ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ވާދީ އަލްޖިން: ކަންތައްތަކެއް ސިއްރުވެފައިވާ މަގުބޫލު ބިމެއް

ވާދީ އަލްޖިން އަކީ ކޮބައިހެއްޔެވެ؟ މިއީ މަދީނާ ސިޓީއާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި، އެ ރަށުގެ ހުޅަނގު އުތުރުގައި އޮންނަ ވާދީއެކެވެ. މިއީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ، ކަންތައްތަކެއް ސިއްރުވެފައިވާ ތަނެކެވެ. ސައުދީ އަރަބިއްޔާގެ މި ބަރަކާތްތެރި ބިމަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ދަތުރުވެރިންނާއި ފަތުރުވެރިން ބަންދު ދުވަސްތަކުގައި މި ސަރަހައްދުގެ މަގުމަތީގައި ފޭލިގެ ޖަހައިގެން ވަގުތު ހޭދަކުރެއެވެ.

މި ވާދީގެ އެންމެ ބޮޑު ސިއްރަކީ، ޑްރައިވަރު ހުންގާނުގައި އަތްނުލި ކަމުގައިވިޔަސް އަމިއްލައަށް ދުއްވާ އެއްޗެހި (ވެހިކަލް) ދުވުމެވެ. އުޅަނދުފަހަރު މަދީނާއާ ދިމާލަށް އަމިއްލައަށް ދަތުރުކުރާކަން ފާހަގަކުރެވިފައިވާއިރު، އެ ސަރަހައްދުގެ މީހުން ގަބޫލުކުރާ ގޮތުގައި މިއީ އެތަނުގައި ޖިންނީން އުޅޭތީ ވާގޮތެކެވެ. ތިން ފަރާތުން ފަރުބަދަތަކުން ވަށާލެވިފައިވާ މި ވާދީގެ ބައްޓަން ހުންނަނީ ބިސްބުރެއްގެ ބައްޓަމަށެވެ. މީހުން ދިރިއުޅޭ ސަރަހައްދަކަށް ނުވިޔަސް، މިއީ ސާފު ނޫއުޑަކާއެކު ހިތްގައިމު މަންޒަރެއް ފެންނަ ތަނެކެވެ. މިތަނަށް ކިޔާ މަޝްހޫރު ނަމަކީ “ވާދީ އަލްޖިން” ނުވަތަ “ވާދީ އަލްބައިޟާ” އެވެ.

ޤުރުއާނުގައި ވާދީ އަލްޖިން
ވާދީ އަލްޖިންގެ ތާރީޚު ގުޅިފައިވަނީ އިސްލާމީ އަސްލުތަކާއެވެ. ޤުރުއާނުގައި 29 ފަހަރު ޖިންނީންގެ ވާހަކަ ބަޔާންވެގެންވެއެވެ. ޖިންނީންނަކީ އިންސާނުންނާ އެކު ދުނިޔޭގައި އުޅޭ، ނަމަވެސް އިންސާނުންނަށް ނުފެންނަ މަޚްލޫޤުންތަކެކެވެ. އެތަކެތި ހެއްދެވިފައިވަނީ ދުމެއް ނެތް އަލިފާނުންނެވެ.

އިސްލާމީ ތާރީޚުގައި ވާދީ އަލްޖިން
ޙަދީޘްފުޅެއްގައިވާ ގޮތުން، ޖިންނީންގެ ރޭގައި ކީރިތި ރަސޫލާ ﷺ އާއެކު އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ހުންނެވިތޯ ޢަލްޤަމާގެ އަރިހުން އާމިރު ސުވާލުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވީ، އެ ރޭ ކީރިތި ރަސޫލާ ﷺ ފެނިވަޑައިނުގެންގެން ފަރުބަދަތަކާއި ވާދީތަކުގެ ތެރޭގައި ހޯއްދެވި ކަމަށެވެ. އަދި އެކަލޭގެފާނު އަވަހާރަކޮށްލެވުނީ ނުވަތަ ޖިންނީން ގެންދިޔައީ ކަމަށް ހީކޮށް ވަރަށް ބޮޑަށް ހާސްވި ކަމަށް ބަޔާންކުރެއްވިއެވެ.

