގޫގުލް

ނެޓްފްލިކްސްއިން ގިނަ ބައެއްގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ހިންދީ ސީރީޒް “މިސްމެޗްޑް” ގެ ހަތަރުވަނަ އަދި އެންމެ ފަހު ސީޒަން 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހު ގެނެސްދޭން ތައްޔާރުވެއްޖެއެވެ. ލަފާކުރެވޭ ގޮތުގައި މި ސީޒަން ރިލީޒްކުރާނީ އެ މަހުގެ 14 ވަނަ ދުވަހުއެވެ.

2020 ވަނަ އަހަރު ދައްކަން ފެށި މި ސީރީޒްގެ ފަހު ސީޒަނުންވެސް މައިގަނޑު ދެ ކެރެކްޓަރުން ކަމަށްވާ ޑިމްޕަލް އަދި ރިޝީގެ ދިރިއުޅުމުގެ އެކި އަޑިގުޑަންތައް ފެނިގެންދާނެއެވެ. މިއީ އެ ދެމީހުންގެ ލޯބީގެ ވާހަކަ އެއްކޮށް ނިންމާލާނެ ފަހު ބައެވެ.

ސަންދިޔާ މެނަންގެ މަޝްހޫރު ވާހަކަ ފޮތުގެ މައްޗަށް ބިނާކޮށް، ނަމަވެސް އަމިއްލަ ތަފާތު ގޮތްތަކަކާއެކު އުފައްދާފައިވާ “މިސްމެޗްޑް” ވެފައިވަނީ ޒުވާނުންގެ ލޯބީގެ ހަޤީޤީ އިޙުސާސްތައް ވަރަށް ފުރިހަމައަށް ގެނެސްދޭ ސީރީޒަކަށެވެ.

މި ސީރީޒްގެ ފަހު ސީޒަންގެ ސްކްރީންޕްލޭ ލިޔެފައިވަނީ ކުރީގެ ސީޒަންތަކުގެވެސް ލިޔުންތެރިޔާ ގަޒަލް ދާލިވާލް އެވެ. އަދި މި ސީޒަން ޑައިރެކްޓްކޮށްފައިވަނީ އަލަށް މި ޓީމާ ގުޅުނު ޑައިރެކްޓަރު ދިވްޔަންގް ތައްކަރެވެ. އެހެންކަމުން މި ސީޒަނުން ސީރީޒްގެ އަސްލު ރަހަތަކުގެ އިތުރުން މުޅިން އާ ތަޖުރިބާތަކެއް ފެނިގެންދާނެކަމަށް ބެލެވެއެވެ.

މި ސީޒަންގެ ޝޫޓިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެއްކޮށް ވަނީ ނިންމާލާފައެވެ. ސީރީޒްގެ ފޭނުން މިހާރު ތިބީ މި ކާމިޔާބު ޝޯވއަށް އަލްވަދާޢު ކިޔުމަށް ކެތްމަދުވެފައެވެ.

މިވެސް ކިޔާލަން:  ނެޓްފްލިކްސްގެ "ދަ ވިސްޕާ މޭން" ރިލީޒްކުރަން ތައްޔާރުވެއްޖެ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top