ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނޯޓިސް ފޮނުވި ވާހަކަ ޝާހްރުކް ޚާންގެ ޤާނޫނީ ޓީމުން ދޮގުކޮށްފި

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ އަބުރަށް ހުތުރުވާގޮތަށް ވީޑިއޯއެއް ހެދި ސޯޝަލް މީޑިއާ އިންފްލުއެންސަރަކަށް، އަބުރުގެ ދަޢުވާކުރާނެ ކަމުގެ ނޯޓިސް ފޮނުވި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާގެ ޤާނޫނީ ޓީމުން ރަސްމީކޮށް ދޮގުކޮށްފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާގައި ޢާންމުވި ވީޑިއޯއަކާ ގުޅިގެން، ޝާހްރުކް ޚާންގެ ފަރާތުން ބަދަލު ހޯދުމަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ބުނެ އެ އިންފްލުއެންސަރު ޚަބަރު ފެތުރުމާ ގުޅިގެންނެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ނަމަވެސް، އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝާހްރުކް ޚާންގެ ޤާނޫނީ ވަކީލުން ވަނީ އެފަދަ އެއްވެސް ޤާނޫނީ ނޯޓިހެއް އެއްވެސް ފަރާތަކަށް ފޮނުވާފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، މިފަދަ ވާހަކަތައް ފަތުރަނީ އަމިއްލަ މަޤްބޫލުކަން ހޯދުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށްވެސް އެ ޓީމުން ފާހަގަކޮށްފައިވެއެވެ.

ޝާހްރުކް ޚާންގެ ޤާނޫނީ ޓީމުން އިތުރަށް ބުނެފައިވަނީ، އޭނާގެ ނަން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާމެދު ސަމާލުވުމަށާއި، ރަސްމީ ނޫން މަސްދަރުތަކުން ފަތުރާ މިފަދަ ޚަބަރުތައް ޤަބޫލުނުކުރުމަށް އެދޭ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޝާހްރުކް ޚާންގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އޭނާގެ ދިފާޢުގައި ވާހަކަދައްކަމުންނެވެ.

މިވެސް ކިޔާލަން:  އާރްޔަން ޚާންގެ ފަރާތުން ފެނިގެންދިޔަ ތަފާތު ސިފައެއްގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން!
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top