މިވެސް ކިޔާލަން:  ހަރަމައިން އެކްސްޕްރެސް ރޭލުގެ ޚިދުމަތް: މައްކާއާއި މަދީނާއާ ދެމެދު ހުއްޓުމެއްނެތި ދަތުރުކުރަން ފަށައިފި

ފަތިސްވީއިރު، ޙިރާ ފަރުބަދައާ ދިމާލުން ކީރިތި ރަސޫލާ ﷺ ވަޑައިގަންނަވަނިކޮށް ފެނިވަޑައިގަތެވެ. އެކަލޭގެފާނާ ސުވާލު ދެންނެވުމުން، ޖިންނީންގެ ފަރާތުން މީހަކު އައުމުން އެބައިމީހުންނަށް ޤުރުއާން ކިޔަވައިދެއްވުމަށް ވަޑައިގަތީ ކަމަށް ޙަދީޘްކުރެއްވިއެވެ. އަދި އެބައިމީހުންގެ އަސަރުތަކާއި އަލިފާނުގެ ނިޝާންތައް ދެއްކެވިއެވެ.

ޖިންނީންގެ ކާނާއާ ބެހޭގޮތުން ސުވާލުކުރުމުން، ﷲގެ އިސްމުފުޅު ކިޔައި ކާލެވޭ ކޮންމެ ކަށްޓަކީ އެބައިމީހުންގެ ކާނާ ކަމަށާއި، ޖަމަލުގެ ގުއި ފަދަ ތަކެއްޗަކީ އެބައިމީހުންގެ ޖަނަވާރުންގެ ކާނާ ކަމަށް ބަޔާންކުރެއްވިއެވެ. އެހެންކަމުން އެފަދަ ތަކެތިން އިސްތިންޖާ ނުކުރުމަށް ރަސޫލާ ﷺ އެންގެވިއެވެ.

އެހެން ރިވާޔަތެއްގައިވާ ގޮތުން، ކީރިތި ރަސޫލާ ﷺ މި ވާދީ ތެރެއިން ވަޑައިގަންނަވަނިކޮށް ޔަހޫދީއަކާ ބައްދަލުވެ، މުޢުޖިޒާތެއް ދެއްކެވުމަށް އޭނާ އެދުނެވެ. ރަސޫލާ ﷺ ގަހަކަށް އިޝާރާތް ކުރައްވައި އެ ގަސް ކައިރިއަށް އައުމަށް އެންގެވުމުން، ގަސް އަމިއްލައަށް ހިނގައިފައި އައެވެ. މިއާއެކު އެ ޔަހޫދީ މީހާ އިސްލާމްވިއެވެ.

މިފަދަ ދީނީ ހެކިތަކުގެ ސަބަބުން، މުސްލިމުން ގަބޫލުކުރާ ގޮތުގައި މި ވާދީގައި ހިނގާ އާދަޔާޚިލާފު ކަންތައްތަކަކީ ޖިންނީންގެ ސަބަބުން ހިނގާ ކަންތައްތަކެވެ. އެ ސަރަހައްދުގެ މީހުން ބުނާ ގޮތުގައި އިރުއޮއްސުމަށްފަހު އެތަނުގައި ތިބޭއިރު “މިއީ ތިޔަބައިމީހުންގެ ތަނެއް ނޫން، މިއީ އަހަރެމެންގެ ތަނެއް” ކަމަށް ބުނާ އަޑުތައް އިވެއެވެ.

ވާދީ އަލްޖިންގެ ސައިންސީ ހަގީގަތް
މިތަނުގެ ހަގީގަތް ހޯދުމަށް ގިނަ ބަޔަކު ޒިޔާރަތްކުރެއެވެ. ބައެއް މީހުން ކާރުގެ އިންޖީނު ނިވާލައި ނިއުޓްރަލްގައި ބޭއްވުމުން، ކާރު އަމިއްލައަށް މައްޗަށް ދުވާކަން ތަޖުރިބާކޮށްފައިވެއެވެ. ބައެއް ފަހަރު ގަޑިއަކު 120 ކިލޯމީޓަރުގެ ބާރުމިނުގައިވެސް ކާރު ދުވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މިވެސް ކިޔާލަން:  މަދީނާއަށް ބޮޑު އެތެއް ވަދެގެން އައި ހިނދު..

