ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކެމެރާ ހަރުކުރި ކޮތަރުތަކެއް ރަޝިއާގެ ކުންފުންޏަކުން ތައާރަފުކޮށްފި

ސިކުނޑިއަށް ޑިވައިސް ލައްވައިގެން، އިންސާނުންނަށް އޭގެ މިސްރާބު ކޮންޓްރޯލް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮތަރުތަކެއްގެ ޚިދުމަތް ދިނުމަށް ރަޝިއާގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ “ނިއަރީ” އިން އޯޑަރު ނަގަން ފަށައިފިއެވެ.

މި ޚިދުމަތުގެ ދަށުން ކޮންމެ ކޮތަރެއްގެ މޭމަތީގައި ކުޑަ ކެމެރާއެއް ހަރުކޮށްފައިވާއިރު، ބުރަކަށީގައި ލުއި އިލެކްޓްރޯނިކް ދަބަހެއް ހަރުކޮށްފައި ހުރެއެވެ. މި ދޫނިތައް އުދުހޭނެ މަގު އުދުއްސާލުމުގެ ކުރިން ޕްރޮގްރާމް ކުރެވޭއިރު، ދުރުގައި ތިބެގެން ރިމޯޓް ކޮންޓްރޯލް މެދުވެރިކޮށް ވެސް އޭގެ މިސްރާބު ބަދަލުކުރެވެއެވެ.

ނިއަރީ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ކޮތަރުތައް ބޭނުންކޮށްގެން މިހާތަނަށް ބޭރުގައި 100 އަށް ވުރެ ގިނަ ފަހަރު އުދުއްސައި، 1،000 އަށް ވުރެ ގިނަ ފޮޓޯ ވަނީ ނަގާފައެވެ. އަދި އެންމެ ދިގު ފްލައިޓް 10 ގަޑިއިރަށް ދެމިގެން ގޮސްފައިވާއިރު، 100 ކިލޯމީޓަރު (62 މޭލު) ގެ ދުރުމިނުން ވެސް މި ދޫނިތައް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް، މި ހިސާބުތަކަކީ މިނިވަން ފަރާތަކުން އަދި ކަށަވަރުކޮށްފައިވާ މައުލޫމާތުތަކެއް ނޫނެވެ.

މި ޓެކްނޮލޮޖީ ބޭނުންކުރުމުގެ މައިގަނޑު ބޭނުމަކީ ކަރަންޓު ދަނޑިތަކާއި، ތެޔޮ ހޮޅިތަކުގެ އިތުރުން އެކި އުމްރާނީ ވަސީލަތްތައް ބަލައި މޮނީޓަރ ކުރުމެވެ. މި ޚިދުމަތް މިހާރު ރަޝިއާގައި ޓެސްޓު މަރުހަލާ (ބީޓާ) ގައި ފަށާފައިވާއިރު، އަގުތައް އުޅެނީ އަކަކިލޯމީޓަރަކަށް ގާތްގަނޑަކަށް 300،000 ރޫބަލް (3،800 އެމެރިކާ ޑޮލަރު) ގައެވެ.

މި އައު އީޖާދާ ގުޅިގެން ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ޚާއްޞަކޮށް ދޫނިތަކުގެ ސިކުނޑިއަށް މިފަދަ އިމްޕްލާންޓްތައް ލައްވައިގެން ކޮންޓްރޯލް ކުރުމަކީ ޖަނަވާރުންނަށް ލިބޭ އަނިޔާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މިވެސް ކިޔާލަން:  ހިތް ހަލާކު – ކުރު ވާހަކަ

މި ހިނގާ ނޮވެމްބަރު މަހު މި ޚިދުމަތް ރަސްމީކޮށް ފުޅާ ދާއިރާއެއްގައި ފެށުމަށް ނިއަރީ ކުންފުނިން ތައްޔާރުވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top