އަދި މަގުމައްޗަށް ފެން އެޅުމުން، ފެންގަނޑު ތިރިއަށް ފޭބުމުގެ ބަދަލުގައި އޮހެނީ މައްޗަށެވެ. ޖިއޮލޮޖީ މާހިރުން މިކަމަށް ކިޔަނީ ‘ރިވާސް ގްރެވިޓީ’ (އިދިކޮޅަށް މަސައްކަތްކުރާ ބާރު) އެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިއީ އެ ސަރަހައްދުގެ ފަރުބަދަތަކުގައި ހުންނަ ވަރުގަދަ މެގްނެޓިކް ބާރުގެ ސަބަބުން ވާގޮތެކެވެ. މިފަދަ ކަންތައްތައް ސައުދީގެ އެހެން ބައެއް ސަރަހައްދުތަކުންވެސް ފެނެއެވެ.

މީގެ އިތުރުން ‘އޮޕްޓިކަލް އިލޫޝަން’ ނުވަތަ ލޮލަށް ފެންނަ ކުށްހީގެ ތިއަރީއެއްވެސް އޮވެއެވެ. އެއީ އެ ސަރަހައްދުގެ ބިމުގެ އޮނިގަނޑު ހުންނަ ގޮތުން، ތިރިއަށް އޮންނަ ތަންތަން ލޮލަށް ފެންނަނީ މައްޗަށް އޮންނަ ތަންތަން ގޮތަށެވެ. އެހެންކަމުން ކާރު ނުވަތަ ފެން ހަގީގަތުގައި ތިރިއަށް ދިޔަ ނަމަވެސް، ލޮލަށް ސިފަވަނީ މައްޗަށް ދާހެންނެވެ. ސައިންސްވެރިން މިކަން އިތުރަށް ދިރާސާ ކުރަމުންދާއިރު، މި ވާދީއަކީ މަދީނާގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.

އާންމު ސުވާލުތައް

– މި ހަރަކާތްތައް ހިނގަނީ ކިހާ ދުރުމިނަކަށް؟
މި އާދަޔާޚިލާފު ކަންތައްތައް ފެންނަނީ ގާތްގަނޑަކަށް 14 އާއި 15 ކިލޯމީޓަރުގެ ސަރަހައްދެއްގައެވެ.

– މިތަނަށް ދެވޭނީ ކޮންބަޔަކަށް؟
ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ކޮންމެ މީހަކަށްވެސް މަދީނާއަށް ގޮސް މިތަން ބަލާލެވިދާނެއެވެ.

– މަދީނާއިން އެތަނަށް ދާން ކިހާ ވަގުތެއް ނަގާނެ؟
މަދީނާ ސިޓީން ފުރައިގެން ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭގައި އެތަނަށް ދެވޭނެއެވެ.

– އެތަނުން ކާބޯތަކެތި ލިބޭނެތަ؟
މިއީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ނުވާތީ، އެތަނަށްދާއިރު ކާބޯތަކެތި އަމިއްލައަށް ގެންދަންޖެހޭނެއެވެ.

– ޒިޔާރަތްކުރަން އެންމެ ރަނގަޅު ވަގުތަކީ ކޮބާ؟
އިރުއަރާ ވަގުތަކީ ވަރަށް ހިތްގައިމު ވަގުތެކެވެ. މިއީ ހާމަ މަގަކަށްވާތީ، މާ ބޮޑަށް ހޫނުވުމުގެ ކުރިން ނުވަތަ މެންދުރުފަހު ދިއުން ރަނގަޅެވެ. މޫސުން ރަނގަޅުނަމަ ކޮންމެ ވަގުތަކުވެސް ދެވިދާނެއެވެ.

މިވެސް ކިޔާލަން:  ހަރަމައިން އެކްސްޕްރެސް ރޭލުގެ ޚިދުމަތް: މައްކާއާއި މަދީނާއާ ދެމެދު ހުއްޓުމެއްނެތި ދަތުރުކުރަން ފަށައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top